ހަނދުމަކޮށްދިނުމެއް!: ކޮންމެހެން ދެނެގަންނަން ޖެހޭނެ ދެމަފިރިންގެ ޙައްޤުތަކާ ބަދުދުޢާ ކުރުމުގެ ޙުކުމް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 28މ 50ސ
ހަނދުމަކޮށްދިނުމެއް!: ކޮންމެހެން ދެނެގަންނަން ޖެހޭނެ ދެމަފިރިންގެ ޙައްޤުތަކާ ބަދުދުޢާ ކުރުމުގެ ޙުކުމް-

އަޅުގަނޑު ފިރިމިހާއާ ދިމާއަށް ބަދުދުޢާކުރާނަމޭ ބުނެފިނަމަ އަޅުގަނޑު ފާފަވެރިވާނެތަ؟ މިކަމުގެޙުކުމަކީކޮބާ؟ 

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد: 

ފުރަތަމަ ކަމަކީ:އިސްލާމްދީނުގައި ފިރިމީހާގެ މައްޗަށްވާ އަނބިމީހާގެ ޙައްގުތަކެއްވެއެވެ. ހަމައެފަދައިން އަނބިމީޙާގެ މައްޗަށްވާ ފިރިމީހާގެ ޙައްގުތަކެއްވެސް ވެއެވެ. އަދި ދެމަފިރިން އެކަކު އަނެކަކަށް ދޭންޖެހޭ ޙައްގު ތަކެއްވެސް ވެއެވެ.  

އަނބިމީހާ އަށް ޚާއްޞަވެގެންވާ ޙައްގުތައް:  

އަނބިމީހާގެ ޙައްގުގައި ފިރިމީހާގެ މައްޗަށް ލާޒިމްވެގެންވާ މާލީ ޙައްގުތަކެއް ވެއެވެ. އެއީ ކައިވެނީގެ ރަނާއި، ނަފަގާ ނުވަތަ ދިރިއުޅުމުގެ ޚަރަދުތައް، އަދި ހުންނާނެ ތަނެކެވެ.

މާލީ ޙައްގުތައް ފިޔަވާ އެހެނިހެން ޙައްގުތަކުގެ ތެރޭގައި ހުރިހާ އަނބިންގެ މެދުގައި ހަމަހަމަ ކޮށް ކަންތައް ކުރުން، ރިވެތި ގޮތުގައި ދިރިއުޅުން، އަނބިމީހާ އަށް އަނިޔާ ނުކުރުން ހިމެނެއެވެ.  

މާލީ ޙައްގުތައް:  

1. ކައިވެނީގެ ރަން: ކައިވެނީގެ ރަނަކީ ކައިވެނީގެ ޢަގްދު ކުރުމުގެ ސަބަބުން އަނބިމީޙާ އަށް ދޭންޖެހޭ މާލީ އެހީއެކެވެ. މިއީ ފިރިމީހާގެ މައްޗަށް ވާޖިބު ވެގެންވާ އެއްޗެކެވެ. ސޫރަތުއް ނިސާގެ 5 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. )وَآتُواالنِّسَاءَصَدُقَاتِهِنَّنِحْلَةً)މާނައަކީ: " އަންހެނުންނަށް އެކަނބަލުންގެ ރަން، ތިޔަބައިމީހުން ހިތުންރުހުމުންދޭ ދިނުމެއްގެ ގޮތުގައި ދޭށެވެ!". ކައިވެނީގެ ރަނުގެ ޙިކްމަތަކީ ކައިވެނީގެ ޢަގްދުގެ މަތިވެރިކަން އަންގައިދިނުމެވެ. އަދި އަންހެނާގެ މަގާމު މަތިވެރި ކުރުމެވެ.

ކައިވެނީގެ ރަނަކީ ކައިވެނީގެ ޢަގްދުގެ ޝަރްޠެއް ނޫނެވެ. އަދި ކައިވެނީގެ ރުކުނެއްވެސް ނޫނެވެ.  

2. ނަފަގާ، ނުވަތަ ދިރިއުޅުމުގެ ޚަރަދުތައް: އަނބިމީހާ ފިރިމީހާ އަށް ފުރިހަމަ އަށް ކިޔަމަންތެރިކަން އަދާ ކުރާހާ ހިނދަކު އޭނާގެ ޚަރަދުތައް ދީ ހެދުމަކީ ފިރިމީހާގެ މައްޗަށް ވާޖިބު ކަމެކެވެ. އަނބިމީހާ ނުކިޔަމަންތެރިވެއްޖެނަމަ ޚަރަދު ދޭކަށް ނުޖެހޭނެއެވެ.

