ތިބާއަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެން ނުވާ މީހެއްކަން އެންމެ ފަސޭހައިން އެނގޭނެ ގޮތް-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ތިބާއަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެން ނުވާ މީހެއްކަން އެންމެ ފަސޭހައިން އެނގޭނެ ގޮތް-: މުފްތީ މެންކް

ރަނގަޅަށް އަޑުއަހާށެވެ! ފަތިސް ނަމާދަށް ނުހޭލެވި ނިދަން އޮވެވޭނަމަ އެމީހަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންވާ މީހަކުކަމަކަށް ނުބެލެވޭނެއެވެ. އެހެނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހަކަށް ލިބިއްޖެނަމަ އެމީހަކު ފަތިސްނަމާދަށް ހޭލައި ފަތިސްނަމާދުގެ ވަޤުތުގައި ފަތިސްނަމާދުކުރާނެއެވެ. އަދި ޖަމާޢަތުގައި ނަމާދުކުރަންވެސް މަސައްކަތްކުރާނެއެވެ.  

ވިސްނައިލާށެވެ! ފަތިހުގެ ވަޤުތަކީ އެންމެ ބަރަކާތްތެރި ވަޤުތެވެ. މުޅި ދުވަހުގެ ކާމިޔާބީ އެވަޤުތަކާއި ގުޅިފައިވާ ވަޤުތެވެ. ރިޒުޤް ތަނަވަސްވުމަށް އޮތް ވަޤުތެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ލިބިގަތުމަށް އޮތް ވަޤުތެވެ. އެމީހަކީ ﷲ ތަޢާލާގެ ޙަޟްރަތުން ރުހިވޮޑިގަތުން ލިބިފައިވާ މީހަކުނަމަ އެވަޤުތަކު ނިދާކަށް ނުއޮވެވޭނެއެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމަކީ ވަކިމީހަކަށް ޚާއްޞަ ކަމެއް ނޫނެވެ. އެއީ ކޮންމެ މީހަކަށްވެސް ޙާޞިލުކުރެވެން އޮތް ކަމެކެވެ. ނަމަވެސް އެކަމަށް އެދިގެން މަސައްކަތްކުރުމުންނެވެ.  

ވީމާ ފަތިސްވުމުގެ ކުރިއަށް ހޭލަން މަސައްކަތްކުރާށެވެ! ރޭއަޅުކަމުގެ 2 ރަކްޢަތް ނަމަވެސް ކޮށްލައި ފާފަފުސެވުން އެދި ދުޢާކުރާށެވެ! އަދި ﷲ ތަޢާލާގެ ރުހިވަޑިގަތުން ލިބިގެންވާ އަޅަކު ކަމުގައި ލެއްވެވުން އެދިގެން ދުޢާކުރާށެވެ! އެއީ ފަތިހުގެ ނިންޖަށްވުރެ މާމުހިންމު ކަމެކެވެ. 

އެއަށްފަހު ފަތިސްވުމުން ފަތިސްނަމާދުކޮށް ޛިކުރުކޮށް ރިޒުޤަށް އެދިގެން މަސައްކަތްކުރަންފަށާށެވެ. އެމީހަކަށް ކާމިޔާބީ މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ 

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން