މުސްލިމުންނަށް ދީނުގަ ޘާބިތުވެ ތިބެވެން އޮތީ ވަރަށް ބޮޑަށް ހޭލުންތެރިވެ ތިބެވިގެން!: ޑރ. ޔާސިރު ޤާޟީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
މުސްލިމުންނަށް ދީނުގަ ޘާބިތުވެ ތިބެވެން އޮތީ ވަރަށް ބޮޑަށް ހޭލުންތެރިވެ ތިބެވިގެން!: ޑރ. ޔާސިރު ޤާޟީ

ﷲ ތަޢާލާގެ އެއްކައުވަންތަކަމާއި އެކަލާނގެ ވޮޑިގެންވާކަން ޤަބޫލުނުކުރެވިގެން މިއުޅެނީ އެކަންކަމަށް ނުވިސްނޭތީއެވެ. ދުނިޔޭގައި އެމީހެއްގެ ބޭނުންތައް ފުދިގެން އުޅެވޭތީ އެއްވެސް ކަމަކަށް ވިސްނަންވެސް ބޭނުން ނުވަނީއެވެ. އެެހންވެ މަރުވާނެކަން ޤަބޫލުކުރެވުނަސް މަރުވީމާ ދެން ކަންކަން ވެގެންދާނެ ގޮތް ވިސްނަންވެސް ނޭނގެނީއެވެ.  

އެމީހުން ކުރަނީ ސުވާލުތަކެކެވެ. ދީލަތިވަންތަ ކަމާއިއެކު ﷲ ތަޢާލާ ވޮޑިގެންވާނަމަ އަހުރެންގެ މިވެނި މީހަކު ކެންސަރުބަލީގައި މަރުވީ ކީއްވެގެން ހެއްޔެވެ؟ ޤުދްރަތީ ކާރިސާތައް ކުރިމަތިވަނީ ކީއްވެގެން ހެއްޔެވެ؟ ދުނިޔޭގައި ބޮޑެތި މައްސަލަތައް މިހައި ގިނަވެގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ 

މިހައި ގިނަ ބައަކު ބޮޑެތި ބަލިތަކުގައި މަރުވަމުން ދަނީ ކީއްވެގެން ހެއްޔެވެ؟ ހަނގުރާމަތަކާއި ޤަތުލް ޢާންމުތަކުގައި މިހައި ގިނަ ބައަކު މަރާލެވެމުންދަނީ ކީއްވެގެން ހެއްޔެވެ؟ އަދި އަހަރެމެން ދެކެ އެހައިބޮޑަށް ލޯބިވެވޮޑިގަންނަވާ ކަލަކު ވޮޑިގެންވާނަމަ މީސްތަކުންނަށް މިހައި ދަތިޙާލުގައި އުޅެން މިޖެހެނީ ކީއްވެގެން" ކަމާއިމެދު ސުވާލުނުއުފައްދާ ޒަމާނެއް ނުދެއެވެ. 

މިއީ ﷲ ތަޢާލާ ބާވައިލެއްވެވި ހުރިހާ ދީންތަކަކުންވެސް ޖަވާބުލިބޭ ސުވާލުތަކެކެވެ. ހުރިހާ ނަބީބޭކަލުންނާއި ރަސޫލް ބޭކަލުން މެދުވެރިކުރައްވަވައި ﷲ މީސްތަކުންނަށް ޖަވާބު އުނގަންނަވައި ދެއްވަވާފައިވާ ސުވާލުތަކެކެވެ.  

އެއްގޮތަކީ މީސްތކުންނަށް ﷲ ތަޢާލާ ދެއްވަވާފައިވާ އިޚްތިޔާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމެވެ. އަނެއް ގޮތަކީ އިމްތިޙާންތައް ކުރިމަތި ކުރެއްވެވުމެވެ. އަދި ތިން ވަނަ ގޮތަކީ އެބައެއްގެ ޢަމަލުތައް ނުބައިވެ ހައްދުފަހަމައަޅައިދިއުމުން ﷲ ތައާލާ ފޮނުއްވަވާ ކޯފާއެވެ.  

މުސްލިމުންނަށް ދީނުގައި ޘާބިތުވެ ތިބެވެން އޮތީ މިކަންކަމަށް ވަރަށް ބޮޑަށް ވިސްނައި ހޭލުންތެރިވެ އަދި ސަމާލުކަން ދީގެންނެވެ.

 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

 

މިއަދު އޮންލައިން