ކުރީގެ ބައިވެރިޔާގެ ކިބައިން ލިބުނު އަނިޔާތައް ހަނދާން ނައްތައިނުލެވޭނެނަމަ އޮތީ ދެވަނަ ކައިވެނިކޮށް ބައިވެރިޔާއަށް އަނިޔާ ނުކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ކުރީގެ ބައިވެރިޔާގެ ކިބައިން ލިބުނު އަނިޔާތައް ހަނދާން ނައްތައިނުލެވޭނެނަމަ އޮތީ ދެވަނަ ކައިވެނިކޮށް ބައިވެރިޔާއަށް އަނިޔާ ނުކުރުން!

ކައިވެނި ރޫޅުން މިވަނީ އިންތިހާއަށް އިތުރުވެފައެވެ. ރޫޅިގެންދާ ކޮންމެ ކައިވެންޏަކާއިއެކު ކޮންމެވެސް އެކަކަށް ބޮޑެތި ދެރަތަކެއް ލިބެއެވެ. ހިތްދަތިކަން ކުރިމަތިވެއެވެ. 

ކައިވެނި ރޫޅުމުން ބައިވެރިއަކު ހޯދައި ދެވަނަ ޙަޔާތް ފަށައެވެ. ނަމަވެސް ކުރިން ލިބުނު އަނިޔާތައް ހަނދާން ނައްތައެއް ނުލެވެއެވެ. ދެވަނަ ދިރިއުޅުންވެސް ކުރިއަށް ގެންދަން މަސައްކަތްކުރެވެނީ ކުރީގެ ބައިވެރިޔާގެ މައްސަލަތައް ކޮނޑުޖަހައިގެން ހުރެއެވެ. މާނައަކީ ހިތުގައި އަޅައިގެން ހުރެއެވެ. 

ދެންމިވާގޮތަކީ އިތުބާރު ނުކުރެވެނީއެވެ. ޝައްކުވެސް ކުރެވެނީއެވެ. ކިތަންމެ ކުޑަކަމެއް ކުރިމަތިވިޔަސް ރުޅިގަދަވެސް ކުރެވެނީއެވެ. ނަތީޖާއަކަށްވަނީ ފަހުގެ ބައިވެރިޔާގެ އެއްވެސް ކުށެއްނެތި ޕރެޝަރަށް ވައްޓައިލެވެނީއެވެ. އެހިސާބުން ދެވަނަ ކައިވެނިވެސް ފޭލަވަނީއެވެ. 

މިވާހަކަ މިބުނަނީ އަނބިންނަށާއި ފިރިންނަށެވެ. މިބުނި ގޮތަށް ކަންތައް ނުކުރާށެވެ! ފަހުގެ ބައިވެރިޔާގެ ކިބައިން ކުށެއް ނުފެންނަހައި ހިނދަކު އިތުބާރުކުރާށެވެ! ޝައްކުނުކުރާށެވެ! ރުޅިއަންނަން ނުހަދާށެވެ! މިގޮތަށް ކަންކަން ނުކުރެވޭނެ ނަމަ ދެވަނަ ކައިވެނި ކުރުމަކުން ކުރާނެ ފައިދާއެއް ނެތެވެ. އަބަދުވެސް އުޅެންޖެހޭނީ މައްސަލަތަކުގެ ތެރޭގައެވެ. އަދި އެކަންވާނީ މީހަކަށް ދެވޭ ވަރަށް ބޮޑު އަނިޔާއަކަށެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

މިއަދު އޮންލައިން