ދިރިއުޅުމުގެ ދަތިކަން މިހާރު ހުރިގޮތުން ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހެއެވެ. މިޘާލަކަށް ގިނަ ގޭގޭގައި ސިޓިން ރޫމްގައިވެސް މީހުން ނިދާތީ ނުވަތަ ފރުިފައި ހުންނާތީ ނަމާދުކުރަން އުނދަގޫވެދާނެއެވެ. ވީމާ ނިދާ ކޮޓަރީގައި ނަމާދުކުރަން މަޖުބޫރުވެއެވެ.
ފިރިހެނުންނަށް ސުންނަތް ނަމާދުތައް ކުރުން ބޮޑަށް ރަނގަޅީ ގޭގައި ނަމަވެސް ގެދޮރުގެ ދަތިކަންހުރުމުން ހުރަސްއެޅޭ ބައަކު އުޅެއެވެ. އަދި ކޮޓަރީގައި އަނބިމީހާ ނިދާފައި އޮންނާތީ ދަމުނަމާދުކުރަން ފަސްޖެހޭ ބައަކުވެސް އެބައުޅެއެވެ. އެއީ މައްސަލައަކަސް ނުހަދާށެވެ! އަނބިމީހާއަށް އޮވެވޭ ގޮތަކުން އަޢުރަ ހާމަވާނަމަ ނުވަތަ ފެނުމުން އުނދަގޫވާ ގޮތަކަށް އޮތްނަމަ ނިވާކޮށްލާށެވެ!
މިކަމުގެ ޙުކުމަކަށް ބަލައިލާއިރު ތިރީގައި އެވަނީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވާ ބަސްފުޅެވެ.
"ނަމާދުކުރާ ކޮޓަރީގައި އަނބިމީހާ ނިދާފައި އޮތުމަކުން ނަމާދަކަށް އިން ޝާ ﷲ އަޘަރެއް ނުކުރާނެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ދަމުނަމާދުގައި ސަޖިދަ އަށް ވަޑައިގަންނަވާއިރުގައި ޢާއިޝާ- ރަޟިޔަﷲ ޢަންހާ- ގެ ފައިންޕުޅު އެއްފަރާތް ކުރައްވާކަމަށް ވާރިދުވެފައިވެއެވެ."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް