ދެތިން ދުވަހެއްގެ ތެރޭގަ ބިލް ލިބޭނެ! މީޓަރ ރީޑިންގ އަމިއްލައަށް ޗެކްކޮށްލާފަ ޝަކުވާއެއް އޮތްނަމަ އަވަހަށް ހުށަހަޅާ!: ފަހުމީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 57ސ
ދެތިން ދުވަހެއްގެ ތެރޭގަ ބިލް ލިބޭނެ! މީޓަރ ރީޑިންގ އަމިއްލައަށް ޗެކްކޮށްލާފަ ޝަކުވާއެއް އޮތްނަމަ އަވަހަށް ހުށަހަޅާ!: ފަހުމީ

މިމަހުގެ 27 ވަނަ ދުވަހު ސްޓެލްކޯގެ 350 އެއްހައި މުވައްޒިފުން ނުކުމެ ނެގި ރީޑިންގ ގެ ބިލް ރީޑިންގ ނެގިތާ 2،3 ދުވަހެއްގެ ތެރޭގައި ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާނެ ކަމަށާއި ބިލް ލިބިވަޑައިގަތުމުން އަމިއްލަފުޅަށް މީޓަރު ރީޑިންގެ ޗެކްކޮށްލައްވާފައި އެއްވެސް ޝަކުވާއެއް އޮތްނަމަ ހުށަހެޅުއްވުމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އެދިވަޑައިގެންފިއެވެ. 

"މިފަހަރު އަޅުގަނޑުމެންގެ ވަރަށްބޮޑު އެދުމެއް، އަޅުގަނޑުމެންގެ ވަރަށް ބޮޑު އިލްތިމާސްއެއް، ބިލް ލިބިވަޑައިގަތީމަ ބިލްގަ އިންނަ ރީޑިންގ އާއި އެބޭފުޅުންގެ މީޓަރުގަ އިންނަ ރީޑިންގައާއި ދިމާވޭތޯ. ނުވަތަ ބިލްގަ އިންނަ ރީޑިންގ އަށްވުރެ މީޓަރުގަ އިންނަ ރީޑިންގ ކުޑަވެއްޖެއްޔާ ބިލްގަ މައްސަލައެއް އުޅެނީ. އެހެންމަ އިރާދުކުރެއްވިއްޔާ މިފަހަރު އެ ޝައްކުތަކަށް ހައްލެއް ލިބިގެންދާނެ ފަހަރެއް މީ." 

ފަހުމީގެ ވާހަކަފުޅުން: 

އަޅުގަނޑުމެން މިއަދު ގާތްގަނޑަކަށް 350 މުވައްޒަފުންނާއި އެއްކޮށް ރީޑިންގ ނަގަން މިފެށީ އަޅުގަނޑުމެންގެ ހުރިހާ ކަސްޓަމަރުންގެ މީޓަރު ތަކުން. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުފުޅުވެ ވަޑައިގެންފައިވާ ފަދައިން ކަރަންޓާއި ފެނުން ޑިސްކައުންޓް ދިނުމަށް. 

އަޅުގަނޑުމެން މިފަހަރު މި ނިންމީ ހަމަ ރައީސް އެ ވަޢުދުވެ ވަޑައިގެންނެވިގޮތަށް ރޯދަމަހުގެ ކަރަންޓް ބިލުން އެންމެ ދުވަހެއްވެސް އުނި ނުކޮށް ނުވަތަ އެހެން، މިދިޔަ އަހަރުވެސް ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންނަށް މި ބިލް ރޯދަމަހަށް ކަޓްއޮފް ޕޮއިންޓަށް މިސްޓޭކެއް އުޅުނީ. 

އެހެންނަމަވެސް މިއަހަރު އިރާދަކުރެއްވިއްޔާ ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް އަކުރުން އަކުރަށް އަޅުގަނޑުމެން އެ ވަޢުދުފުޅު ތަންފީޒް ކޮށްދޭނަން. މާނައަކީ މިއަދު އަޅުގަނޑުމެން ހުރިހާ ކަސްޓަމަރުންގެ މީޓަރުތަކުން މި ރީޑންގެ މި ނެގީ. ދެން ހަމަ މި ރީޑިންގ ނެގުން އަޅުގަނޑުމެން އިންނާނެ ރޯދަމަސް ނިންމާފަވެސް. އެހެންމަ ހަމަ ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ކަރަންޓާއި ފެނުން އަޅުގަނޑު ޑީސްކައުންޓު ދޭނަން މިފަހަރު. 

އާދެ، ގްރޭޓަރ މާލެ ފިޔަވާ 33 ރަށެއްގައިވެސް އަޅުގަނޑުމެންގެ ޚިދުމަތް އެބަދޭ، ތަފާތު 33 ރަށެއްގަ. އެ ރަށްތަކުގައިވެސް މިއަދު ހަމަ ރީޑިންގ ނެގުން ދިޔައީ އިނގޭތޯ. ރައްޔިތުންގެ ޝަކުވާތަކަށް އެޑްރެސް ކުރަން އަޅުގަނޑުމެން އަބަދުވެސް ވަރަށް ގިނަ ގުނަ މަސެއްކަތްތަކެއް ކުރަމުންދަނީ. ރައްޔިތުންގެ ޝައުކުވާތައް އަޅުގަނޑުމެން އަޑުއަހާ ބަލައިވެސްގަންނަން. އެ ޝަކުވާތައް މަދުވާނެ ގޮތާއިދޭތެރޭ އަޅުގަނޑުމެން ވިސްނަން. އެހެންކަމުން މިފަހަރު އަޅުގަނޑުމެން މި ރީޑިންގ  ނެގީ ހަމަ ހުރިހާ ކަސްޓަމަރުންގެ ފަރާތުންވެސް ހަމަ މީޓަރ ފޮޓޯ މި ނަގަނީ އިނގޭތޯ. މީޓަރ ފޮޓޯ ބޭނުންކޮށްގެން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން މީޓަރ ރީޑިންގް އާއި މީޓަރ ނަމްބަރ ކެޓެގަރައިން މި ކުރަނީ. 

އަދި އެއަށްފަހުގައިވެސް އަޅުގަނޑުމެން ތިން ލޭޔާއަކަށް ސުޕަވައިޒަރުން ބައިތިއްބައިގެން މީޓަރުތައް ރީޑިންގ ރަނގަޅުތޯ ސިސްޓަމުން ޗެކްކޮށް ހުރިހާ ކަމެއް ކޮށްލާފަ ބިލްތައް އިޝޫ ކުރާނީ. އެހެންމަ އިރާދުކުރެއްވިއްޔާމު މިއަދު މި ނެގިގެން ދިޔަ ހުރިހާ ރީޑިންގތަކެއް ކަސްޓަމަރުންނަށް ބިލް ލިބިގެންދާނެ ދެތިން ދުވަހެއް ތެރޭގަ. އެހެންވީމަ، ކަސްޓަމަރުންނަށް އިންނާނެ ފުރުސަތު ބައްލަވާ ލައްވަން އަޅުގަނޑުމެންގެ ބިލް ލިބުނީމަ އެންމެ ފަހުގެ ބިލްގެ ރީޑިންގ ރަނގަޅުތޯ ނޫންތޯ އެބޭފުޅުން އަމިއްލައަށް ވެރިފައި ކުރުމުގެ ފުރުސަތު ލިބިގެންދާނެ ފަހަރެއް މިފަހަރަކީ. 

މީގެ ކުރިން މިވާގޮތަކޫ 20 ދުވަސް ނުވަތަ 25 ދުވަސް ފަހުން، ރީޑިންގ ނަގާތާ 20 ދުވަސް ނުވަތަ 25 ދުވަސް ފަހުން ލިބެނީ ބިލް. ލިބުނީމަ ގިނަފަހަރަށް ކަސްޓަމަރުންގެ ޝަކުވާ އާދޭ ވަރަށް ބޮޑަށް. ޝަކުވާ އަންނަންވެސް ޖެހޭނެ. އެއީ ބިލް ލިބޭއިރުގަ އެ ބޭފުޅުންގެ ބިލްގަ އިންނަ ރީޑިންގ އަކާ މީޓަރަށް އަރާ ރީޑިންގ އަކާ ދިމާނުވެ. އެހެންމަ މިފަހަރު އަޅުގަނޑުމެންގެ ވަރަށްބޮޑު އެދުމެއް، އަޅުގަނޑުމެންގެ ވަރަށް ބޮޑު އިލްތިމާސްއެއް، ބިލް ލިބިވަޑައިގަތީމަ ބިލްގަ އިންނަ ރީޑިންގ އާއި އެބޭފުޅުންގެ މީޓަރުގަ އިންނަ ރީޑިންގައާއި ދިމާވޭތޯ. ނުވަތަ ބިލްގަ އިންނަ ރީޑިންގ އަށްވުރެ މީޓަރުގަ އިންނަ ރީޑިންގ ކުޑަވެއްޖެއްޔާ ބިލްގަ މައްސަލައެއް އުޅެނީ. އެހެންމަ އިރާދުކުރެއްވިއްޔާ މިފަހަރު އެ ޝައްކުތަކަށް ހައްލެއް ލިބިގެންދާނެ ފަހަރެއް މީ. 

ދެން އެއްވެސް ފަހަރަކު ސްޓެލްކޯއަކުން އޮޅުވާލުމަކުން ނުވަތަ މަކަރު ހެދުމަކުން ބިލް ބޮޑުކޮށް ރައްޔިތުންނަށް ދެރަގޮތެއް ނަހަދާނެ. މިހާތަނަށް ހަދާފައެއްވެސް ނޯންނާނެ އިނގޭތޯ....

މިއަދު އޮންލައިން