ކޮންމެހެން ސަމާލުކަންދޭންޖެހޭ ކަމަކަށް ހަނދުމަކޮށްދިނުމެއް!: ޝައިޠޯނާގެ ވަސްވާސްތައް ގިނަވާނަމަ ޢަމަލުކުރަންވީ ގޮތާ ކުރަންވީ ދުޢާ-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ކޮންމެހެން ސަމާލުކަންދޭންޖެހޭ ކަމަކަށް ހަނދުމަކޮށްދިނުމެއް!: ޝައިޠޯނާގެ ވަސްވާސްތައް ގިނަވާނަމަ ޢަމަލުކުރަންވީ ގޮތާ ކުރަންވީ ދުޢާ-: މުފްތީ މެންކް

އެއްވެސް މީހަކީ ޝައިޠޯނާގެ ކިބައިން ސަލާމަތްވެ ހުރެވޭނެ މީހެއް ނޫނެވެ. ނަމަވެސް އެމީހަކު އެކަމަށް އެދިގެން މަސައްކަތްކުރާނަމަ ﷲ ތަޢާލާ އެމީހަކަށް ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ  

ޝައިޠޯނާގެ ސަބަބުން ނުބައި ޚިޔާލުތައް ކުރެވޭނެއެވެ. ﷲ ތަޢާލާ އާއިމެދުގައިވެސް ނުބައި ވިސްނުންތައް އަންނާނެއެވެ. ނުބައި ޚިޔާލާއި ފިކުރުތައް ކުރެވޭނެއެވެ. އެއީ ހުއްޓުވޭނެ ކަންކަމެއްވެސް ނޫނެވެ.  

އެފަދަ ޙާލަތުގައި ކުރަން އޮތް ކަމަކީ އެއީ ޝައިޠޯނާގެ ކިބައިން އަންނަ ކަންކަމަށް ޤަބޫލުކޮށް އެކަންކަމަށް އަޅައިވެސް ނުލުމެވެ. ﷲ ތަޢާލާގެ ދީނުގައި ކުރިއަށްދާން މަސައްކަތްކުރުމެވެ. އެފަދަ ކަންކަން ކުރިމަތިވާނަމަ ދުޢާކުރާށެވެ!  

"އިނބަ ﷲ އީ މިއަލާގެ ހުރިހާ ކަންކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހްއެވެ. އިނބަ ﷲ އީ ފާފަ ފުއްސަވައި ދެއްވެވުމުގައި ދީލަތިވަންތކަން ބޮޑު އިލާހްއެވެ! މިއަޅާގެ ފާފަތައް ފުއްސަވައިދެއްވަވާނދޭވެ! ޝައިޠޯނާގެ ވަސްވާސްތަކުން މިއަޅާއަށް ސަލާމަތްކަން ދެއްވަވާނދޭވެ!"  

މިފަދަ ޢިބާރާތްތަކުން ކުރާ ދުޢާގައި އޮނަސައްތަ އިސްމްފުޅުގައި ހިމެނޭ ﷲ ތަޢާލާގެ ނަންފުޅުތަކުން ދަންނަވާށެވެ! އެއީ ތިމާގެ ނިކަމެތިކަން ބަޔާންކުރުމަށެވެ. ތިބާގެ ހިތުގައި ﷲ ތަޢާލާއަށް އޮތް ލޯބީގެ ބޮޑުކަން ބަޔާންކުރުމަށެވެ. އެމީހެއްގެ ފާފަތައް ފުއްސަވައިދެއްވަވާނެތެވެ. އަދި ޝައިޠޯނާގެ ކިބައިން ސަލާމަތްކަންވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ  

ހަމަ އެއާއިއެކު ފަރުޟުތައް އަދާކުރަމުން ސުންނަތް އަޅުކަންކުރުން ގިނަކުރާށެވެ! ޤުިރްއާން ކިޔެވުމާއި ޛިކްރުކުރުން ގިނަކުރާށެވެ. އިސާހިތަކު ޝައިޠޯނާ މާޔޫސްވެ ތިބާ އާއި ދުރަށްޖެހެން ފަށައިފާނެއެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން