އަރިދަފުސް ރޯގާއެއްގެ ސަބަބުން ނަމަވެސް ނޭވާލާން އުނދަގޫވާނަމަ ފަރުވާކުޑަކޮށްގެންނުވާނެ! އެއީ ފުރާނައަށް ނުރައްކާވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
އަރިދަފުސް ރޯގާއެއްގެ ސަބަބުން ނަމަވެސް ނޭވާލާން އުނދަގޫވާނަމަ ފަރުވާކުޑަކޮށްގެންނުވާނެ! އެއީ ފުރާނައަށް ނުރައްކާވާ ކަމެއް!

އާދައިގެ ގޮތަކަށް އުޅެމުން ދަނިކޮށްވެސް ބައެއް ކަންކަން ކުރިމަތިވުމުން ނޭވާލުމަށް އުނދަގޫވެއެވެ. ނޭވާކުރުވާގޮތްވެސް މެދުވެރިވެއެވެ. އެޙާލަތުގައި ގިނަ މީހުން އެކަމަށް ފަރުވާ ކުޑަކުރެއެވެ. އެއީ މާބޮޑު ކަމެއް ނޫންކަމަށް ވިސްނާތީއެވެ. 

މާބޮޑެތި ބަލިތަކާއި ގުޅިގެން ނޫންނަމަވެސް ނޭވާލާން އުނދަގޫވުމުގެ މައްސަލަ ކުރިމަތިވެއެވެ. އަރިދަފުސް ރޯގާޖެހި ގިނައިން ނޭފަތުން ފޭބުން، ކެއްސުން، ވަރުބަލިވުން، ނޭފަތް ބެދުން، ކަރުތެރެ ބެދުން، އަދި ހުން އައުން ފަދަ ކަންކަމާއި ގުޅިގެންވެސް ނޭވާލާން އުނދަގޫވެއެވެ. 

ގިނަ ފަހަރު ކަންބޮޑުވެވެނީ ކުޑަކުއްޖަކަށް ނޭވޭލުމަށް އުނދަގޫވެއްޖެނަމައެވެ. ބޮޑެތި މީހުންނަށް އެއީ ބޮޑުކަމެއްގެ ގޮތުގައި ބަލައިގަތުން އޮންނަނީ އުނދަގޫ ކަމަކަށް ވެފައެވެ. ނަމަވެސް އެއީ ބޮޑެތި މީހުންނަށްވެސް ނުރައްކާ ކުޑަކަމެއް ނޫނެވެ. ނޭވާލާން އުނދަގޫވާ ކޮންމެ ފަހަރަކު ނުރައްކާ ނުވިނަމަވެސް އެއީ އެންމެ ސީރިޔަސް ޙާލަތަށްވެސް ހިނގައިދާނެ ކަމެކެވެ. 

އެންމެ ސީރިޔަސް ޙާލަތުކަމަށް މިބުނަނީ ފުރާނައަށް ނުރައްކާވުމެވެ. ވީމާ ބޮޑު މީހަކަށް ނަމަވެސް އެއްވެސް ކަމެއްގެ ސަބަބުން، ނުވަތަ ކަމެއް ފެންނަ ނެތިވެސް ނޭވާލާން އުނދަގޫވެއްޖެނަމަ ޑޮކްޓަރެއްގެ އިރުޝާދު ހޯދަން އަވަސްވެގަންނަންވާނެއެވެ. އެއީ ބޮޑު މައްސަލައަކުން ނޫންކަމަށް ނިންމަންވާނީ ޑޮކްޓަރަކު އިރުޝާދު ދިނުމުންނެވެ. ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނާއި ބަނގުރާބުއިން ފަދަ ކަންކަން ކުރާ މީހުން ވަކިން ބޮޑަށް ސަމާލުކަންދޭންވާނެއެވެ.  

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

މިއަދު އޮންލައިން