ދީނަށް ނުބައި ބަސްބުނާ މީހުން ފަތުރާ ޙިކުމަތްތެރި ބަހަކަށް ލައިކްކުރެވުމަކީވެސް ވަރަށް ބޮޑު ނުރައްކަލެއް! ސަމާލުކަންދޭންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ދީނަށް ނުބައި ބަސްބުނާ މީހުން ފަތުރާ ޙިކުމަތްތެރި ބަހަކަށް ލައިކްކުރެވުމަކީވެސް ވަރަށް ބޮޑު ނުރައްކަލެއް! ސަމާލުކަންދޭންޖެހޭ ކަމެއް!

އިސްލާމް ދީނަށް ނުބައި ބަސްބުނާ، ދީނަށް ލޯތްބެއް ނެތް މީހުންނަށް ރުހެވޭނަމަ އެމީހަކުވެސް ހިމެނިގެންދާނީ ހަމަ އޭނާ ފަދަ މީހުންގެ ތެރެއިންނެވެ. އެހެނަސް އެކަން ވިސްނެނީ މަދު ބައަކަށެވެ. އެެހން ބުނަން މިޖެހެނީ މިބުނި ފަދަ މީހުންގެ ފޮލޯވަރސްގެ ތެރޭގައި ހެޔޮލަފާ މީހުންވެސް ހިމެނޭތީއެވެ.  

މިހާރަކަށް އައިސް ސޯޝަލް މީޑިއާގައި ހުންނަ ޕޯސްޓްތަކަށާއި ޓްވީޓްތަކަށް ލައިކް ދިނުމުގައި އެބަސް ބުނެފައިވަނީ ކާކުތޯ ބަލައިވެސް ނުލައި އެބަ ލައިކްދެއެވެ. ޝެއާވެސް އެބަ ކުރެއެވެ. އެގޮތުން ﷲ ތަޢާލާއަށާއި އެކަލާނގެ ރަސޫލާ މުޙައްމަދު އަށާއި އިސްލާމް ދީނަށް ނުބައިބަސްތައް ބުނެ ނަފްރަތުކުރާ މީހުންގެ ޕޯސްޓްތަކަށްވެސް އެބަ ލައިކްދީ ޝެއާވެސް ކުރެއެވެ. 

އެއިރުން އެމީހަކު ހިމެނިގެން އެދަނީ އޭނާއަށް ރުހޭ މީހަކަށެވެ. އެއީ ވަރަށް ދެރަކަމެކެވެ. މިބަޔާންކުރިފަދަ ނުބައި ޢަމަލުތައް ކުރާ މީހުން އެހެން މީހުންގެ ތާއީދު އިތުރުކުރުމަށްޓަކައި ޢިބްރަތްތެރި ބަސްތައްވެސް ބުނެ ހާމަކުރެއެވެ. އެއީ އެމީހުންގެ ޙަޤީޤަތް އޮޅުވައިލުމަށްޓަކައި ކުރާ ކަންކަމެވެ. އަހަރެމެން މުސްލިމުންނަށް އޮތީ އެފަދަ މީހުން ބުނާ ބަސްތަކާއި ދުރުހެލިވެގެން ތިބުމެވެ.  

"ﷲ އާ ރަސޫލް  އަށް ފުރައްސާރަކޮށް މަލާމާތްކުރުމުން އަދަބު ނުދޭނީ ހިތުގަ ﷲ އަށް ބިރުވެތިކަމެއް ނެތުމުންނެވެ. އެކަމަށް ރުހި ތާއީދުކުރާނީ ﷲ އަށާ ރަސޫލް  އަށް އަދި އިސްލާމް ދީނަށް އެއްވެސް ލޯތްބެއް ނެތުމުންނެވެ."  

ބިރުވެތިވާންވީ ތިމާއަކީ ﷲ ތަޢާލާއަށާ ރަސޫލާ () އަށް ހިތުގަ ލޯތްބެއް ނެތް މީހަކަށް ވެވިއްޖެނަމަ ދެން ވާނެ ގޮތަކާއިމެދުގައެވެ. އެކަން ހިމެނިގެންވަނީ ﷲ ތަޢާލާއަށް ބިރުވެތިވުމުގެ ތެރެއިންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން