ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށާ ރައްޔިތުންގެ ޙާލު ގާތުން ބަލާ އެހީތެރިވުމަށް ޚާއްޞަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުން!: ހީނާ ވަލީދު

މިއަދު
ކިޔުމަށް ހޭދަވާނީ 51ސ
ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށާ ރައްޔިތުންގެ ޙާލު ގާތުން ބަލާ އެހީތެރިވުމަށް ޚާއްޞަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުން!: ހީނާ ވަލީދު

ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާގުޅިގެން ކަމާބެހޭ މުއައްސަސާތައް ގުޅިގެން ފެންހިންދުމުގެ މަސައްކަތާއި ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތްދަނީ ކުރަމުން ކަމަށާއި ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށާއި ރައްޔިތުންގެ ޙާލު ގާތުން ބަލާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތައް ގުޅިގެން ޚާއްޞަ ސަމާލުކަމަކާއެކު ދަނީ ކުރިއަށް ގެންދަވަމުން ކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާވަލީދު ވިދާޅުވެއްޖެއެވެ. 

އެމްއެންޑީއެފުން ބުނެފައިވަނީ: ފެން ހިންދުމަށް މާލޭގެ 6 ސަރަހައްދެއްގައި 13 ޕަންޕު ބަހައްޓައިގެން ސިފައިން މަސައްކަތްކުރަމުން ގެންދާ ކަމަށެވެ. 

އެސަރަޙައްދުތަކަކީ: 

- އައިޖީއެމްއެޗް.

- މާފަންނު ފެރީ ޓާމިނަލް.

- ވެސްޓްޕާކް 

- ސަލްމާން މިސްކިތް 

ـ ބޮޑުވަޅު

- ކުޑަކުދިންގެ ބަގީޗާ

މީގެ އިތުރުން ކ.ގުރައިދޫއާއި ކ.ހުރާގައި ފެން ހިންދުމުގައި ސިފައިން ދަނީ ހަރަކާތްތެރިވަމުން ކަމަށްވެސް ބުނެފައިވެއެވެ.

 

މިއަދު އޮންލައިން