މުލަ ރޯދަ ދުވަހަށް ތައްޔާރު ވުމުގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާ: ހީނާ

އަހުމަދު
ކިޔުމަށް ހޭދަވާނީ 55ސ
މުލަ ރޯދަ ދުވަހަށް ތައްޔާރު ވުމުގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާ: ހީނާ

ކުރިއަށް އޮތް ދެތިން ދުވަހު ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން އިންޒާރު ދީފައިވާ ދަނޑިވަޅުގައި، ރައްޔިތުންނަށް ދިމާވެދާނެ ތަކްލީފުތައް ކުޑަކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން މިހާރުވެސް ވަނީ މަސައްކަތް ފަށާފައެވެ.

މިކަން ހާމަކުރައްވަމުން ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މޫސުން ގޯސްވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކަށް ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާ ކަމަށެވެ.

"މޫސުން ގޯސްވުމުގެ ސަބަބުން މުލަ ރޯދަ ދުވަހަށް ތައްޔާރު ވުމުގައި ވީހާވެސް ފަސޭހަގޮތަކަށް ރައްޔިތުންނަށް ކަންކަން އިންތިޒާމް ކުރުމަށް މަސައްކަތްކުރާނެ ވާހަކަ ދަންނަވަން" ހީނާ ވިދާޅުވިއެވެ.

މޫސުމާ ބެހޭ އިދާރާއިން ނެރެފައިވާ އިންޒާރުގައި ވާގޮތުން، ކުރިއަށް އޮތް ދެތިން ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭވެހި، ވައި ގަދަވެ، ކަނޑު އޮއިވަރު ބޮޑުވުމުގެ ފުރުސަތު އޮތް ކަމަށް ބެލެވެއެވެ.

މި ހާލަތާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވަނީ ކުއްލި ހާލަތްތަކަށް ތައްޔާރުވެ، އެފަދަ ހާލަތެއްގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ތައްޔާރުވެފައެވެ.

މިއަދު އޮންލައިން