އަނބިމީހާ އަށް ޚަރަދު ދިނުމުގެ ޙިކްމަތަކީ: ކައިވެނީގެ ޢަގްދު ކުރެވުމާއި އެކު އަންހެނާ ހުންނަނީ ފިރިމީހާގެ މިލްކަކަށް ވެފައެވެ. އަދި ފިރިމީހާގެ އިޛްނަ އަކާއި ނުލައި ގެއިން ނިކުތުމަކީ އެކަނބުލޭގެ އަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. މީގެ އިތުރުން އަނބިމީހާގެ ހަށިގަނޑުން ފިރިމީހާ އުފާ ލިބިގަންނާތީވެ ވެސް ޚަރަދު ދޭން ޖެހެއެވެ.

ޚަރަދު ދިނުމުގެ މަގްޞަދަކީ: އަނބިމީހާ އަށް ބޭނުންވާނެ ކާއެއްޗިއްސާއި ދިރިއުޅޭނެ ގެއަކާއި މިނޫންވެސް ބޭނުންވާނެ ތަކެތި ހޯދައިދިނުމެވެ. ސޫރަތުލް ބަގަރާގެ 233 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

 (وَعَلَىالْمَوْلُودِلَهُرِزْقُهُنَّوَكِسْوَتُهُنَّبِالْمَعْرُوفِ) މާނައަކީ: " އަދި އެކަށީގެންވާ ހެޔޮގޮތުގައި އެކަނބަލުންނަށް ކާންދިނުމާއި،އަންނައުނުދިނުން އެއީ، (ކުއްޖާގެ) ބަފާގެ މައްޗަށް ވާޖިބުވެގެންވާކަމެކެވެ". 

އަދި ސޫރަތުއް ޠަލާގް ގެ 7 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ.

(لِيُنفِقْذُوسَعَةٍمِّنسَعَتِهِ ۖوَمَنقُدِرَعَلَيْهِرِزْقُهُفَلْيُنفِقْمِمَّاآتَاهُاللَّـهُ) މާނައަކީ: "ތަނަވަސްކަމުގެ ވެރިޔާ، އޭނާގެ ތަނަވަސްކަންހުރި މިންވަރަކުންހޭދަކުރާހުށިކަމެވެ! އަދި އެމީހެއްގެ رزقދަތިކުރައްވާފައިވާ މީހާ، ފަހެ،އެމީހާޔަށް اللَّهދެއްވި އެއްޗަކުން ހޭދަކުރާހުށިކަމެވެ". 

އަބޫސުފްޔާން -ރަޟިޔަﷲ ޢަންހު- ގެ އަނބިކަނބަލުން ހިންދު ބިންތި ޢަތަބާ- ރަޟިޔަﷲ ޢަންހާ- ކީރިތި ރަސޫލާ -ޞައްލަﷲ އަލައިހި ވަސައްލަމަ- ގެ އަރިހުގައި އަބޫސުފްޔާން ޚަރަދު ނުދެއްވާ ވާހަކަ ޝަކްވާ ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. "

خذيمايكفيكِوولدَكِبالمعروف" . މާނައަކީ: "ކަނބުލޭގެ އަށާއި ކަނބުލޭގެ ދަރިންނަށް ވާވަރަށް ނަގާށެވެ".  

عنعائشةقالت : دخلتهندبنتعتبةامرأةأبيسفيانعلىرسولاللهصلىاللهعليهوسلمفقالت : يارسولاللهإنأباسفيانرجلشحيحلايعطينيمنالنفقةمايكفينيويكفيبنيَّإلاماأخذتمنمالهبغيرعلمهفهلعليفيذلكمنجناح ؟ فقالرسولاللهصلىاللهعليهوسلم : خذيمنمالهبالمعروفمايكفيكويكفيبنيك . رواهالبخاري ( 5049 ) ومسلم ( 1714).  

މާނައަކީ: ޢާއިޝާ -ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާވެގެންވެއެވެ. އަބޫސުފްޔާނުގެ އަނބި ހިންދު ބިންތި ޢަތަބާ- ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހަށް އައިސް ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާ އެވެ. ހަމަކަށަވަރުން އަބޫ ސުފްޔާން އަކީ ދަހި މީހެކެވެ. އޭނާ އަށް ނޭނގި އޭނާގެ މުދަލުން އަހަރެން ނެގި އެއްޗެއް ފިޔަވާ އެހެން އެއްޗެއް، އަހަންނަށާއި ދަރިންނަށް ނުދެއެވެ. މިގޮތަށް އޭނާ އަށް ނޭނގި ނެގުމުގެ ސަބަބުން އަހަރެން ފާފަވެރިވާނެތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "ކަނބުލޭގެ އަށާއި ކަނބުލޭގެ ދަރިންނަށް ވާވަރަށް ނަގާށެވެ".  

وعنجابر : أنرسولاللهصلىاللهعليهوسلمقالفيخطبةحجةالوداع : " فاتقوااللهفيالنساءفإنكمأخذتموهنبأماناللهواستحللتمفروجهنبكلمةالله ، ولكمعليهنألايوطئنفرشكمأحداتكرهونه ، فإنفعلنذلكفاضربوهنضرباغيرمبرح ، ولهنعليكمرزقهنوكسوتهنبالمعروف " . رواهمسلم ( 1218 ) 

މާނައަކީ: "މާތް ﷲ ރުއްސުންލެއްވި ޖާބިރު ގެ އަރިހުން ރިވާވެގެންވެއެވެ. ޙައްޖަތުލް ވަދާޢުގެ ޚުޠުބާ ގައި ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން އަނބިންނަށްޓަކައި ޓަކައި ﷲ އަށް ތަގްވާވެރިވާށެވެ. ހަމަކަށަވަރުން އެކަނބަލުންނަކީ ތިޔަބައިމީހުންނާއި ޙަވާލުވެފައިވާ ﷲ ގެ އަމާނާތެކެވެ. އަދި އެކަނބަލުންގެ ފަރްޖުތައް ހުއްދަކޮށްފައިވަނީ ﷲ ގެ ޝަރީޢަތާއި އެއްގޮތަށެވެ. އެކަނބަލުންގެ މައްޗަށްވާ ތިޔަބައިމީހުންގެ ޙައްގަކީ ތިޔަބައިމީހުންގެ ގެއަށް ތިޔަބައިމީހުން ނުރުހޭ މީހަކު ނުވެއްދުމެވެ. އެކަނބަލުން އެގޮތަށް ކަންތައް ކޮށްފިނަމަ އަނިޔާ ނުވާ ވަރަށް ޖަހާށެވެ. އަދި ތިޔަބައިމީހުންގެ މައްޗަށްވާ އެކަނބަލުންގެ ޙައްގަކީ އެކަނބަލުންގެ ކެއުންބުއިމާއި އަންނައުނު ހޯދައިދިނުމެވެ".  

3. އަނބިމީހާ ދިރިއުޅޭނެ ތަނެއް ހޯދައިދިނުން. ފިރިމީހާ އަށް ކުޅަދާނަކަން ލިބިގެންވީ މިންވަރަކުން އެކަނބުލޭގެ އަށް ހަމަޖެހިގެން ދިރިއުޅެވޭނެ ތަނެއް ހޯދައިދިނުމެވެ. ސޫރަތުލް ޠަލާގް ގެ 6 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (أَسْكِنُوهُنَّمِنْحَيْثُسَكَنتُممِّنوُجْدِكُمْ)މާނައަކީ: "ތިޔަބައިމީހުންގެ ތަނަވަސްކަން ހުރިވަރަކުން ތިޔަބައިމީހުން އުޅޭތަނެއްގައި އެކަނބަލުން (އެބަހީ: ވަރިކޮށްފައި، عدّةގައި ތިބޭ އަންހެނުން) ބައިތިއްބާށެވެ!". 

މުދަލާއި ގުޅުން ނެތް ޙައްގުތައް: 

1.  އަނބިންގެ މެދުގައި ހަމަހަމަކޮށް ކަންތައް ކުރުން. އެއް އަންބަށްވުރެ ގިނައިން ތިބި ކަމުގައިވަނީނަމަ ހުރިހާ އަނބިންގެ މެދުގައި ޢަދްލުވެރިކޮށް އިންޞާފުން ކަންތައް ކުރުމަކީ ފިރިމީހާގެ މައްޗަށް ވާޖިބު ކަމެކެވެ. އެގޮތުން އެކަނބަލުންނާއި އެކު ރޭކުރުމުގައްޔާއި ކެއުންބުއިމާއި އަންނައުނު ހޯދައިދިނުމުގައި އިންސާފުވެރިވާން ޖެހޭނެއެވެ.  

2.  ރިވެތި ދިރިއުޅުމަކުން ދިރިއުޅުން. އަނބިމީހާ އަށް އޯގާތެރިވުމާއި އެކު ރިވެތި ދިރިއުޅުމަކުން އެކަނބުލޭގެ އާއި އެކު ދުވަސްތައް ހޭދަ ކުރުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބު ކަމެކެވެ. ސޫރަތުއް ނިސާގެ 19 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَعَاشِرُوهُنَّبِالْمَعْرُوفِ)މާނައަކީ: "އަދި، ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ!". ސޫރަތުލް ބަގަރާގެ 228 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَلَهُنَّمِثْلُالَّذِيعَلَيْهِنَّبِالْمَعْرُوفِ)މާނައަކީ: "އަދި شرعىހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށްވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސްحقވެގެން ވެއެވެ". ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (استوصوابالنساءخيرا) މާނައަކީ: "އަނބިންނާއި މެދު ހެޔޮކޮށް ހިތުމަށް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރައްވަމެވެ".

3.  އަނބިމީހާ އަށް ގޯނާވާނެ އެއްވެސް ކަމެއް ނުކުރުން. ދުރުހިލޭ މީހުނަށް ގޯނާކޮށް އަނިޔާކޮށް ހެދުމަކީވެސް އިސްލާމްދީން މަނާ ކުރައްވާފައިވާ ކަމެކެވެ. އެހެންކަމުން، އަނބިމީހާ އަށް ގޯނާވާނެ ކަމެއް ކުރުމަކީ ވަކީން ބޮޑަށް ގޯސް ކަމެކެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. " لاضررولاضرار "މާނައަކީ: "ގެއްލުންދިނުމެއްވެސް އަދި ގެއްލުން ހޯދައިގަތުމެއްވެސް ނެތެވެ". 

އަނބިމީހާގެ މައްޗަށްވާ ފިރިމީހާގެ ޙައްގުތައް: 

އަނބިމީހާގެ މައްޗަށްވާ ފިރިމީހާގެ ޙައްގަކީ ވަރަށްވެސް މަތިވެރި ޙައްގެކެވެ. ސޫރަތުލް ބަގަރާގެ 228 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَهُنَّمِثْلُالَّذِيعَلَيْهِنَّبِالْمَعْرُوفِ ۚوَلِلرِّجَالِعَلَيْهِنَّدَرَجَةٌ )މާނައަކީ: "އަދި شرعىހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށްވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސްحقވެގެން ވެއެވެ. އަދި އެކަނބަލުންގެ މައްޗަށް ފިރިހެނުންނަށް ދަރަޖައެއްލިބިގެންވެއެވެ". 

މިގޮތުން އަނބިމީގެ މައްޗަށްވާ ފިރިމީހާގެ ޙައްގުތަކަކީ: 

1. ފިރިމީހާ އަށް ކިޔަމަންތެރިކަން އަދާ ކުރުން. ސޫރަތުއް ނިސާގެ 34 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. މާތް ﷲ ފިރިހެނުން ލައްވާފައިވަނީ އަންހެނުންގެ ބެލެނިވެރިންތަކެއްގެ ގޮތުގައެވެ. އެހެންކަމުން، އެކަނބަލުން ރަގަޅު ގޮތުގައި ބަލަހައްޓާ ޚަރަދުދީ ހެދުމަކީ ފިރިންގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ކަމެކެވެ. މިކަމަށްޓަކައި އަނބީން ފިރިންނަށް ކިޔަމަންތެރިވާން ޖެހެއެވެ.

(الرِّجَالُقَوَّامُونَعَلَىالنِّسَاءِبِمَافَضَّلَاللَّـهُبَعْضَهُمْعَلَىٰبَعْضٍوَبِمَاأَنفَقُوامِنْأَمْوَالِهِمْ) މާނައަކީ: "ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި قائمވެގެންތިބޭ ބަޔެކެވެ. (އެއީ) އެއުރެންގެ އެއްބަޔެއްގެ މައްޗަށްއަނެއްބަޔަކު اللَّهމާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި، އެއުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ". 

2. ފިރިމީހާ އެއްދާން ކުރަން އެދިއްޖެ ކޮންމެ ޙާލަތެއްގައި އެކަމަށް އިޖާބަ ދިނުން. ފިރިމީހާ އެއްދާން ކުރަން އެދިއްޖެ ޙާލަތެއްގައި އަނބިމީހާ އެކަމަށް ޙައިޟުގެ ސަބަބުން ނުވަތަ ފަރްޟު ރޯދަ އެއް ހިފައިގެން ހުރުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން މެނުވީ ފިރިމީހާގެ އެދުމަށް ފުރަގަސް ދިނުމަކީ ވަރަށް ވެސް ނުބައިކަން ބޮޑު ކަމެކެވެ. 

عنأبيهريرةرضياللهعنهقال : قالرسولاللهصلىاللهعليهوسلم : " إذادعاالرجلامرأتهإلىفراشهفأبتفباتغضبانعليهالعنتهاالملائكةحتىتصبح " رواهالبخاري ( 3065 ) ومسلم ( 1436 ). 

މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ފިރިމީހާ އޭނާގެ އަނބިމީހާ އަށް އެއްދާން ކުރުމަށް ގޮވާލާ ހިނދުގައި އެކަމަށް އެކަމަނާ ފުރަގަސްދިނުމުގެ ސަބަބުން ނުވަތަ އެކަމުން މަނާވެގަތުމުގެ ސަބަބުން ފިރިމީހާ ރުޅިއައިސްގެން ހުރެ ނިދައިފިނަމަ އަނެއްދުވަހުގެ ހެނދުނު ވަންދެން މަލާއިކަތުން އެކަމަނާ އަށް ލަޢްނަތް ދޭނެތެވެ".

3. ފިރިމީހާގެ ހުއްދަ ނެތި އޭނަގެ ގެއަށް އެއްވެސް މީހަކު ނުވެއްދުން.  

عنأبيهريرةرضياللهعنهأنرسولاللهصلىاللهعليهوسلمقال : " لايحلللمرأةأنتصوموزوجهاشاهدإلابإذنه ، ولاتأذنفيبيتهإلابإذنه ، ...." . رواهالبخاري ( 4899 ) ومسلم ( 1026) 

މާނައަކީ: "މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ފިރިމީހާ ރަށުގައި ހުރިނަމަ އޭނާގެ އިޛްނަ އަކާއި ނުލައި ސުންނަތް ރޯދަ އެއް ހިފުން އަނބިމީހާ އަށް ހުއްދަވެގެން ނުވެއެވެ. އަދި ފިރިމީހާގެ ގެއަށް އޭނާ ނުރުހޭ މީހަކު ވެއްދުންވެސް ހުއްދަވެގެން ނުވެއެވެ".  

4. ފިރިމީހާގެ އިޛްނަ އާއި ނުލައި ގެއިން ނުނިކުތުން. އިމާމް ޝާފިޢީ އާއި އަޙްމަދު ބިން ޙަންބަލް-ރަޙިމަހުމުﷲ- ވިދާޅުވިއެވެ. "އަނބިމީހާގެ ބަލިވެފައިވާ ބައްޕަ އަށް ޒިޔާރަތް ކުރުމަށްވެސް ފިރިމީހާގެ ހުއްދަ އަކާއި ނުލައި ގެއިން ނިކުމެގެން ނުވާނެއެވެ".  

5. އަނބިމީހާ ފިރިމީހާ އަށް ނުކިޔަމަންތެރި ވެއްޖެނަމަ އަދަބު ދިނުމުގެ ޙައްގު ފިރިމީހާ އަށް ލިބިގެންވެއެވެ. ސޫރަތުއް ނިސާގެ 34 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَاللَّاتِيتَخَافُونَنُشُوزَهُنَّفَعِظُوهُنَّوَاهْجُرُوهُنَّفِيالْمَضَاجِعِوَاضْرِبُوهُنَّ)މާނައަކީ: "އެކަނބަލުން ނުކިޔަމަންތެރިވެދާނެކަމަށް، ތިޔަބައިމީހުން ބިރުގަންނަނަމަ،ފަހެ، އެކަނބަލުންނަށް نصيحةދޭށެވެ! އަދި، އެކަނބަލުންނާއެކުއެއްދާންކުރުން ދޫކޮށްލާށެވެ! އަދި، އެކަނބަލުންގެ ގައިގައި (ހާނީއްކަނުވާގޮތުން) ޖަހާށެވެ!".  

6. ފިރިމީހާ އަށް ޚިދުމަތް ކޮށްދިނުން. ފިރިމީހާ އަށް ބޭނުންވާނެ ހުރިހާ ޚިދުމަތްތަކެއް ފުރިހަމަ އަށް އަދާކޮށް ދިނުމަކީ އަނބިމީހާ ގެ މައްޗަށް އޮތް ވާޖިބު ކަމެކެވެ.  

7. ފިރިމީހާ އާއި އެކު ރިވެތި އުޅުމަކުން އުޅުން. (وَلَهُنَّمِثْلُالَّذِيعَلَيْهِنَّبِالْمَعْرُوفِ)މާނައަކީ: "އަދި شرعىހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށްވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސްحقވެގެން ވެއެވެ".  

އިސްވެ ބަޔާން ކުރެވުނު ވާހަކަ ތަކުން ދޭހަވަނީ އަނބިމީހާ ފިރިމީހާ އަށް އިހްތިރާމް ނުކޮށް، އަޅާ ނުލާ އުޅުމަކީ އިސްލާމްދީން ގަބޫލުކުރާ ކަމެއް ނޫން ކަމެވެ.

ސުވާލުގައި ބަޔާންވެގެންވާ ފަދައިން ޝަރްޢީ ޢުޛުރެއްނެތި، އަނބިމީހާ ފިރިމީހާގެ އަމުރަށް ނުކިޔަމަންތެރިވަމުންދާހާ ހިނދަކު އޭނާ އަށް އެކުރެވެނީ ފާފަ އެކެވެ.  

އިސްވެބަޔާން ކުރެވުނު ޙައްގުތައް އަދާކުރުމުގައި އަނބިމީހާ ފަސްޖެހިއްޖެނަމަ އޭނާއަށް ހެޔޮގޮތުގައި މަޑުމައިތިރިކަމާއި އޯގާތެރިކަމާއިއެކު ނަޞޭޙަތްދޭންވާނެއެވެ. އަދި އޭނާ ކިޔަމަންތެރި ނުވެއްޖެނަމަ މާތް ﷲ ރުހިވޮޑިގެންނުވާ ކަންތައްތަކަކަށް އަރައިގަނެވެނީކަން ހަނދާންކޮށްދޭންވާނެއެވެ. އަދި ނުކިޔަމަންތެރިކަންމަތީ ދެމި ހުރެއްޖެނަމަ ދެން ކަންތައްވެގެން ހިނގައިދާނެ ގޮތްތައް ކިޔައިދީ ހަނދާންކޮށްދޭންވާނެއެވެ. އެކަންތަކުގެ ތެރޭގައި ފިރިމީހާ އޭނާ އަށް ކުރާ ޚަރަދު ހުއްޓަލަންޖެހިދާނެކަންވެސް ބުނެދޭންވާނެއެވެ. ނަޞޭޙަތްދީގެން ރަގަޅު ނުވެއްޖެނަމަ ތަންމަތިންވަކި ކުރާނީއެވެ. އެގޮތުންވެސް ރަގަޅު ނުވެއްޖެނަމަ އަނިޔާނުވާނޭހެން އަދަބު ދިނުންވެސް ހުއްދަވެގެންވެއެވެ. މިގޮތުންވެސް ޙައްލަކަށް ނާދެވިއްޖެނަމަ ފިރިމީހާގެ ފަރާތުން މީހަކާއި، އަނބިމީހާގެ ފަރާތުން މީހަކު އައިސް ދެފަރާތުގެ ވާހަކަތައް އަޑުއަހާ ޙައްލެއް ހޯދޭތޯ މަސައްކަތް ކުރާނީއެވެ. މިގޮތުންވެސް ކާމިޔާބު ނުވެއްޖެނަމަ ވަރިއާއިހަމަ އަށް ދާނީ އެވެ. 

ދެވަނަ ކަމަކީ: ބަދު ދުޢާ ކުރުން: 

އާއިއެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ- އާއި ދެކޮޅަށް ހަނގުރާމަކުރާ މީހުން ހަލާކު ކުރެއްވުން އެދި ބަދު ދުޢާ ކުރުމަކީ މަޝްރޫޢު ކަމެކެވެ. އެކަމުގެ ދަލީލުތައް ގުރްއާނާއި ސުންނަތުން ލިބެން އެބަހުއްޓެވެ. ސޫރަތުޔޫނުސްގެ 88-89 ގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.  

(وَقَالَ مُوسَىٰ رَ‌بَّنَا إِنَّكَ آتَيْتَ فِرْ‌عَوْنَ وَمَلَأَهُ زِينَةً وَأَمْوَالًا فِي الْحَيَاةِ الدُّنْيَا رَ‌بَّنَا لِيُضِلُّوا عَن سَبِيلِكَ ۖ رَ‌بَّنَا اطْمِسْ عَلَىٰ أَمْوَالِهِمْ وَاشْدُدْ عَلَىٰ قُلُوبِهِمْ فَلَا يُؤْمِنُوا حَتَّىٰ يَرَ‌وُا الْعَذَابَ الْأَلِيمَ ﴿٨٨﴾ قَالَ قَدْ أُجِيبَت دَّعْوَتُكُمَا فَاسْتَقِيمَا وَلَا تَتَّبِعَانِّ سَبِيلَ الَّذِينَ لَا يَعْلَمُونَ ﴿٨٩﴾)  

މާނައަކީ: "موسىގެފާނު ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެ فرعونއަށާއި، އޭނާގެ ބޮޑުންނަށް ދުނިޔޭގެ ދިރިއުޅުމުގައި ޒީނަތްތެރިކަމާއި،މުދާތައް ދެއްވީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! (އެތަކެތިން) އެއުރެން އިބަރަސްކަލާނގެ ތެދުމަގުން (މީސްތަކުން) އެއްކިބާކުރެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އެއުރެންގެ މުދާތައް ހަލާކު ކުރައްވައި،ނެތިކުރައްވާނދޭވެ! އަދި އެއުރެންގެ ހިތްތައް ހަރުކަށިކުރައްވައި،ސިއްކަގައްސަވާނދޭވެ! ފަހެ، އެއުރެންނަށް ވޭންދެނިވި عذابފެނިއްޖައުމަށްދާނދެން، އެއުރެންإيمانއެއް ނުވާނެތެވެ. އެކަލާނގެ وحى ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަ ދެބޭކަލުންގެ دعاءއިޖާބަކުރައްވައިފީމެވެ. ފަހެ،ތިޔަ ދެބޭކަލުން ސީދާގޮތުގައި ތިއްބަވާށެވެ! ނުދަންނަ މީހުންގެ މަގަށް ތިޔަދެބޭކަލުން تبعވެވަޑައި ނުގަންނަވާހުށިކަމެވެ!"

