ތަނަވަސް ފިރިއަކު ލިބިއްޖެނަމަ ޙަސަދަވެރިވެ ދެމަފިރިން ދުރުކުރުވައި އަނބިމީހާ ނިކަމެތިކުރަން އެންމެ ގާތް އެކުވެރިންދޭ އެންމެ ނުބައި ނަޞޭޙަތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ތަނަވަސް ފިރިއަކު ލިބިއްޖެނަމަ ޙަސަދަވެރިވެ ދެމަފިރިން ދުރުކުރުވައި އަނބިމީހާ ނިކަމެތިކުރަން އެންމެ ގާތް އެކުވެރިންދޭ އެންމެ ނުބައި ނަޞޭޙަތް-

ތަނަވަސް ފިރިއަކު ލިބިއްޖެނަމަ ޙަސަދަވެރިވާ މީހުން ގިނަވާއިރު އެއިގެ ތެރޭގައިވެސް ގިނަވާނީ އެންމެ ގާތްކޮށް އުޅޭ އެކުވެރިންނެވެ. އެހެންވެ އަނބިމީހާ ލައްވައި ކުށްކުރުވަން ބޭނުންވެ އެކަމަށް މަސައްކަތްކުރާނެއެވެ. ނުބައި ނަޞޭޙަތްވެސް ދޭނެއެވެ. 

ބުނާނެއެވެ. "ފިރިމީހާގެ ތަނަވަސްކަމަކީ ހަމަ ކަލޭގެވެސް ތަނަވަސްކަމެވެ. ކަލޭ ބޭނުންވަރަކަށް ޚަރަދުކުރަން ނުދޭނަމަ އެއީ ދަހި މީހެކެވެ. ދަހިމީހުންނާއިއެކު އުޅެގެން ލިބޭނެ ކުރިއެރުމެއް ނެތެވެ. ކޮންމެ ވަޤުތަކުވެސް ވަރިކޮށްލައިފާނެއެވެ. އެއިރުން ދާންޖެހޭނީ ހުސްއަތާއެވެ." 

ބުނަންހެއްޔެވެ؟ މިއީ ދީނުގައި މިކަން އޮތްގޮތެއް ނޫނެވެ. ފިރިމީހާގެ ފައިސާއަކީ ހަމަ ފިރިމީހާގެ ފައިސާއެވެ. އަނބިމީހާގެ އަތަށް އެއްވެސް ފައިސާއެއް ނުދިނުމަކީވެސް މައްސަލައެއް ނޫނެވެ. ފިރިމީހާއަށް އަނބިމީހާއަށް ބޭނުންވާނެ ކަންތައްތައް ކޮށްދިނުމެވެ. އަނބިމިހާގެ ބޭނުންތައް ފުއްދައިދިނުމެވެ. ޙިމާޔަތާއި ރައްކައުތެރިކަން ދިނުމެވެ. ދިރިއުޅެވޭނެ މަގުދެއްކުމެވެ. 

އަނބިމީހާގެ އަތަށް އެއްވެސް ފައިސާއެއް ނުދިންނަމަވެސް އަނބިމީހާގެ ބޭނުންތައް ފުއްދައިދެވިދާނެއެވެ. ފުއްދައިދޭނަމަ އެއޮތީ ވާޖިބު އަދާކުރެވިފައެވެ. އެހެނެއް ނޫނެވެ. ތަނަވަސްކަން ހުރިވަރަކުން އަނބިމީހާއަށް ދީލަތިވުމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތެވެ. ދީލަތިކަން އިތުރުކުރިވަރަކަށް އެމީހަކަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ 

މިކަން ފާހަގަމިކުރީ އެކުވެރިން ދައްކާ މިބާވަތުގެ ގޯސް ވާހަކަތައް ޤަބޫލުކުރެވި ފިރިމީހާ އާއިމެދު ކަންކަން ކުރެވޭ ގޮތުން ކައިވެނި ރޫޅި އަނބިންނަށް އެކަމުގެ ހިތާމަކުރަންޖެހޭތީއެވެ.

އަދި އެއްވާހަކަ ބުނެލާނަމެވެ. އަނބިމީހާއަކީވެސް ތަނަވަސް މީހަކަށް ވެދާނެއެވެ. މަސައްކަތްކޮށްގެން އާމްދަނީ ހޯދާ އަންހެނަކަށްވެސް ވެދާނެއެވެ. އެހެންކަމަށް ވެއްޖެނަމަ އަނބިމީހާގެ ތަނަވަސްކަމާއި އަނބިމިހާއަށް ލިބޭ އާމްދަނީއަކީ އަނބިމީހާގެ ޙައްޤެކެވެ. އަނބިމީހާ ބޭނުން ނުވާނަމަ ދިރިއުޅުމަށް އެއިން ޚަރަދުނުކުރުންވެސް ހުއްދައެވެ. އެކަމުގައި އެއްވެސް މައްސަލައެއްވެސް ނެތެވެ.

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން