ގެދޮރުވެރިކަމުގެ ސްކީމުން ލިބުނު ފްލެޓް ލިބިގަތުމަށް އުޒުރުވެރިވަން: ވަޒީރު ހައިދަރު

މިއަދު
ކިޔުމަށް ހޭދަވާނީ 46ސ
ގެދޮރުވެރިކަމުގެ ސްކީމުން ލިބުނު ފްލެޓް ލިބިގަތުމަށް އުޒުރުވެރިވަން: ވަޒީރު ހައިދަރު

މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަޙްމަދު ވިދާޅުވެފައިވަނީ ގެދޮރުވެރިކަމުގެ ސްކީމުގެ ދަށުން އެމަނިކުފާނަށް ލިބިފައިވާ ފްލެޓް ދޫކޮށްލަން ނިންމަވާފައިވާ ކަމަށެވެ.

ވަޒީރު އަލީ ހައިދަރު ހާމަކުރެއްވި ގޮތުގައި، ކޯ-އެޕްލިކަންޓެއްގެ ގޮތުން އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ގޮތަށް އަނބިކަނބަލުން މަރްޔަމް ތައުފީޤާއަށް ވަނީ ތިން ކޮޓަރީގެ ފްލެޓެއް ލިބިވަޑައިގެންފައެވެ.

"މިހާރު އަޅުގަނޑު ހުރި ހައިސިއްޔަތުގެ ގޮތުން އަންހެނުންގެ ނަމުގައި ކަނޑައަޅާފައިވާ ފްލެޓް ލިބިގަތުމަށް އުޒުރުވެރިވަން،" ވަޒީރު ވިދާޅުވިއެވެ.

އަދި އެ ސްކީމުން ފްލެޓް ހައްޤުވާ އެތައް އާއިލާއެއް ތިބޭނެކަމަށް ގަބޫލުކުރައްވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، އެ ފްލެޓް އެފަދަ ފަރާތަކަށް ލިބޭނެ ގޮތް ހެދުމަށްޓަކައި، ސްކީމުގެ ދަށުން ލިބިފައިވާ ފްލެޓް ދޫކޮށްލުމަށް ނިންމަވާފައިވާ ކަމަށް ވަޒީރު ވަނީ ހާމަކުރައްވާފައެވެ.

މިއަދު އޮންލައިން