ސޫރަތު ނޫޙްގެ 26ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَقَالَ نُوحٌ رَّ‌بِّ لَا تَذَرْ‌ عَلَى الْأَرْ‌ضِ مِنَ الْكَافِرِ‌ينَ دَيَّارً‌ا ﴿٢٦﴾) މާނައަކީ: "އަދި نوحގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! كافرންގެ ތެރެއިން ހަމައެކަކުވެސް އިބަރަސްކަލާނގެ މި ބިންމަތީގައިނުބަހައްޓަވާނދޭވެ!"

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަޙްޒާބް ތަކުގެ މައްޗަށް ދުޢާ ކުރެއްވި ކަމަށް ޞަޙީޙް މުސްލިމްގައިއައިސްފައިވެއެވެ.  

(دعا رسول الله صلى الله عليه وسلم على الأحزاب، فقال: اللهم منزل الكتاب سريع الحساب اهزم الأحزاب، اللهم اهزمهم وزلزلهم)  

މާނައަކީ: "އަޙްޒާބްތަކުގެ މައްޗަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ބަދު ދުޢާ ކުރައްވާ ވިދާޅުވިއެވެ. "ހައްދަވާ ގެންގުޅުއްވާއިލާހެވެ. އިބަ ﷲ އީ ފޮތް ބާވާލެއްވި އިލާހެވެ. އަވަހަސް ޙިސާބު ބައްލަވާއިލާހެވެ. އަޙްޒާބްތައް ބަލި ކުރައްވާފާންދޭވެ. ހައްދަވާ ގެންގުޅުއްވާއިލާހެވެ. އެބައިމީހުން ބަލި ކުރައްވާ އެބައިމީހުންގެ ފައިދަށުން ބިންގަނޑުހަލުއްވާފާންދޭވެ."

وعن ابن مسعود رضي الله عنه في حديث طويل... وفيه أن عقبة بن أبي معيط وضع على رأس النبي صلى الله عليه وسلم أجزاء من بطن جزور مذبوح وهو يصلي.
قال ابن مسعود: فلما قضى النبي صلى الله عليه وسلم الصلاة رفع صوته ثم دعا عليهم، وكان إذا دعا دعا ثلاثاً، وإذا سأل سأل ثلاثاً، ثم قال: "اللهم عليك بقريش" ثلاث مرات، فلما سمعوا صوته ذهب عنهم الضحك وخافوا دعوته، ثم قال: "اللهم عليك بأبي جهل بن هشام وعتبة بن ربيعة وشيبة بن ربيعة والوليد بن عقبة وأمية بن خلف، وعقبة بن أبي معيط" (وذكر السابع ولم أحفظه) فوالذي بعث محمداً صلى الله عليه وسلم بالحق لقد رأيت الذين سمّى صرعى يوم بدر، ثم سحبوا إلى القليب، قليب بدر.  

މާނައަކީ: މާތްރުއްސުންލެއްވި އިބްނު މަސްޢޫދުގެ ކިބައިން ރިވާވެގެންވާ ދިގުޙަދީޘެއްގައިވެއެވެ. "ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދަށްހުންނަވަނިކޮށް ޢުގްބާ ބިން އަބީ މުޢީޠު އައިސް އެކަލޭގެފާނުގެ ބޮލަށްކަރުގޮހޮރު އަޅާލިއެވެ." އިބްނު މަސްޢޫދު- ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދުން އަވަދިވެ ވަޑައިގެން އަޑުއުފުއްލަވާ ބަދު ދުޢާ ކުރެއްވިއެވެ. އެކަލޭގެފާނު ކަމަކަށް އެދި ދުޢާކުރައްވާނަމަވެސް، އަދި ބަޔަކު ހަލާކު ކުރެއްވުން އެދި ދުޢާކުރައްވާނަމަވެސް ތިންފަހަރަށް އެކަމަކަށް ދަންނަވައެވެ. އެކަލޭގެފާނުދުޢާގައި ވިދާޅުވިއެވެ. "ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އަބޫޖަހުލު ބިންހިޝާމާއި ޢުތްބާ ބިން ރަބީޢާ އާއި ޝައިބާ ބިން ރަބީޢާ އާއި ވަލީދު ބިންޢުގްބާ އާއި އުމައްޔާ ބިން ޚަލަފާއި، ޢުގްބާ ބިން އަބީ މުޢީޠު ހަލާކުކުރައްވާފާންދޭވެ." އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. "ހަތްވަނަ މީހެއްގެ ނަންވެސް ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރަކުހަނދާނެއް ނެތެވެ. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަޙައްގުދީނައިގެން ފޮނުއްވި ފަރާތް ގަންދެއްވާ ދަންނަވަމެވެ. ރަސޫލުﷲޞައްލަﷲ ޢަލައިހި ވަސައްލަމަ ނަން ކިޔުއްވި މީހުން ބަދުރު ހަނގުރާމައިގެދުވަހުގައި ބިންމައްޗަށް ވެއްޓިފައި ތިއްބާ އަހުރެން ދުށީމެވެ. ދެންއެމީހުން ދަމާފައި ބަދުރުގެ މެދަށް ގެންދެވުނެވެ."

