ހޭދަކުރުމުގެ މައްސަރު ފެށުނީ! އިމެއްނެތި ހޭދަކުރާ މީހުންނަށް އިމެއް ނެތި ދެއްވަވާނެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ހޭދަކުރުމުގެ މައްސަރު ފެށުނީ! އިމެއްނެތި ހޭދަކުރާ މީހުންނަށް އިމެއް ނެތި ދެއްވަވާނެ! އިން ޝާ ﷲ: މުފްތީ މެންކް

ވީހާ ގިނައިން ހެޔޮ ޢަމަލުތައް ކުރަން އޮތް މައްސަރު ފެށުނީއެވެ. ހެޔޮ ޢަމަލުތައް ކުރުން އެންމެ ގިނަކުރަން އޮތް މޫސުން ފެށުނީއެވެ. ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަންނަން އެންމެ ބޮޑަށް މަސައްކަތްކުރަން އޮތް މޫސުން ފެށުނީއެވެ.  

މީހަކު ތިމާގެ ގާތަށް ކަމަކު އަންނަންދެން މަޑުނުކުރާށެވެ! ބޭނުންތައް ނުފުދި ތިބި މީހުންދައިގެން އެމީހުންގެ ގާތަށްދާށެވެ! ކޮންމެހެން ބައިވަރުތަކެއް ނޫނެވެ. އެމީހަކަށް އެހީތެރިވެދެވެން އޮތް މިންވަރަކުން އެހީތެރިވެދޭށެވެ.  

އެކަމުން ތިބާއަށް އެއްވެސް މިންވަރެއް މަދެއްވެސް ނުވާނެއެވެ. ވާނީވެސް ގިނައެވެ. އެހެނީ މީސްތަކުންނަށް އެހީތެރިވެދިނުންމަތީގައި ހުންނަ މީހަކަށް އެހީތެރިވެވޮޑިގަތުންމަތީމަތީގައި ﷲ ތަޢާލާ ދެމިވޮޑިގެން ހުންނަވަތެވެ.  

ފުރަތަމަވެސް ބަަލންވީ ތިމާގެ ޢާއިލާގައި ދަތިޙާލުގައި ތިބީ ކޮންބައެއްތޯއެވެ. ފުރަތަމަ އެހީތެރިވެދޭންވީ އެމީހަކަށެވެ. އެމީހުންނަށެވެ. އެހެން މީހުންނާއި ހަމައަށް ދާންއޮތީ އެއިގެ ފަހުންނެވެ.  

މިއީ ހަމައެކަނި ހަނދުމަކޮށްލައިދިނުމެކެވެ. މައުޟޫއާއިގެން އިތުރަށް ކުރިއަށްދާނަމެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން