ކޮންމެ ދެމަފިރިއަކުވެސް ސަމާލުކަންދޭންޖެހޭ ކަމެއް!: ދެމަފިރިން ކިތަންމެ ގާތުގަ ތިބިނަމަވެސް ބޮޑު ހުރަހެއް މެދުގަ ބަހައްޓައި އެއްވެސް ގުޅުމެއް ނެތި ތިބެވޭނަމަ ކުރާނީ ކޮން ފައިދާއެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ކޮންމެ ދެމަފިރިއަކުވެސް ސަމާލުކަންދޭންޖެހޭ ކަމެއް!: ދެމަފިރިން ކިތަންމެ ގާތުގަ ތިބިނަމަވެސް ބޮޑު ހުރަހެއް މެދުގަ ބަހައްޓައި އެއްވެސް ގުޅުމެއް ނެތި ތިބެވޭނަމަ ކުރާނީ ކޮން ފައިދާއެއް؟

ދައްކަން މިއުޅެނީ ހެޔޮ ގޮތުގަ ބޭނުން ހިފުމުން ދެމަފިރިން ގާތްކޮށްދީ ލޯބިއިތުރުވުމަށް މަގުފަހިކޮށްދޭ އަދި ނުރަނގަޅު ގޮތުގައި ބޭނުންކުރުމުން ދެމަފިރިންގެ މެދުގައި ހުރަހަކަށްވެ ގުޅުން ކަނޑުވައިލާ ކަންތަކުގެ ވާހަކައެވެ. ވިސްނުންތެރިކަމާއިއެކު އަޑުއަހާށެވެ! 

ގޭގައި ގިނަ ވަޤުތު ހޭދަކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މަސައްކަތް ނިމުމުން އަވަހަށް ގެއަށް އައުމަށާއި އަނބިދަރިންނާއިއެކު ގިނަ ވަޤުތު ހޫދަކުރަން ޢިލްމުވެރިން ވަރަށް ބޮޑަށް ބާރުއަޅުއްވައެވެ. އަދި އެއީ ޘަވާބު ދެއްވަވާ އަޅުކަމެއް ކަމަށްވެސް ބަޔާން ކުރައްވައެވެ. 

ކޮންމެއަކަސް ދެމަފިރިންވެސް އެކުގައި ހޭދަކުރާ ވަޤުތުތަކުގައި ފޯނު ބޭނުންކުރުން މަދުކޮށް އެކަކު އަނެކަކަށް ދޭންޖެހޭ ސަމާލުކަން ދިނުމަށް އިސްކަންދޭންޖެހޭނެއެވެ. ނޫންނަމަ އެކުގައި ތިބިނަމަވެސް އެކަމުން ކުރާނެ ފައިދާއެއް ނެތެވެ. 

ސުވާލުގެ ސީދާ ޖަވާބަކީ އަނބިމީހާގެ ކިބައިންވިޔަސް ފިރިމީހާގެ ކިބައިން ވިޔަސް ކަންކަން އިޞްލާޙްކުރަން އެދޭމީހާ އެކަމުގައި ނަމޫނާ ނުދައްކައި އަމުރުކުރުމަކީ ރަނގަޅުކަމެއް ނޫނެވެ. ފުރަތަމަ އިޞްލާޙްވާންޖެހޭނީ ތިމާއެވެ. 

ތިރިގައިވާ ލިޔުމުން އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. 

ދުނިޔެއަށް ފޮނުއްވެވުނު އެންމެ މާތް، އެންމެ މަތިވެރި އަޚްލާޤް ލިބިވަޑައިގެންފައިވަނީ އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު އަށެވެ. 

ކޮންމެ މީހެއްގެ ކިބައިގައިވެސް ނުރަނގަޅު ކަންތައްތަކެއް ހުންނާނެއެވެ. ޙަޤީޤީ ހެޔޮ އެދޭ މީހެއް ނަމަ އެކަންކަން އިޞްލާޙް ކުރަން ގަދައަޅައި މަސައްކަތްކުރަން ޖެހޭނެއެވެ. ނަމަވެސް މަސައްކަތް ކުރަން ޖެހޭނީ ވަރަށް ވިސްނުންތެރިކަމާއިއެކުގައެވެ. 

މީހުންގެ ކަންކަން އިޞްލާޙްކުރަން ބުނާ މީހާ ފުރަތަމަ އިޞްލާޙްކުރަން ޖެހޭނީ އެމީހެއްގެ ކަންކަމެވެ. އެހެންކަމުން އެމީހާ އިޞްލާޙްވެފައި ނަމޫނާ ދައްކާށެވެ! އަދި އެނަމޫނާގައި ހިފަން އެހެން މީހުންނަށް ބާރުއަޅާށެވެ! މިސާލަކަށް ނަމާދުކުރަން ބުނުމުގެ ކުރިން ތިމާއަކީ ނަމާދުކުރާ މީހަކަށްވާށެވެ! 

އަނބިން ގެއިން ބޭރުގައި އުޅޭތީ ނުވަތަ ރައްޓެހިންނާއިއެކު ވަގުތު ހޭދަކުރާތީ ނުވަތަ ސޯޝަލް މީޑިއާގައި ވަގުތު ހޭދަކުރާތީ އެކަމުގެ ޝަކުވާކުރުމުގެ ކުރިން ފުރަތަމަ ތިމާ އިޞްލާޙްވާށެވެ! ތިމާއަކީ އެފަދަ ކަންކަން ނުކުރާ މީހަކަށްވާށެވެ! 

ދަރިންގެ އުޅުން އިޞްލާޙްކުރަން ބުނުމުގެ ކުރިން ތިމާގެ އުޅުން ރަނގަޅުކުރާށެވެ! ނައިޓްކްލަބްތަކަށް ނުދާށެވެ! ހިލޭ އަންހެނުންނާއި ގުޅުން ނުބާއްވާށެވެ! ތިމާ އެފަދަ ކަންކަން ކުރަމުން ދަރިން ގާތު އެކަންކަން ނުކުރަން ބުނި ނަމަވެސް އެއީ ރަނގަޅުވާހަކައެއް ކަމަކަށް ޤަބޫލެއް ނުކުރެވޭނެއެވެ. 

މީހަކަށް ފާޑުކިޔުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ސީދާ މެއަށްވެސް ތީރު އަމާޒުކުރެވިދާނެއެވެ. ނަމަވެސް ފާޑު ކިޔަނީ ކަންކަން އިޞްލާޙް ކުރުމުގެ ނިޔަތުގައި ކަމަށްވާނަމަ ތީރު އަމާޒުކުރުމަކުން އެކަނި އެކަން ޙައްލެއް ނުކުރެވޭނެއެވެ. 

އެއްވެސް ކަމެއް އިޞްލާޙްކުރަން ބޭނުންނަމަ ހަމައެކަނި ފާޑުކިޔުމަކުން ނުނިމޭނެއެވެ. އެކަމެއް ޙައްލުކުރަން އެހީތެރިވެދޭންވާނެއެވެ. ހިތްވަރުދޭންވާނެއެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން