ބައިވެރިޔާއަށް ނަމަވެސް އަނިޔާވެރިވެއްޖެނަމަ ދުނިޔޭގަވެސް އެކަން ދެކޭނެ! އާޚިރަތް ދުވަހު ބަދަލުދޭންޖެހޭނީ އެންމެ ނިކަމެތިޙާލުގަ ހުރެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ބައިވެރިޔާއަށް ނަމަވެސް އަނިޔާވެރިވެއްޖެނަމަ ދުނިޔޭގަވެސް އެކަން ދެކޭނެ! އާޚިރަތް ދުވަހު ބަދަލުދޭންޖެހޭނީ އެންމެ ނިކަމެތިޙާލުގަ ހުރެ!

ފުރަތަމަ ކަމަކީ އެއްވެސް މީހަކަށް އަނިޔާވެރިވެވޮޑިގަތުން ﷲ ތަޢާލާ އެކަލާނގެ ޙަޟްރަތަށް ޙަރާމްކުރައްވަވާފައިވާ ކަމެވެ. މާނައަކީ އެއްވެސް މީހަކަށް އެއްވެސް މިންވަރަކަށް އަނިޔާވެރިވެވޮޑިނުގަންނަވާނެ ކަމެވެ.  

އެއްވެސް މީހަކަށް އަނިޔާވެރިވުމަކީ މީހަކަށް ކުރެވޭނެ އެންމެ ބޮޑުކުށެވެ. އެންމެ ގެއްލުން ބޮޑު އެއްކަންތަކެވެ. ސަބަބުތައް މިކިޔައިދެނީއެވެ.  

ތިމާއަށް ކުރެވޭ ބޮޑެތި ފާފަތަކާއި މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމާއި އަދި މީސްތަކުންނަށް އަނިޔާވެރިވުމުގެ ފާފައިގައި ބޮޑެތި ތަފާތުތަކެއް ވެއެވެ. އެއިގެ ތެރެއިން ދެތަފާތަކާއިމެދު މި ދަރުސްގައި ބަލައިލާނަމެވެ. އެގޮތުން މީސްތަކުންނަށް އަނިޔާވެރިވުމުން ލިބޭނެ އެންމެ ބޮޑު ދެގެއްލުން ފާހަގަކޮށްލާނަމެވެ.  

ބޮޑެތި ފާފަތަކަށް އަރައިގަނެވުމުން ތައުބާވުމުން ޢަފޫކުރައްވަވަތެވެ. ކުރެވުނު ފާފައަކާއި ގުޅިގެން ދުނިޔޭގައި ޙައްދު ޤާއިމުކުރެވިއްޖެނަމަ އެހިސާބުން ބިލެވެނީ އެމީހަކަށް އެކަމުން ސަލާމަތްވެވުނީ ކަމަށެވެ. އެއީ އެކަމަށް ލިބެން އޮތް ފާފައިން ސަލާމަތް ވެވެނެ އޮތް މަގެކެވެ.  

ނަމަވެސް ޙަދީޘްފުޅުގައި އޮތީ މީހުންނަށް އަނިޔާވެރިވުމުން އާޚިރަތުގައި އެކަމަށް ޝަޒާ ދެއްވެވުމުގެ އިތުރުން ދުނިޔޭގައިވެސް އެމީހަކަށް ޝަޒާ ދެއްވަވަން ﷲ ތަޢާލާ އަވަސްވެވޮޑިގަންނަވާ ކަމަށެވެ. އާޚިރަތުގައި އެކަމަށް ޝަޒާ ދެއްވަވާނެ އިރުގައިވެސްމެއެވެ.  

ފަހަރެއްގައި ދުނިޔެ މަތީގައި ޝަޒާ ދެއްވެވުން ލަސްކުރައްވައިފާނެއެވެ. ނަމަވެސް އެއިގެ މާނައަކީ އެކަމަށް ޢަފޫކުރެއްވެވުމެއް ނޫނެވެ. އަދި ޝަޒާ ނުދެއްވެވުމެއްވެސް ނޫނެވެ. ފަހުން ދެއްވަވަން އޮތް ޝަޒާ މާބޮޑުވެގެންވަނީ ކަމަށްވެސް ވެދާނެއެވެ.  

ދެވަނަ ތަފާތަކީ ﷲ ތަޢާލާއަށް ފާފައެއް ކުރެވިއްޖެނަމަ ތައުބާވުމުން ނުހަނު ފަސޭޖހައި އެފާފަ ފުއްސަވާކަމާއި މީހެއްގެ ޙައްޤަކަށް އަރައިގެންފިނަމަ އެކަމަކުން ސަލާމަތްވުމަކީ ފަސޭހަކަމަކަށް ނުވާ ކަމެވެ. އެހެނީ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވާނީ އަނިޔާ ލިބުނު މީހާ އެކަމަށް މާފުކުރުމުންނެވެ. ދުނިޔޭގައި މާފުނުހޯދައިފިނަމަ ޤިޔާމަތް ދުވަހުން އެމީހަކަށް ބަދަލު ހޯއްދަވައި ދެއްވެވުމަށްފަހުގައިކަމެވެ.

 

- ޝައިޚް އިބްރާހީމް ރާފިޢުގެ ދަރުސަކުން 

 

މިއަދު އޮންލައިން