ﷲ ތަޢާލާ އެމީހަކާ ހުރިހާ ގުޅުމެއް ކަނޑުއްވަވައިލައްވަވާނެ ޙާލަތު!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ﷲ ތަޢާލާ އެމީހަކާ ހުރިހާ ގުޅުމެއް ކަނޑުއްވަވައިލައްވަވާނެ ޙާލަތު!: މުފްތީ މެންކް

މީސްތަކުން މިއަދު ވަނީ ވަރަށް ބޮޑު ޣާފިލުކަމެއްގައެވެ. އެހެންކަމުން ﷲ ތަޢާލާއަށް އަޅުކަންކުރުމުގައި އެހެން ދީންތަކުގެ މީހުންކުރާ ބައެއް އަމަލުތައް އެބަ ކުރެވެއެވެ. ވީމާ އަޅުކަން ކުރުމުގައި އިސްލާމް ދީނުގައި ބަޔާންވެގެންވާ ގޮތަށް އަޅުކަންކުރަން ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ.

ﷲ ތަޢާލާ އާއި އެހެން އެއްވެސް ފަރާތެއް ބައިވެރިކޮށްފިނަމަ އެހިސާބުން ﷲ ތަޢާލާ އެމީހަކު ދޫކޮށްލައްވަވާނެތެވެ. އެހެނީ ﷲ ތަޢާލާއީ ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. ވީއިރު ބައިކުޅަ ބައެއް ބޭނުންފުޅުވެވޮޑިގަންނަވަންވީ ކީއްވެގެން ހެއްޔެވެ؟

ނިކަން ވިސްނައިބަލާށެވެ! މިލިއަނަރެއްގެ ގާތަށް ގޮސް 5 ޑޮލަރުން މިލިއަނަރަށް ބައި އަޅައިގެން ކަމެއް ކުރަން އުޅެފިނަމަ މިލިއަނަރު ބުނާނީ ކީކޭ ހެއްޔެވެ؟ "5 ޑޮލަރުން ބައެއް ބޭނުން ނޫން ކަމަށާއި 5 ޑޮލަރު އެކުގައި އޭނާއަށް" ކަމަށް ނޫން ހެއްޔެވެ؟

ﷲ ތަޢާލާއީ މާބޮޑަށް ފުދިވޮޑިގެންވާ އިލާހްއެވެ. އެއްވެސް މީހެއްގެ ކިބައިން އެއްވެސް ކަމަކަށް ބޭނުންފުޅުވެވޮޑިގެން ނުވާ އިލާހްއެވެ. ވީމާ ﷲ ތަޢާލާއަށް އަޅުކަން ކުރުމުގައި އެއްވެސް ބައިކުޅަ ބައެއް ބޭނުންފުޅުވެވޮޑިގަންނަވަންވީ ކީއްވެގެން ހެއްޔެވެ؟

އަޅުކަން ކުރުމުގައި ހަމަ އެކަނި ﷲ ތަޢާލާއަށް އަޅުކަން ކުރަންޖެހެނީ އެހެންވެގެންނެވެ. ހަމައެކަނި ﷲ ތަޢާލާ އަށް އީމާންވާނެ ޖެހެނީވެސް އެހެންވެގެންނެވެ. ހަމައެކަނި ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ހުރިހާ ކަމެއްވެސް ކުރަން ޖެހެނީ އެހެންވެގެންނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން