ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ 2 ކަންތައް ޙާޞިލުކުރެވެން އޮތް އޮތް މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ 2 ކަންތައް ޙާޞިލުކުރެވެން އޮތް އޮތް މަގު-

ތިބާ ދުނިޔެއިން އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ ގިނަ ބައަކު ބުނާނީ ތަނަވަސްކަމާއި އަދި ދިގު ޢުމުރެއް ލިބުން ކަމަށެވެ. އަދި މި 2 ކަންތަކަށް ބޭނުން ނުވާނެ ހަމައެކަކުވެސް ނުހުންނާނެއެވެ.

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް އެދޭނެ އެއްކަމަކީ ރިޒުޤް ތަނަވަސްވެގެންވުމެވެ. ރިޒުޤަކީ ހަމައެކަނި ތިމާ ކާންބޭނުންކުރާ ކާއެތިކޮޅެއް ނޫނެވެ. އެމީހަކަށް ބޭނުންވާ ހުރިހާ ކަންކަމަކީވެސް ހަމަ ރިޒުޤެވެ. ހަމައެފަދައިން ޢުމުރު ދިގުވުމަށް ނުއެދޭނެ މީހަކުވެސް ނުހުންނާނެއެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވެވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

މާނައީ: "ރިޒްޤުތަނަވަސްވުމަށް އެދޭމީހާ އަދި އަޖަލުފަސްވުމަށް އެދޭމީހާ ދަންނައެވެ. ފަހެ އެމީހެއްގެ ރަޙިމުގެ ގުޅުން ޤާއިމުކުރާ ހުށިކަމެވެ."

މި ޙަދީޘްފުޅުގައިވާ އަޖަލު ފަސްވުމުގެ މާނައަކީ މަރުވުން ލަސްވުމެވެ. ޢުމުރު ދިގުވުމެވެ.

މިޙަދީޘްފުޅުން އެނގިގެން މިދަނީ ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ރިޒްޤް ތަނަވަސްވެ އެމީހާގެ ޢުމުރު ދިގުވާ ޢަމަލެއްކަމެވެ. ރަޙިމުގެ ގުޅުން ޤާއިމުކުރުމަކީ އުމުރު ދިގުވެ ރިޒްޤުގައި ބަރަކާތްލެއްވޭކަމެއްކަން އެނގެން އޮތް ނަމަވެސް މިއަދު ގިނަބައަކަށް އެއީ މާމުހިންމު ކަމެއްކަމަށް އޮންނަނީ ނުވެފައެވެ.

އަޚާއަށް، އުޚުތަށް އެހީތެރިވާންވީ، ހަދިޔާއެއް ދިއްކޮށްލަންވީ އޭނާގެ ކިބައިގައި ތަނަވަސްކަން ނެތުމަކުން ނޫނެވެ. ޙާލުބަލައިލަންވީ އެކަންކުރާނެ އޭނާގެ ދަރިން ނެތުމަކުން ނޫނެވެ. ރަޙިމުގެ ގުޅުން ދެމެހެއްޓުމުން ﷲ ތަޢާލާ ދެއްވަވާނެ ނިޢްމަތްތައް ލިބިގަތުމަށެވެ.

އަދިކީއްހެއްޔެވެ؟ އަހުރެން ބުނާނީ ރަޙިމުގެ ގުޅުން ދަމަހައްޓަންޖެހޭ މީހަކު ދަތިޙާލުގައިވާނަމަ އޭނާގެ ބޭނުންތައް ފުއްދައިދެވެން އޮވެމެ އެކަންކޮށްނުދޭ މީހާ އެނަގައިލަނީ އޭނާއަށް ނިޢްމަތްތައް އިތުރުވާން އޮތް އެންމެ އަގުހުރި ފުރުޞަތު ކަމަށެވެ.

---އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން