އަންހެނުންގެ ގޯސްވާ ސަބަބުތައް ނައްތާލަން މަސައްކަތްކުރަން އެބަޖެހޭ! ގޯސްވާ ހިތުން ގޯސްވާނީ މަދު އަންހެނަކު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
އަންހެނުންގެ ގޯސްވާ ސަބަބުތައް ނައްތާލަން މަސައްކަތްކުރަން އެބަޖެހޭ! ގޯސްވާ ހިތުން ގޯސްވާނީ މަދު އަންހެނަކު!

އެންމެ ގިނައިން އިވޭ އެއްއަޑަކީ އަންހެނުން ގޯސްވަމުންދާ ވާހަކައެވެ. އެއީ ތެދެއް ނޫން ކަމަށް ބުނާކަށް ނެތީމެވެ. ނަމަވެސް އަހުރެންގެ ސުވާލެއް އެބައޮތެވެ. އެސުވާލަކީ އެއީ ކީއްވެގެން ހެއްޔެވެ؟ އެމީހުން ހަމަ ރަނގަޅަށް އުޅެން ބޭނުން ނުވަނީ ހެއްޔެވެ؟ 

މިސުވާލުގެ ޖަވާބު އަހުރެން ހޯދީ އަންހެނުންގެ ކިބައަކުން ނޫނެވެ. ގިނަ އަންހެނުންނަށް އެކަން މެދުވެރިވާ ސަބަބު އޮޅުންފިލުވައިގެންނެވެ. 

ފިރިންގެ ފަރާތުން ލިބޭ ޝަކުވާއާއި އަދި ޢާަިލާގެ ފަރާތުން ލިބޭ ޝަކުވާ އާއި ހުރިހާ ޝަކުވާތަކެއްގެ މައްސަލައިގެ ފުނަށް ފީނައިގެން ބެލުމުން އެނގެނީ ގިނަ އަންހެނުންނަށް ބަދަލުތަކެއް އަންނަނީ ޙަޔާތުގެ ކޮންމެވެސް ހިސާބެއްގައި ލިބޭ އަނިޔާއިން ކަމެވެ. އަދި ގިނަ ފަހަރަށް އެކަން ފެށިފައި އޮންނަނީވެސް ގޭތެރެއިން ކަމެވެ. 

ގޭތެރެއިން ލިބުނު އަނިޔާތަކަށް ކެތްތެރިވަމުން ދަނިކޮށް ދެވަނަ ޙަމަލާ ކުރިމަތިވަނީ ލޯބިވެރިޔާގެ ފަރާތުންނެވެ. އަދި ވަޒީފާގެ މާޙައުލުންވެސް އަނިޔާ ލިބެއެވެ. ދެން މިވާ ގޮތަކީ ހުރިހާ އަނިޔާތައް އެއްކޮށްލީމާ ބުރަބޮޑުވެ ބުރަ އުފުލަން ބޭނުން ނުވަނީއެވެ. ތިމާއަކީވެސް އެހެން މީހުންނަށް އަނިޔާކުރާ މީގހަކަށްވާން ބޭނުންވެ އެގޮތަށް އުޅުން ބަދަލުވަނީއެވެ. 

އަހުރެން މިބުނަނީ އެއްވެސް ބާވަތެއްގެ އަނިޔާއެއް ނުލިބޭ އަންހެނުންގެ ތެރޭގައިވެސް ނުރަނގަޅު އަންހެނުން ނުތިބޭ ވާހަކައެއް ނޫނެވެ. ކޮންމެ ބައެއްގެ ތެރޭގައިވެސް ރަނގަޅު މީހުންނާއި ނުރަނގަޅު މީހުން ތިބޭނެއެވެ. ކޮންމެ މީހަކުވެސް އެކަން ޤަބޫލުކުރަންޖެހޭނެއެވެ.  

ޢާއިލާތަކަށްވެސް އަދި ދެމަފިރިންނަށްވެސް އުފާވެރިކަން ލިބޭނީ ޢާއިލާގެ އެންމެންނަކީވެސް ރަނގަޅު ބައަކަށްވެގެންނެވެ. ވީމާ އަހުރެން ބުނެލަން ބޭނުންވަނީ އަންހެންދަރިންނާ ފިރިހެންދަރިން ތަފާތުނުކުރަމާ ހިނގާށެވެ. ޖިންސީ ގޯނާވިޔަސް ޖިސްމާނީ އަނިޔާވިޔަސް އެއްވެސް ބާވަތެއްގެ އަނިޔާއެއް ނުކުރަމާ ހިނގާށެވެ! އަދި ލޯވުމުގައި ތެދުވެރިވަމާ ހިނގާށެވެ!

އެއިރުން މައްސަލައަށް އެކަށީގެންވާ ރަނގަޅު ޙައްލެއް ފެންނާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން