ރަމަޟާން މަހު ޚިދުމަތްދޭ ގަޑިތަކަށް އިމިގްރޭޝަން ބަދަލު ގެނެސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ރަމަޟާން މަހު ޚިދުމަތްދޭ ގަޑިތަކަށް އިމިގްރޭޝަން ބަދަލު ގެނެސްފި

ރަމަޟާން މަހު މޯލްޑިވްސް އިމިގްރޭޝަނުން ޚިދުމަތް ފޯރުކޮށްދެމުންދާ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފިއެވެ. މިގޮތުން ދިވެހި ޕާސްޕޯޓުގެ ޚިދުމަތާއި، ވިސާގެ ޚިދުމަތްތަކާއި، އެންފޯސްމެންޓް އެންޑް ކޮމްޕްލަޔަންސްގެ ޚިދުމަތުގެ އިތުރުން ސީޕޯޓްގެ ޚިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިމިގްރޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މާލެ ސަރަހައްދުގައި އިމުގާ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓުގެ ޚިދުމަތަށް 24 ގަޑިއިރު ހުށަހެޅޭނެއެވެ. އަދި 65 އަހަރުން މަތީގެ މީހުންނަށާއި އެމަޖެންސީ ޙާލަތްތަކުގައި ޕާސްޕޯޓް ބޭނުންވާ ފަރާތްތަކަށް، ކޮންމެ ދުވަހަކު ހެނދުނު 09:15 އިން 12:00 އާ ދެމެދު އިމިގްރޭޝަނަށް ހާޒިރުވެ އަދި އޮންލައިންކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެއެވެ.

ވިސާގެ ޚިދުމަތްތަކުގެ ތެރެއިން، އިމުގާ ޕޯޓަލް އަދި އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ހަވީރު 17:00 އަށް ވިސާއަށް އެދި ހުށަހެޅޭނެއެވެ. ވޯކް ވިސާއަށް އެދި ޕާސްޕޯޓު ހުށަހެޅުމުގެ ޚިދުމަތް ލިބޭނީ ކޮންމެ ދުވަހަކު ހެނދުނު 09:05 އިން 10:45 އަށެވެ. އަދި ވޯކް ވިސާ ފިޔަވައި އެހެނިހެން ވިސާތަކަށް އެދި ޕާސްޕޯޓް ބަލައިގަތުމާއި ވިސާ ޖެހުމުގެ ޚިދުމަތް ދެވޭނީ އެޕޮއިންޓްމަންޓް އުސޫލުން، ކޮންމެ ދުވަހަކު ހެނދުނު 09:05 އިން 12:00 އަށެވެ.

މީގެއިތުރުން، މެޑިކަލް އެމަރޖެންސީގެ ހާލަތެއްގައި ޕާސްޕޯޓުގެ ޚިދުމަތަށް އެދި 9555333 ނަންބަރަށް ގުޅުމުން ޚިދުމަތް ލިބޭނެކަމަށް އިމިގްރޭޝަނުން ވަނީ އަންގަވާފައެވެ. އަދި ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހު، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 09:00 އިން 13:00 އަށް އެންފޯސްމެންޓް އެންޑް ކޮމްޕްލަޔަންސްގެ ޚިދުމަތާއި ސީޕޯޓްގެ ޚިދުމަތް ލިބެން ހުންނާނެއެވެ.

މިއަދު އޮންލައިން