މިހާރުކުރަމުންދާ ވިއްސާރައިގައި މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެފައިވާތީ ފެން ހިންދުމުގެ މަސައްކަތުގައި މިހާރު އަތުގައި ހުރި އެންމެ ބޮޑެތި ޕަމްޕްތައް ބޭނުންކޮށްގެން ފެންހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ތަންކޮޅެއް ތުނިކޮށްލާފައި އިރުކޮޅަކު އޮތުމަށްފަހު މިވަޤުތު އަނެއްކާވެސް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. އެހެންކަމުން އެމްއެންޑީއެފަގެ އިތުރުން ފުލުހުންނާއި ސިޓީތަކާއިބެހޭ ވުޒާރާ ގުޅިގެންވެސް ދަނީ މަސައްކަތްކުރަމުންނެވެ.
ފެންހިންދުމުގެ މަސައްކަތް އެންމެ ބާރަށް ކުރިއަށް ގެންދާއިރު ވެލިބަސްތާ ޖެހުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.