ދަސްކުރުން މުހިންމު ފިލާވަޅެއް!: ހެޔޮލަފާ ޞާލިޙް އަންހެނަކަށްވުމަށްޓަކާ ފުރިހަމަކުރަންޖެހޭ ޝަރުޠުތަކަމެއްވޭ! އެނގެންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 14ސ
ދަސްކުރުން މުހިންމު ފިލާވަޅެއް!: ހެޔޮލަފާ ޞާލިޙް އަންހެނަކަށްވުމަށްޓަކާ ފުރިހަމަކުރަންޖެހޭ ޝަރުޠުތަކަމެއްވޭ! އެނގެންޖެހޭނެ!

الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَا أَنفَقُوا مِنْ أَمْوَالِهِمْ ۚ فَالصَّالِحَاتُ قَانِتَاتٌ حَافِظَاتٌ لِّلْغَيْبِ بِمَا حَفِظَ اللَّهُ ۚ وَاللَّاتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَاهْجُرُوهُنَّ فِي الْمَضَاجِعِ وَاضْرِبُوهُنَّ ۖ فَإِنْ أَطَعْنَكُمْ فَلَا تَبْغُوا عَلَيْهِنَّ سَبِيلًا ۗ إِنَّ اللَّهَ كَانَ عَلِيًّا كَبِيرًا 

"ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ޤާއިމުވެގެންތިބޭ ބައެކެވެ. (އެއީ) އެއުރެންގެ އެއްބައެއްގެ މައްޗަށް އަނެއްބައަކު ﷲ މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި، އެއުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ. ފަހެ، ހެޔޮލަފާ އަންހެނުންނަކީ، ކިޔަމަންތެރި އަންހެނުންނެވެ. ރައްކާތެރިކުރުމަށް ﷲ އެންގެވި ކަންތައް، ސިއްރުގައިވެސް، ރައްކާތެރިކުރާ އަންހެނުންނެވެ. އެކަނބަލުން ނުކިޔަމަންތެރިވެދާނެކަމަށް، ތިޔަބައިމީހުން ބިރުގަންނަނަމަ، ފަހެ، އެކަނބަލުންނަށް ނަޞޭޙަތް ދޭށެވެ! އަދި، އެކަނބަލުންނާއެކު އެއްދާންކުރުން ދޫކޮށްލާށެވެ! އަދި، އެކަނބަލުންގެ ގައިގައި (ހާނީއްކަ ނުވާގޮތުން) ޖަހާށެވެ! ފަހެ، ތިއަބައިމީހުންނަށް އެކަނބަލުން ކިޔަމަންވެއްޖެނަމަ، އެކަނބަލުންގެ މައްޗަށް (އަނިޔާވެރި) މަގަކަށް ނޭދޭށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެ މަތިވެރި، އެންމެ ބޮޑު ރަސްކަލާނގެ ކަމުގައިވެއެވެ." (އައް ނިސާ: 34) 

މިއާޔަތުން އަހުރެން މިބަލައިލަނީ ހެޔޮލަފާ އަންހެނުން ކަމުގައި ވަޙީކުރައްވަވާފައި އޮތް ބަސްފުޅަށެވެ. ހެޔޮލަފާގެ މާނައަކީ ވަރަށް ފުޅައު މާނައެކެވެ. އަންހެނަކަށް ހެޔޮލަފާކަންމަތީގައި ޘާބިތުވެ ހުރެވޭނީ ވަރަށް ބޮޑަށް ހިތްވަރުކޮށްގެންނެވެ. އެހެނީ ހެޔޮލަފާކަން އެމީހުންގެ ކިބައިން ނައްތައިލުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވޭތީއެވެ. 

އެއީ ކިރިޔާވެސް ރީތިކަމެއް ލިބިފައިވާ އަންހެނަކުނަމަ އެއަންހެނަކަށް ވަރަށް ގިނަ ހުށަހެޅުންތައް ލިބޭނެއެވެ. އަންހެން މީހާގެ ވިސްނުން ބަދަލުކުރުވައި އެކަނބަލުންގެ ކިބައިން ނާޖާއިޒު ކަންކަމަށް އެދޭނެ ބައަކު އަބަދުވެސް ތިބޭނެއެވެ.

މިއީ ހުރިހާ އަންހެނުންނަށް ބުނާ ބަހެއް ނޫނެވެ. ހަރުދަނާ ކަމުގައި ވަރަށް ބޮޑަށް ޘާބިތުވެގެން ތިބޭ އަންހެނުންވެސް ތިބެއެވެ. ނަމަވެސް ގިނަވާނީ ކުރެވޭ ތަޢްރީފަށް ހެއްލެވި ދީލައިލެވޭ އަންހެނުންނެވެ. އެދައްކަނީ ވިއްސާރަ ދުންޏެއްކަމާއި ހަމަކުއްލިއަކަށް ފިލައިގެން ހިނގައިދާނެކަން އެނގޭއިރުވެސް އެއީ ދާއިމީކަމެއް ދެކޭނެ އަންހެނުން ގިނަވާނެއެވެ. 

މިއާޔަތުގައި އޮތް "ޞާލިޙް" މިބަސްފުޅަށް ވަރަށް ބޮޑަށް އަންހެނުން ސަމާލުކަންދޭންޖެހޭނެއެވެ. އެއީ ﷲ ތަޢާލާއަށް ކިޔަމަންތެރިވެ، ތަޤްވާވެރިވެ އަޅުކަންކުރުމުގެ އިތުރުން ކުރިމަތިވެދާނެ ކޮންމެ ނުބައިކަމަކުން ސަލާމަތްވެގެން ހުރުމެވެ. ރައްކައުތެރިވެގެން ހުރުމެވެ. ފިރިން ކޮށްދޭ ހެޔޮ ކަންތައްތައް ބަލައިގަނެ ޝުކުރުވެރިވެގެން ހުރުމެވެ. 

އަދި ކިއެއްތަ! މިބަޔާންކުރި ކަންކަން ހިމެނިގެންވަނީ އެކަނބަލުން ކުރާ އަޅުކަމުގެ ތެރެއިންނެވެ.

 

- އުސްތާޛް ނޫމާން ޢަލީ ޚާންގެ ދަރުސަކުން

 

 

 

 

 

 

https://www.youtube.com/watch?v=TERgRcwbbxI

 

މިއަދު އޮންލައިން