ހަމަ ހުރެފައިވެސް ދުޢާކުރެވޭނެއެވެ. ނަމަވެސް އެންމެ ފުރިހަމަވާނީ އެންމެ ފުރިހަމަ ގޮތުގައި ދުޢާކުރުމުންނެވެ. ވީމާ އަޑުއަހާށެވެ!
ދުނިޔަވީ ހަމަތަކުން ބެލިނަމަވެސް ކޮންމެ ކަމެއްގައިވެސް ދެކޮޅު އޮވެއެވެ. މާނައަކީ ކަންކަމުގައި މީހުންގެ ކިބައިން އެދެންޖެހޭ މީހާ ކަންކަމަށް އެދި ހުށަހަޅަން ގޮތްތަކެއް ހުންނަވާހަކައެވެ. ޝަރުޠުތަކެއް ހުންނަ ވާހަކައެވެ. ފުރިހަމަކުރަންޖެހޭ ކަންތައްތަކެއް ހުންނަވާހަކައެވެ.
ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދޭއިރުގައިވެސް ފުރިހަމަކުރަންޖެހޭ ޝރުޠުތަކެއް ހުންނަކަން ކޮންމެ މުސްލިމަކަށްވެސް އެނގޭނެއެވެ. އެކަންކަމަށް ދުޢާ ޢިޖާބަކުރެއްވެވުމުގެ ޝަރުޠުިތަކެވެ ވެސް ކިޔައިފާނެއެވެ. އެގޮތުން ބަލާއިއރު އެންމެ މުހިންމު އެއް ކަމަކީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިވުމެވެ. އެކަން ޢަމަލުން ދެއްކުމެވެ.
ކޮންމެ މީހަކަށްވެސް އަބަދުވެސް މިދެއްކެނީ އެއް ވާހަކަތަކެކެވެ! ﷲ ތައާލާގެ ޙަޟްރަތުން ގިނަ ކަންތައްތަކަކަށް ބޭނުންވެގެންވާ ކަމާއި ދުޢާކުރާ ކަމުގެ ވާހަކައެވެ. ދުޢާކުރި ނަމަވެސް ބޭނުންތައް ނުފުދި ލަސްވާކަމުގެ ވާހަކަތަކެވެ.
އެފަދަ މީހަކު ނިކަން މިފަދައިން ދަންނަވާ މީހަކަށް ބަދަލުވެބަލާށެވެ!
"ޔާ ﷲ! އިނބަ ﷲ ގެ ގޮވައިލެއްވެވުމަށް ޢިޖާބަދީ މިއަޅާ މިހިރީ ޙާޒިރުވެއެވެ. ވުޟޫކޮށް ސަޖިދަވެސްކޮށްފީމެވެ. (ދަމުނަމާދުވެސް ކޮށްފީމެވެ.) ޤުރްއާން ކިޔަވައިފީމެވެ. މިއަޅާ މިހާރުވެސް މިހުރީ އިނބަ ﷲ ހަނދުމަކޮށް އިނބަ ﷲ އަށް ދުޢާކުރުންމަތީގައެވެ!
ޔާ ﷲ! މިއަޅާގެ ފާފަތައް ފުއްސަވައިދެއްވަވާނދޭވެ!---------"
މިފަދައިން ދެންނެވުމަށްފަހު ދެން ނިކަން އެމީހާ އެދޭހައި ކަންކަމުގެ ވާހަކަތައް ނިކަން އިތުރުކޮށްބަލާށެވެ. އެދޭހައި ކަންކަމުގެ ވާހަކައިން ދުޢާކޮށްބަލާށެވެ! އަދި އެފަދައިން ދުޢާކުރުމުގައި ނިކަން ކެތްތެރިވެބަލާށެވެ! ﷲ ތައާލާގެ ރަޙްމަތްފުޅު އެއްވެސް އިމެއް ނެތި އެމީހަކަށް ލިބެންފަށާނެއެވެ! އިންޝާ ﷲ
ކޮންމެ ރެއަކު ﷲ ތަޢާލާ އެ ވަޙީކުރައްވަވަނީއެވެ! "ތިމަން ﷲ ގެ އަޅުތަކުންގެ ތެރެއިން ތިމަން ﷲ ގެ ރަޙްމަތްފުޅަށާއި އެމީހެއްހެ ފާފަތައް ފުއްސަވައި ދެއްވެވުމަށް އެދޭ މީހުން ކޮބައިހެއްޔެވެ؟ އެމީހުންނަށް ފާފަ ފުއްސަވައިދެއްވަވާހުށީމެވެ."
މި ފުރުޞަތު ލިބެނީ މާގިނައިރަކަށް ނޫނެވެ. އެންމެ 3 ގަޑިއެއްހައި އިރަށެވެ.
މިއަޑު ނުއަހައި ނިދާފައި އޮންނަ މީހާ، އެމީހަކު ހޭލާނެހައި އިރަކުން ހޭލައިގެން ތެދުވެ ދުޢާކުރުމުން ދެން އެވަނީ ކޮންކަމަކަށް ހެއްޔެވެ؟ އޭނާ ﷲ ތައާލާ އާއިމެދު ފަރުވާކުޑަކޮށްލިފަދައިން ﷲ ތަޢާލާ އެމީހަކާއިމެދު ކަންތައްތައް ކުރައްވަވައިފިނަމަ އެމީހާގެ ޙާލަކީ ކޮބައިހެއްޔެވެ؟
--މުފްތީ މެންކުގެ ދަރުސަކުން