ހަނދުމަކޮށްދިނުމެއް!: ނިދަން އޮށޯވެ އެންމެފަހުން ކުރަން އޮތް ދުޢާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ހަނދުމަކޮށްދިނުމެއް!: ނިދަން އޮށޯވެ އެންމެފަހުން ކުރަން އޮތް ދުޢާ!

ޞަޙީޙު ބުޚާރީގައި އައިސްފައިވާ ރިވާޔެތެއްގައި ވެއެވެ :  

މާތް ﷲ ރުއްސުންލެއްވި އަލް ބަރާއު ބިން ޢާޒިބުގެ ވިދާޅުވިއެވެ. ކީރިތި ރަސޫލާ  صَلَّى اللَّهُ عَلَيْهِ وَسَلَّمَ ތިމަންކަލޭގެފާނަށް ޙަދީޘްކުރެއްވިއެވެ. ''ތިބާ (ނިދުމަށްޓަކައި ) އެނދަށް އަރަންވީމައި، ނަމާދަށް ވުޟޫކުރާ ފަދައިން ވުޟޫކުރާށެވެ! ދެން ތިބާގެ ކަނާތްފަރާތަށް އަރިއަށް އޮށޯންނާށެވެ. އަދި މިފަދައިން ކިޔާށެވެ! 

(اللَّهُمَّ أَسْلَمْتُ نَفْسِي إِلَيْكَ وَفَوَّضْتُ أَمْرِي إِلَيْكَ وَأَلْجَأْتُ ظَهْرِي إِلَيْكَ رَهْبَةً وَرَغْبَةً إِلَيْكَ لَا مَلْجَأَ وَلَا مَنْجَا مِنْكَ إِلَّا إِلَيْكَ آمَنْتُ بِكِتَابِكَ الَّذِي أَنْزَلْتَ وَبِنَبِيِّكَ الَّذِي أَرْسَلْتَ) 

އެރޭގައި މަރުވެއްޖެނަމަ ތިބާ އެމަރުވީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. އަދި މިކަލިމަތަކަކީ ( ނިދުމުގެކުރިން ) ތިބާ އެންމެފަހުން ކިޔާކަލިމަތަކުގެ ތެރޭގައި ހަދާށެވެ'' ( ބުޚާރީ : ޙަދީޘް ނަމްބަރު:  5836 ) 

އިސްވެދިއަ ރިވާޔަތުން އެނގެނީ މިކަލިމަތަކަކީ ނިދުމިގެ ކުރިން ކިޔާތަކެތީގެތެރެއިން އެންމެފަހުން ކިޔާތަކެތީގެތެރޭގައި ހަދަން ޖެހޭ ކަލިމަތައްކަމެވެ. ވީމާ ނިދުމުގެ ކުރިން ކިޔުމަށް ވާރިދުވެފައިވާ އެހެނިހެން ދުޢާތައް ކިޔާނީ މިދުޢާގެ ކުރިންނެވެ. މީގެ އިތުރުން ވާރިދުވެފައިވާ ދުޢާތަކުގައި އިސްފަސްކުރުމަކުން މައްސަލައެއް ނެތެވެ. ( والله أعلم )

 

- އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ޙުސައިން

 

މިއަދު އޮންލައިން