4000 ފްލެޓު ލިބޭ މީހުންގެ ލިސްޓް އަލުން ވެރިފައިކޮށް ނެރެއްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
4000 ފްލެޓު ލިބޭ މީހުންގެ ލިސްޓް އަލުން ވެރިފައިކޮށް ނެރެއްފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކޮށްފައިވާ 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް، އަލުން ވެރިފައިކުރުމަށްފަހު މިއަދު ވަނީ އާންމުކޮށްފައެވެ.

މި ލިސްޓް އާންމުކުރުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިންގ މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތާއި އޭސީސީގެ ތަހުގީގަށް ރިޔާއަތްކޮށް، 15 ނޮވެމްބަރު 2023 ގައި ގެޒެޓުކުރި ލިސްޓު ވެރިފައިކުރުމަށް އެންމެ އިސްކަމެއް ދެއްވާފައިވާ ކަމަށެވެ.

އަލުން ކުރެވުނު ވެރިފިކޭޝަން މަރުހަލާގެ ނަތީޖާއިން ދައްކާގޮތުގައި، 3 ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3،721 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 75 ޕޮއިންޓު ލިބިފައިވަނީ 1،423 މީހުންނަށެވެ. އަދި 2 ކޮޓަރީގެ ލިސްޓުގައިވާ 1،218 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 73 ޕޮއިންޓު ލިބިފައިވަނީ 397 މީހުންނަށެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި މި ވެރިފިކޭޝަން ކުރިއަށް ގެންގޮސްފައިވަނީ 26 ޖޫން 2022 ގައި އާންމުކޮށް ގެޒެޓުކުރި ގެދޮރުވެރިޔާ އުސޫލަށާއި، ގެދޮރުވެރިޔާ ޕޯޓަލްގައި ހިމަނާފައިވާ އިރުޝާދުތަކަށް މައިގަނޑު ގޮތެއްގައި ބަލައިގެންނެވެ. އަދި އަލުން ކުރި އިވެލުއޭޝަނުގައި 36 އިންސައްތަ ފޯމުގެ ޕޮއިންޓް ވަނީ ބަދަލުވެފައިވާއިރު، 64 އިންސައްތަ ފޯމުގެ ޕޮއިންޓަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ކުރީގެ ސަރުކާރުން އިއުލާންކޮށްފައިވަނީ 3 ކޮޓަރީގެ ފްލެޓުތަކަށް 76 ޕޮއިންޓު ލިބޭ ފަރާތްތަކަށް ފްލެޓު ލިބޭނެ ކަމަށާއި، އަދި ބާކީ ހުރި 3 ކޮޓަރީގެ ފްލެޓުތައް ގުރުއަތުން ދޫކުރާނެ ކަމަށެވެ. އަދި 2 ކޮޓަރީގެ ފްލެޓުތަކަށް 73 ޕޮއިންޓު ލިބޭ ފަރާތްތަކަށް ފްލެޓު ލިބޭނެ ކަމަށް ވެސް އިއުލާންކޮށްފައިވެއެވެ.

މިނިސްޓަރު ވިދާޅުވީ މި މަސައްކަތްތައް ކޮށްފައިވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް، އެއްވެސް ރައްޔިތެއްގެ ހައްގަށް އުނިކަމެއް ނާންނާނެހެން ކަމަށެވެ.

https://www.gazette.gov.mv/iulaan/330304

 

މިއަދު އޮންލައިން