ގިނަ ފިރިހެނުން ބަނގުރޫޓުވެ ހިތާމަކުރަންޖެހެނީ ހެޔޮލަފާ އަނބިމީހާގެ ކިބައިން ތިމާއަށް ލިބޭ ކުރިއެރުން ޤަބޫލުނުކޮށް ރީތި އަންހެނުންގެ ފަހަތުން ދުވެވޭތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ގިނަ ފިރިހެނުން ބަނގުރޫޓުވެ ހިތާމަކުރަންޖެހެނީ ހެޔޮލަފާ އަނބިމީހާގެ ކިބައިން ތިމާއަށް ލިބޭ ކުރިއެރުން ޤަބޫލުނުކޮށް ރީތި އަންހެނުންގެ ފަހަތުން ދުވެވޭތީ!

ސިފައަށް ބަލާއިރު މާރީތި ނޫންނަމަވެސް އަންހެނަކު ޝައުޤުވެރިވެދާނެއެވެ. މިޘާލަކަށް އޭނާއަކީ ތަނަވަސް މީހަކު ނަމަ ނުވަތަ އަޚްލާޤީ ގޮތުން ރަނގަޅު، ހިތްހެޔޮ މީހަކު ނަމަ އަންހެނަކު އޭނާ ބަލައިގަނެ ކައިވެނިކޮށްފާނެއެވެ. އަދި އެކުގައި ދިރިއުޅެން މަސައްކަތްވެސް ކޮށްފާނެއެވެ.  

ނަމަވެސް ގިނަ އަންހެނުންނަށް ކަންކަން ކުރިމަތިވާ ގޮތަށް ބަލައިފިނަމަ ސިފަ ހުތުރުވުމަކީ ކައިވެނިކުރަން އުނދަގޫވާ ސަބަބެކެވެ. ސަބަބަކަށްވަނީ އަންހެނުންގެ ކިބައިގައި ހުންނަ ރަނގަޅު ސިފަތަކަށް ބަލައިގެން ކައިވެނިކުރާ ފިރިހެނުން މަދުކަމެވެ. އަދި ކައިވެނިކުރިނަމަވެސް އިސާހިތަކު ވިސްނުން ބަދަލުވެ ވަކިވެގެންދާ ކަމެވެ.  

އެކަމަކު ބުނަންހެއްޔެވެ؟ އެކުވެރިން ކޮންމެ ގޮތަކަށް ބަސްބުނިނަމަވެސް އަންހެނުންގެ އެންމެ ބޮޑު ކާމިޔާބަކީ އޭނާގެ ސިފައެއް ނޫނެވެ. އަންހެނެއްގެ ކިބައިން ފިރިމީހާއަށް އެންމެ ބޮޑަށް ފައިދާކުރާނީވެސް އަނބިމީހާގެ ބޭރުފުށުގެ ސިފައަކުން ނޫނެވެ.  

ޒަވާޖީ ހަޔާތް ކާމިޔާބުކޮށް އުފަލުގައި ދިރިއުޅެމުން އަންނަ ޢާއިލާތަކަށް ބަލާށެވެ! ތަނަވަސްކަންވެސް އަދި އުފާވެރިކަންވެސް ޢާއިލާއަށް ލިބިފައިވާނީ އަނބިމީހާގެ ރިވެތި އަޚްލާޤުންނެވެ. އަނބިމީހާގެ ހަރުދަނާކަމުންނެވެ. ކެތްތެރިކަމާއި ހިފެހެއްޓުންތެރިކަމުންނެވެ. 

ހުރިހާވެސް ހިތާމައަކީ މިއީ ޙަޤީޤަތްކަން ފިރިހެނުންނަށް އެނގޭއިރުވެސް އަދި އެކަން ޤަބޫލުކުރާ ކަމަށް ބުނަމުންވެސް ޢަމަލުތަކުން އެކަން ޤަބޫލުނުކުރެވޭކަން ނުފެންނަ ކަމެވެ. ކިތަންމެ ހެޔޮލަފާ އަންތބަކު ލިބި ދިރިއުޅުން ކުރިއަރަމުން ދިއަ ނަމަވެސް ރީތި އަންހެނަކު ފެންނައިރަށް ހެޔޮލަފާ އަނބިމީހާ ބާކީކޮށްލެވޭކަމެވެ. އެކަމަށްޓަކައި ފަހުން ހިތާމަކުރަންޖެހޭއިރުވެސްމެއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

މިއަދު އޮންލައިން