ޒުވާނުންނަށް ނުބައި މަގު އިޚްތިޔާރުކުރުމުގެ ފުރުބަތު ބޮޑުވަނީ ބޮޑެތި މީހުންނަށް ނުބައި ނަމޫނާ ދެއްކޭތީ!: ޑރ. ޝައިޚާ ހައިފާ ޔޫނިސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ޒުވާނުންނަށް ނުބައި މަގު އިޚްތިޔާރުކުރުމުގެ ފުރުބަތު ބޮޑުވަނީ ބޮޑެތި މީހުންނަށް ނުބައި ނަމޫނާ ދެއްކޭތީ!: ޑރ. ޝައިޚާ ހައިފާ ޔޫނިސް

ބައެއް ޒުވާނުން ނޭދެވޭ ކަންކަން ކުރާތަން ފެނުމުން އެއީ މިއަދުގެ ޒުވާނުންގެ ޙާލަތުކަމަށް ބުނެވޭއަޑު ވަރަށް ގިނައިން އެބައިވެއެވެ. އެއީ ރަނގަޅު ޖަވާބެއްތޯއެވެ؟  

ކިޔުންތެރިޔާއަށް ބުނެލަން އޮތީ އެކަން އޮތް ގޮތް ތިރީގައިވާ ލިޔުމުން ސާފުވެލައްވާނެއެވެ. އިން ޝާ ﷲ  

އެކިއެކި ކަންކަމާއި ގުޅިގެން ދެކެވޭ ވާހަކަތަކުގައި ޒުވާނުން ކުށްވެރިކުރެވެއެވެ. ޒުވާނުން ނަމަވެސް ކުށެއް ކުރުމުން ކުސްވެރިވާނެއެވެ. ނަމަވެސް އެމީހުން ކުށްވެރިކޮށް ނިންމައި ލެވޭކަށް ނެތެވެ. އެކަމުގައި ބޮޑެތި މީހުންގެވެސް ޒިންމާތަކެއްވެއެވެ.  

މުސްލިމުންގެ މިއަދުގެ ޙާލަތަށް ރިޢާޔަތްކޮށްވާހަކަދައްކާއިރު ޒުވާނުން ކުށްވެރިނުކުރާށެވެ! އެކަން ކުރުން އަހަރެން ވަނީ ވަރަށް ކުރިންސުރެ ހުއްޓާލައިފައެވެ. ސަބަބަކީ ޒުވާނުންނަށް އެބަދަލު އަންނަމުންދާ ސަބަބެވެ.  

ނިކަން ބުނެބަލާށެވެ! ދަރިންނަށް، ކުޑަކުދިންނަށް، ޒުވާނުންނަށް ނުބައި ނަމޫނާތައް ދައްކައިދެމުން މިއަންނަނީ އަހަރެމެން ބޮޑެތި މީހުން ނޫންހެއްޔެވެ؟ އެމީހުން ތަރުބިއްޔަތު ނުކޮށް ދޫކޮށްލަނީ އަހަރެމެން ބޮޑެތި މީހުން ނޫން ހެއްޔެވެ؟ ބޮޑެތި މީހުން އެމީހުންގެ ޒިންމާ އަދާނުކޮށްފައި މިއަދުގެ ޒުވާނުންނޭ ކިޔައިގެން އެމީހުން އެކަނި ކުށްވެރިކޮށްފައި ވާހަކަ ދެއްކުމުގެ އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟  

އެއްވެސް ޙާލެއްގައި މިއީ ނުބައިކޮށް އުޅޭ ޒުވާނުން ދިފާޢުކުރަނީއެއް ނޫނެވެ. މިބުނަކީ ބޮޑެތި މީހުން އުފުލަން ޖެހޭ ޒިންމާ ނުއުފުލާ ކަމުގެ ވާހަކައެވެ. އެކަމުގެ ސަބަބުން ޒުވާނުންނަށް މަގުއޮޅި މަގުފުރެދެމުންދާ ވާހަކައެވެ.

- ޑރ. ޝައިޚާ ހައިފާ ޔޫނިސް 

ޑރ. ޝައިޚާ ހައިފާ ޔޫނިސް އެމެރިކާގައި ދެއްވާފައިވާ ދަރުސެއްގައި ވިދާޅުވެފައިވާ މިވާހަކަފުޅުތައް ހުރިހާ މުޖުތަމަޢުތަކަށްވެސް ފެތިގެންދެއެވެ. އަޅުގަނޑުމެންގެ މިދިވެހިރާއްޖެއަށްވެސް ވަރަށް ބޮޑަށް ފެތިގެންދެއެވެ. އަޅުގަނޑުމެންގެ ޢާއިލާތަކަށްވެސް ފެތިގެންދެއެވެ.  

ކޮންމެ ބޭފުޅަކުވެސް އަމިއްލަފުޅަށް ވިސްނަވައިލައްވާށެވެ! ދަރިންނަށް ދައްކައިދޭންޖެހޭ ރަނގަޅު ނަމޫނާ ދެއްކޭ ކަމާއިމެދުގައެވެ. ނުދެއްކޭނަމަ އަވަހަށް އިޞްލާޙުކޮށްލާށެވެ! "މިހާރުގެ ދަރިން، މިހާރުގެ ކުދިން" ކިޔައި އެކުދިންގެ ބޮލުގައި ކަންކަން އަޅުވަންޖެހޭނީ ފުރަތަމަ ކަމަކަށް ބެލެނިވެރިން ރަނގަޅު ނަމޫނާ ދެއްކުމަށްފަހުގައެވެ.

މިއަދު އޮންލައިން