ކަންކަމުގައި މީސްތަކުންގެ ޚިޔާލާއި ފިކުރު އެކި ގޮތްގޮތަށް އެނބުރެމުން އައިސް ތިމާ ކައިވެނިކުރާ އަންހެނާގެ ފަރާތުން ތިމާއަށް އެންމެ ބޮޑު ފައިދާއެއް ޙާޞިލުކުރެވޭނެ ކަންތައްވެސް ގިނަ ބައަކަށް މިވަނީ އޮޅިފައެވެ.
އެހެންވެ ގިނަ ބައަކު އިސްކަންދެނީ ހިފައި އޮޅުލަން މޮޅު އަންހެނުންނަށެވެ. އުފާވެރި ދިރިއުޅުމެއް ނުލިބޭ އެންމެ ބޮޑު އެއްސަބަކީވެސް އެއީއެވެ. ނިކަން ބުނެބަލާށެވެ! ހިފައި އޮޅުލަން ކިތަންމެ މޮޅުވިޔަސް އެކަމުން ދިރިއުޅުމަށް ލިބޭނީ ކޮން ކުރިއެރުމެއް ހެއްޔެވެ؟
ވިސްނާށެވެ! ޙަޔާތަށް އަންތބަކު ގެންނައިރު އެންމެ ބޮޑަށް ބަލަންވީ އޭނާ ތިބާއަށް ހޯދައިދޭނެ ކުރިއެރުމަށެވެ. މިހެންބުނީމާ މިދައްކަނީ އަނބިމީހާގެ އަތުން ފައިސާތަކެއް ނުވަތަ އެނޫންވެސް ތަނަވަސްކަމެއް ހޯދުންކަމަށް ނުވިސްނާށެވެ.
އަނބިމީހާގެ ފަރާތުން އެންމެ ބޮޑުކުރިއެރުމެއް ލިބޭނެ ފުރަތަމަކަމަކީ ތިބާގެ ފެންވަރާއި ޙާލަތާއި އެއްގޮތަށް ތިބާޢާއިއެކު ދިރިއުޅެން މަސައްކަތް ކުރުމެވެ. ދެވަނަ ކަމަކީ ތިބާގެ ޙާލަތު މަތީ ގިންތިއަކަށް އުފުލަން ކުރަން ކަންކަމަށް މަސައްކަތްކުރުމެވެ.
އިޚްލާޞްތެރިކަމާއި ވަފާތެރިކަމުގެ ވާހަކައާއި ލޯބިވާ މިންވަރުގެ ވާހަކަ ދައްކާކަށްވެސް ނެތީމެވެ. ކުރިން މިބުނި 2 ސިފަ އަނބިމީހާގެ ކިބައިގައި ހުރިނަމަ ތިބާއަށް އިޚްލާޞްތެރިވާނެއެވެ. ވަފާތެރިވެސްވާނެއެވެ. އަދި ލޯބިވެސްވާނެއެވެ.
ކުރުކޮށް ބުނާނަމަ އެފަދަ އަނބިންގެ ކިބައިގައި އަންތބެއްގެ ކިބައިން ފިރިއަކަށް ބޭނުންވާނެ ހުރިހާ ރަނގަޅު ސިފަތަކެއް ހުންނާނެއެވެ. އަނބިމީހާ އާއިމެދު ވިސްނައި ބޯތަޅާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން