އަހުރެންވެސް ޤަބޫލުކުރަމެވެ. މުސްލިމެކެވެ. އެކަމަކު ޢުމުރުން މިހައިދުވަސްވީއިރުވެސް ނަމާދުނުކޮށް ހުރެވުނުނަމަ އެއީ މައްސަލައެކެވެ. ނަމަވެސް ކަންބޮޑުނުވާށެވެ! ރަމަޟާން މަސް ފެށުނުއިރުވެސް ހުރެވުނީ ނަމާދުނުކޮށް ކަމަށްވީނަމަވެސް ކަންބޮޑުނުވާށެވެ! ތައުބާވެ އަވަހަށް ނަމާދުކުރަން ފަށާށެވެ!
ދެން ކުރާނެ ސުވާލަކީ މިހައިތަނަށް ނުކުރެވިހުރި ނަމާދުތަކަށް ހަދާނީ ކިހިނަކުން ހެއްޔެވެ؟ ޢިލްމްވެރިން ބަޔާންކުރައްވަވަނީ 2 ގޮތަކަށެވެ. ފުރަތަމަ ގޮތަކީ ނުކުރެވިހުރި ނަމާދުތައް ޤަޟާކުރުމެވެ. 2 ވަނަ ގޮތަކީ ނުކުރެވިހުރި ނަމާދުތަކާއިމެދު ކަންބޮޑުނުވެ، ތައުބާވެ، އަދި ތައުބާވުމަށްފަހު ނަމާދެއް ނުއަޅައި ނަމާދުކުރަމުން ގެންދިއުމެވެ. މި 2 ގޮތަށް ދަލީލު އެބަހުއްޓެވެ.
ވީމާ މިއަދާއި ހަމައަށް ހުރެވުނީ ނަމާދުނުކޮށް ކަމުގައިވީނަމަވެސް ކަންބޮޑުނުވާށެވެ! ޤަޟާކުރަންޖެހިފައިވާ ނުވަތަ ނުކުރެވިދިއަ ނަމާދުތަކާއިމެދު ކަންބޮޑުނުވާށެވެ! ކުރިއަށް ތަނުގައި ނަމާދެއް ނުއަޅާށެވެ!
ވީމާ ރަމަޟާންމަހާއި ބައްދަލުވިކަމަށްޓަކައި އުފާކޮށް ﷲ ތަޢާލާއަށް ޝުކުރުވެރިވާށެވެ! ތައުބާވެ ރޯދަހިފައި އަދި ނަމާދުކުރަމުން ގެންދާށެވެ! އެމީހާގެ ފާފަތައް ފުއްސަވައި ދެއްވަވައި ރަޙްމަތް ލައްވަވާނެތެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން