ނަމާދަކީ ވަގުތު ކަނޑައެޅިގެންވާ އަޅުކަމެކެވެ. އެހެންކަމުން ކޮންމެ ނަމާދެއްވެސް އެނަމާދެއްގެ ވަގުތުގައި އަދާ ކުރަންވާނެއެވެ. ހަނދާން ނެތިގެން ނުވަތަ ނިދުމުގެ ސަބަބުން ނަމާދެއް ގެއްލިއްޖެނަމަ، ހަނދާންވިއިރަކުން، ނުވަތަ ހޭލެވުނު އިރަކުން އަވަހަށް އެނަމާދެއް ކުރަންވާނެއެވެ. އެވަގުތަކީ ބަންގި އާއި ގަމަތާެއި ދެމެދުގެ ވަގުތު ކަމަށްވީނަމަވެސް އެވެ. والله أعلم. --ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ނަމާދުކުރެވޭނީ ތަރުތީބުންނެވެ. ފަތިސްނަމާދުން ދުވަސްފަށައި މެންދުރުނަމާދާއި ޢަޞްރުނަމާދާއި މަޣްރިބްނަމާދާއި ޢިޝާނަމާދުން ދުވަހުގެ ފަރުޟް ނަމާދުތައް އަދާކުރާނީއެވެ.
ދެން މިވާގޮތަކީ މިޘާލަކަށް މަޣްރިބްނަމާދުނުކޮށް ހުރެފައި މިދެވެނީ ޢިޝާނަމާދަށް ގޮވާފަހުންނެވެ. ނުވަތަ ބަންގިގޮވަނިކޮށެވެ. އޭނާއަށް ޢިޝާނަމާދުކުރެވޭނީ މަޣްރިބް ނަމާދު ޤަޟާކުރުމަށްފަހުގައެވެ. ނަމާދުކުރުމުގައި ތަރިތީބު އޮޅުވައިލުމެއް ނެތެވެ.
ވިސްނައި ސަމާލުކަންދޭންވީ ކޮންމެ ފަރުޟު ނަމާދެއްވެސް އެނަމާދެއްގެ ވަޤުތުގައި އަދާކުރުމަށެވެ. ނަމާދު ޤާއިމުކުރުމަކީ އެއީއެވެ