މާލޭގެ ސަރަހައްދުގެ 4 ހޮސްޕިޓަލުގެ އޯޕީޑީ ޚިދުމަތް މިއަދަށް ބަންދުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 50ސ
މާލޭގެ ސަރަހައްދުގެ 4 ހޮސްޕިޓަލުގެ އޯޕީޑީ ޚިދުމަތް މިއަދަށް ބަންދުކޮށްފި

މާލެ ސަރަހައްދަށް އިއްޔެ ހަވީރުން ފެށިގެން ވެހުނު ބޯ ވާރޭގެ ސަބަބުން މަގުތަކުގައި ފެން ބޮޑުވެފައިވާތީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)، ދަރުމަވަންތަ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލްގެ އައުޓް ޕޭޝަންޓް ޑިޕާޓްމަންޓް (އޯޕީޑީ) މިއަދަށް ބަންދުކޮށްފިއެވެ.

މި ހޮސްޕިޓަލްތަކުގެ އޯޕީޑީ ބަންދުކުރަން ނިންމާފައިވަނީ ހޮސްޕިޓަލްތަކުގެ ސަރަހައްދުގައި ފެން ބޮޑުވެ، ބަލިމީހުންނަށް ހޮސްޕިޓަލްތަކަށް ދަތުރުކުރުމުގައި ދަތިތަކާ ކުރިމަތިވެދާނެތީއެވެ.

ނަމަވެސް، އައިޖީއެމްއެޗުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހަތަރު ހޮސްޕިޓަލުގައިވެސް އިންޕޭޝަންޓް ޑިޕާޓްމަންޓް (އައިޕީޑީ)ގެ ޚިދުމަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެއެވެ.

މާލެ ސަރަހައްދަށް އިއްޔެ ހަވީރުން ފެށިގެން ރޭ ފަތިހާ ޖެހެންދެން މެދުނުކެނޑި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، އާންމު ރައްޔިތުންގެ ދަތުރުފަތުރަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވެއެވެ.

މިއަދު އޮންލައިން