ރަމަޟާންމަހު މާލޭގައި ވިޔަފާރި ބޭނުމަށް މުދާ އުފުލޭނެ ގަޑިތައް އިއުލާންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
ރަމަޟާންމަހު މާލޭގައި ވިޔަފާރި ބޭނުމަށް މުދާ އުފުލޭނެ ގަޑިތައް އިއުލާންކޮށްފި

މިއަހަރުގެ ރަމަޟާންމަހު ގްރޭޓަރ މާލެ ސަރަޙައްދުގައި ވިޔަފާރީގެ ބޭނުންތަކަށް މުދާ އުފުލޭނެ ގަޑިތައް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން މިއަދު އިއުލާންކޮށްފިއެވެ.

އެ ވުޒާރާއިން ހާމަކުރި ގޮތުގައި ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާ ހަމައަށް ބަރު އުޅަނދުތަކާއި އެހެނިހެން މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލޭނީ ހެނދުނު 9:30 އިން މެންދުރުފަހު 4:30 އަށެވެ. އަދި ރޭގަނޑު 8:00 އިން ފެށިގެން ހެނދުނު 6:00 އަށްވެސް މުދާ އުފުލުމުގެ ހުއްދަ ދެވިފައިވެއެވެ.

ރަމަޟާންމަހުގެ 20 ވަނަ ދުވަހުން ފެށިގެން މަސް ނިމެންދެން މުދާ އުފުލުމަށް ކަނޑައަޅާފައިވާ ގަޑިތަކަށް ބަދަލު އަންނާނެއެވެ. މި މުއްދަތުގައި މުދާ އުފުލޭނީ ހެނދުނު 6:00 އިން ހަވީރު 4:30 އަށާއި، ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށެވެ.

އަދި ޝައްވާލު މަހުގެ ފުރަތަމަ ހަފްތާގައިވެސް މުދާ އުފުލުމުގެ ކަންކަން ކުރިއަށް ގެންދަންޖެހޭނީ ރަމަޟާންމަހުގެ ފުރަތަމަ 19 ދުވަހަށް ކަނޑައެޅިފައިވާ ގަޑިތަކާ އެއްގޮތަށެވެ.

ވުޒާރާއިން ބުނެފައިވަނީ މުދާ އުފުލުމަށް ހުއްދަ ދީފައިވާ ގަޑިތައް ފިޔަވައި އެހެން ގަޑިތަކުގައި މުދާ އުފުލައިފިނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

މިއަދު އޮންލައިން