ދަނޑުވެރިކަމާއި ބެހޭ ވަޒީރު ދަތުރުވެރިންގެ މާރުކޭޓަށް ޒިޔާރަތްކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 49ސ
ދަނޑުވެރިކަމާއި ބެހޭ ވަޒީރު ދަތުރުވެރިންގެ މާރުކޭޓަށް ޒިޔާރަތްކުރައްވައިފި

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ދަތުރުވެރިންގެ މާރުކޭޓަށް ޒިޔާރަތްކުރައްވައިފިއެވެ.

ވަޒީރު ގެ މިޒިޔާރަތުގައި ދަތުރުވެރިންގެ މާރުކޭޓުގައި ދިވެހި ދަންޑުވެރިން އުފައްދާ ތަކެތި ހުރީ ކިހާމިންވަރަކަށްތޯ ވަނީ ބައްލަވާފައެވެ. އަދި އެތަކެތި މާރުކޭޓަށް ގެނައުމުގެ ކަންކަން ކުރިޔަށްދާގޮތްވެސް ވަނީ އޮޅުންފިލުވާފައެވެ.

ވަޒީރުގެ މި ޒިޔާރަތުގައި މާރުކޭޓްގައި ތަކެތި ވިއްކުމަށް ތިބި ބައެއް ދަނޑުވެރިންނާއި، ދިވެހި ދަނދުވެރިން އުފައްދާ ތަކެތި މާލެ ގެނެސް މާރުކެޓްގައި ވިއްކާ ބައެއް ފަރާތްތަކާއި ބައްދަލުކުރައްވާ، އެފަރާތްތަކުގެ ކަންބޮޑުވުންތައް ވަނީ އަޑު އައްސަވާފައެވެ. އަދި ދިވެހި ދަނޑުތަކުގައި އުފައްދާ ތަކެތި މާކެޓްކުރުމުގައި ހުރި ގޮންޖެހުންތަާއި ގުޅޭގޮތުން އެފަރާތްތަކުގެ މަޝްވަރާ އާއި ޙިޔާލުތައްވެސް ވަޒީރުވަނީ އަޑު އައްސަވާފައެެވެ.

ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކޮށް ހަރުދަނާ ކުރުމާއި، ޤައުމުގައި ކާބޯތަކެތީގެ ޔަޤީކަން ކަށަވަރުކުރުމަކީ މި ވުޒާރާގެ އަމާޒެވެ.

މިއަދު އޮންލައިން