ދުނިޔޭގަ ކިތަންމެ ސްމާޓްކޮށް އުޅުނަސް އެކޮޅުކޮޅުން ތިބޭ ޙާލު މަޙްޝަރުކުރެވި ހަމައެފަދައިން ނަރަކައަށް އެއްލައިލެވޭނެ މީހުން ގިނަވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ދުނިޔޭގަ ކިތަންމެ ސްމާޓްކޮށް އުޅުނަސް އެކޮޅުކޮޅުން ތިބޭ ޙާލު މަޙްޝަރުކުރެވި ހަމައެފަދައިން ނަރަކައަށް އެއްލައިލެވޭނެ މީހުން ގިނަވެއްޖެ!

ޤިޔާމަތްވުމުން މީހުން މަޙްޝަރުކުރައްވަވާނީވެސް ތަފާތު ގޮތްގޮތަށެވެ. ތަފާތު ދަރަޖައިގައެވެ. އެއްބައަކު ވީއައިޕީ ފެންވަރުގައި މަހްޝަރުކުރައްވަވާނެއިރު އަނެއްބައަކު މަޙްޝަރު ކުރައްވަވާނީވެސް ނިކަމެތިކަންމަތީގައެވެ. ﷲ ތަޢާލާ ކޯފާ ލައްވަވާފައިވާ ޙާލުގައެވެ. ނިކަމެތިކަމާއިއެކުގައެވެ. އެކަންކަން ކުރިމަތިވަނީ ދުނިޔޭގައި އެމީހަކު އުޅުނު ގޮތުގެ މައްޗަށެވެ.

އެއިގެ ތެރެއިން އެއް ބައަކީ މޫނުވަތަށް މަޙްޝަރުކުރައްވަވާނެ މީހުންނެވެ.

"އެއުރެންގެ މޫނުވަތަށް ނަރަކަޔަށް އެއްކުރައްވާ މީހުން ދަންނާށެވެ! އެއުރެންނީ ތިބޭތަނުގެ ގޮތުން ނުބައިވެގެންވާ ބަޔެކެވެ. އަދި މަގުފުރެދުންވެސް ބޮޑުވެގެންވާ ބައެއްމެއެވެ." (އަލް ފުރްޤާން: 34)

އެމީހުން މޫނުވަތަށް (ދެފައި މައްޗަށް) ހުންނަ ގޮތަށް ހިނގާނީ ކިހިނަކުންތޯ ޞަޙާބީން ސުވާލު ދެންނެވުމުން ރަސޫލް ޙަދީޘްފުޅު ކުރެއްވެވީ ދެފައިން ހިނގަން އިރާދަކުރައްވަވާ ކަލާނގެއަށް އެމީހުންގެ މޫނުވަތަށް (އެކޮޅުކޮޅުން ތިބެ) ހިނގުމަށް މިންވަރު ކުރެއްވެވުމަށްވެސް ކުޅަދުންވަންތަ ކަމަށެވެ.

ޢިލްމުވެރިން ބަޔާންކުރައްވަވާ ގޮތުގައި އެމީހުންނަކީ އެމީހުންގެ ދެފައިމަތީގައި ހިނގައި ދުނިޔޭގައި އުޅުމަށް އިރާދަކުރެއްވެވުމުން ބޮޑާވެ ނަމާދުނުކުރި މީހުންނެވެ.

--ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

މިއަދު އޮންލައިން