މިނޫންވެސްއެތައް ރިވާޔަތެއްގައި ކާފިރުންގެ ފަރާތުން މުސްލިމުންނަށް ގޯނާކޮށް، އެބައިމީހުންނަށް  ހިދާޔަތް ލިބުމުން މާޔޫސްވުމުން، އެބައިމީހުންގެމައްޗަށް ބަދު ދުޢާ ކުރެވިދާނެ ކަމަށް އެނގެން އެބައޮތެވެ.
ހަމައެފަދައިން، މުސްލިމުންގެ ތެރެއިން މީހަކުވެސް އަނިޔާވެރިވެއްޖެނަމަ، އެމީހެއްގެމައްޗަށް ބަދު ދުޢާ ކުރެވިދާނެއެވެ. ނަމަވެސް މާފު ކުރުން މޮޅުއިތުރުވެގެންވެއެވެ. ސޫރަތުއް ޝޫރާގެ 43 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. 

(وَلَمَن صَبَرَ‌ وَغَفَرَ‌ إِنَّ ذَٰلِكَ لَمِنْ عَزْمِ الْأُمُورِ‌﴿٤٣﴾) 

މާނައަކީ: "އަދި ހަމަކަށަވަރުން، ކެތްތެރިވެ، عفوކުރިމީހާ (ދަންނާށެވެ!) ހަމަކަށަވަރުން، އެކަންކަންވަނީ، عزمކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންކަން ކަށަވަރެވެ."  

ސޫރަތުއްނަޙްލުގެ126 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَئِن صَبَرْ‌تُمْ لَهُوَ خَيْرٌ‌ لِّلصَّابِرِ‌ينَ ﴿١٢٦﴾) މާނައަކީ: "އަދިހަމަކަށަވަރުން، ތިޔަބައިމީހުން ކެތްކޮށްފިނަމަ، އެ ގޮތް، ކެތްތެރިންނަށްހެޔޮކަން ބޮޑުވެގެންވާކަން ކަށަވަރެވެ."

މުސްލިމެއްގެ މައްޗަށް ބަދުދުޢާ ކުރެވިދާނެ ކަމުގެ ދަލީލަކީ: ޙައްޖާޖު ބިން ޔޫސުފްގެ މައްޗަށް ސަޢީދުބިން ޖުބައިރު- ރަޟިޔަﷲ ޢަންހު- ބަދު ދުޢާ ކުރައްވާ ވިދާޅުވިއެވެ. (اللهم لا تسلطه على أحد يقتله بعدي) މާނައަކީ: "ހައްދަވާގެންގުޅުއްވާ އިލާހެވެ. މިއަޅާ އަށްފަހު އެހެން މީހަކު ގަތުލު ކުރުމުގެ ކުޅަދާނަކަން އޭނާ އަށްނުދެއްވާފާންދޭވެ."

ޞަޙީޙުލް ބުޚާރީގައި އިބްނު ޢައްބާސް ރަޟިޔަﷲޢަންހު- ގެ ކިބައިން އައިސްފައިވެއެވެ. މުޢާޛް ބިން ޖަބަލު ޔަމަނު ކަރައަށްފޮނުއްވި ހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (واتق دعوة المظلوم فإنه ليس بينه وبين الله حجاب) މާނައަކީ: "އަނިޔާ ލިބޭމީހާގެ ބަދު ދުޢާ އަށް ރައްކާތެރިވާށެވެ. ހަމަކަށަވަރުން އަނިޔާ ލިބޭ މީހާއާއި ﷲ އާއި ދެމެދުގައި ހުރަހެއް ނުވެއެވެ."  

ތިންވަނަ ކަމަކީ: ފިރިމީހާ އާއި ދިމާލަށް ބަދު ދުޢާ ކުރާނަމޭ ބުނުމުން ފާފަވެރި ވާނެތޯ ނުވަތަ ނޫންތޯ: 

ދަންނައެވެ. ކިތަންމެ ރުޅި އައި ނަމަވެސް މީހަކާ ދިމާލަށް ޙައްގު ނޫން ބަހެއް ބުނެގެން ނުވާނެއެވެ. ފިރިމިހާ އާއި ދިމާލަށް ބަދު ދުޢާ ކުރާނަމޭ ބުނުމަކީ ފާފަވެރި ވާނެ ކަމެކޭ ބުނަން ދައްޗެވެ. އެހެންނަމަވެސް، އެއީ ބޭއަދަބީ ކަމެއް ކަމުގައި ބެލެވެއެވެ. والله أعلم.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން