އެކުވެރިންގެ ވާހަކަ ދައްކަމުން ހިނގުމަކީވެސް ހަމަ ދެބަ އުޑުވުން! ވަލުލެވޭ ވަގުތުން ފެށިގެން ޢަޛާބު ލިބެންފަށާނެކަމަށް ބިރުވެތިނުވަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
އެކުވެރިންގެ ވާހަކަ ދައްކަމުން ހިނގުމަކީވެސް ހަމަ ދެބަ އުޑުވުން! ވަލުލެވޭ ވަގުތުން ފެށިގެން ޢަޛާބު ލިބެންފަށާނެކަމަށް ބިރުވެތިނުވަނީ ކީއްވެ؟

އަނެކާއަކީ ތިމާގެ އެކުވެރިއަކަށްވުމަކީ އޭނާގެ ވާހަކަތައް ހިފައިގެން ހިނގަން ހުއްދަލިބޭ ކަމެއް ނޫނެވެ. އޭނާއާއިމެދު ބުނަޖެހޭނީ ހެޔޮބަހެވެ. އެކުވެރިންނާއި މަޝްވަރާކުރަންވާނީ އޭނާއަށް ހެޔޮއެދިގެންނެވެ. އޭނާއަށް ފައިދާހުރި ކަންކަމުގައެވެ.

ވީމާ އަޑުއަހާށެވެ!

މިޙަދީޘްފުޅަކީ އެންމެންނަށް އެނގޭ ޙަދީޘްފުޅެކެވެ. އެކަމަކު ބިރުވެތިވަނީ ހާދަ މަދުމީހެކެވެ.

މިބަޔާންކުރަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެ ޤަބުރެއްގެ ކައިރިން ވަޑައިގަންނަވަމުން ކުރެއްވެވި ޙަދީޘްފުޅުގެ ވާހަކައެވެ.

"ހަމަކަށަވަރުން އެދެ ޤަބުރުގެ އަހުލުވެރިންނަށް އެދަނީ ޢަޛާބު ލިބެމުންނެވެ. އަދި އެދެ ޤަބުރުގެ އަހުލުވެރިންނަށް ޢަޛާބު ލިބެމުން އެދަނީ ބޮޑުކަމަކާ ހެދިއެއް ނޫނެވެ. (އެބަހީ: އެކަމަކީ އެއީ އެދެމީހުންނަށް މާބޮޑު ކަމެއް ނޫނެވެ.) އެތަނުން އެކަކީ ކުޑަކަމުދާ ތަކެތިން ރައްކާތެރިނުވާ މީހެއްކަމުގައި ވިއެވެ. އަދި އަނެއްމީހާއަކީ މީސްތަކުންގެ ތެރޭގައި ދެބައުޑުވަމުން ހިނގާ މީހެއްކަމުގައި ވިއެވެ." (ޞަޙީޙް ބުޚާރީ)

މި ޙަދިޘްފުޅުގައިވާ 2 އަމަލުކުރުމަކީ މިހާރު ވަރަށް ޢާންމުކަމެކެވެ. ކުޑަކަމުދާއިރު ސަމާލުކަންދެނީ މަދުމީހެކެވެ. ކޮޅަށްހުރެ ގައަށް ދާގޮތަށް ކުޑަކަމުދިއުން މިވަނީ ޢާންުކަމަކަށް ހަދައިފައެވެ.

ދެވަނަ ކަމަކަށް މިއޮތީ ދެބައުޑުވުމެވެ. "ތިބާވީ ކޮންމެ ތަނަކު ﷲ ތޢާލާއަށް ބިރުވެތިވާން" ފޮތުގައި ލިޔެފައި އޮތުމުން ކުރާކަމަކީ ކޮންމެ ތަނެއްގައި ހުރެގެންވެސް އަބަދުވެސް ނެތިމޮށުމާއި ދެބައުޑުވުން ފަދަ ކޮންމެވެސް ބޮޑު ފާފައެއް ކުރުމެވެ.

ލޮބުވެތި އަޚުންނާއ އުޚުތުންނޭވެ! ބިރުވެތިވާށެވެ! ފުރުޞަތު އޮއްވައި ޢަމަލުތައް އިޞްލާޙްކުރާށެވެ! މިފަދަ ހަދީޘްފުޅޫތަކާއިމެދު އަބަދުވެސް ވިސްނައި ހިތުގައި ބިރުވެތިކަން އިތުރުކުރަން މަސައްކަތްކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކު

މިއަދު އޮންލައިން