ތިމާގެ އުފަލަށްޓަކާ ކައިވެނި ރޫޅާލަން ބޭނުންވުމުން އަނެކާގެ ބޮލުގަ ދޮގު އިލްޒާމްތައް އަޅުވާ މީހަކަށް ފާފަ ބޮޑުވާނެ! ދުނިޔޭގަވެސް ކަރުނައަޅަން ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ތިމާގެ އުފަލަށްޓަކާ ކައިވެނި ރޫޅާލަން ބޭނުންވުމުން އަނެކާގެ ބޮލުގަ ދޮގު އިލްޒާމްތައް އަޅުވާ މީހަކަށް ފާފަ ބޮޑުވާނެ! ދުނިޔޭގަވެސް ކަރުނައަޅަން ޖެހޭނެ!

ލޮބުވެތި އެކުވެރިންނޭވެ! މިއަދު އެކަމަށް ނުވިސްނައި ތިބިނަމަވެސް އެއީ އަންނާނެ ދުވަހެކެވެ. އަންނާނެ ވަޤުތެކެވެ. މިބުނަނީ ޤިޔާމަތް ދުވަހާއި ޙިސާބު ބެއްލެވުމުގެ ވާހަކައެވެ. އެކަމަށް ކުރިމަތިލާން ނުޖެހޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ.  

ލޮބުވެތި އެކުވެރިންނޭވެ! މިއަދު ގިނަ ބައަކު އެމީހުންގެ އަމިއްލަ އުފަލަށްޓަކައި ކައިވެނިރޫޅާލަން ބޭނުންވުމުން އަނެކާގެ ބޮލުގައި ބޮޑެތި ދޮގު އިލްޒާމްތައް އަޅުވައެވެ. ނުކުރާ އެތައް ކަމެއް ކުރިކަމަށްބުނެ މީސްތަކުންގެ ކުރިމަތީގައި އަނެކާގެ އަގުވައްޓާލައެވެ.  

ލޮބުވެތި އެކުވެރިންނޭވެ! ކޮންމެ ސަބަބެއް މެދުވެރިވެގެން ނަމަވެސް އަދި ތިމާގެ އަމިއްލަ އުފަލަށްޓަކައި ނަމަވެސް ކައިވެނި ރޫޅާލަން ބޭނުންވެއްޖެނަމަ އެގޮތަށް ކަންތައް ނުކުރާށެވެ! ޢަދުލުވެރިވާށެވެ! އަނެކާގެ ބޮލުގައި ޙައްޤު ނޫން އިލްޒާމްތައް ނާޅުވާށެވެ! ރިވެތި ގޮތުގައި ކަންކަން ކުރާށެވެ!  

ލޮބުވެތި އެކުވެރިންނޭވެ! ބައިވެރިޔާ އާއިމެދުގައިނަމަވެސް ޢަދުލުވެރިނުވުމަކީ ކުރެވޭ ފާފައެކެވެ. ޙައްޤު ނޫން އިލްޒާމްތައް އެޅުވުމާއި އަދި މީސްތަކުންނަށް ފަޟީޙަތްކުރުމަކީ ފާފަ އިތުރަށް ބޮޑުވެގެންދާނެ ކަމެކެވެ. އަދި ކީއްހެއްޔެވެ؟ އަނިޔާވެރިވާ ކޮންމެ މީހަކަށްވެސް އެކަމުގެ ހިތިކަން ދުނިޔޭގައިވެސް ތަޖުރިބާކުރަން ޖެހެއެވެ. އެއްވެސް މީހަކަށް އަނިޔާވެރިވެފައި ތިމާއަށް އުފަލުގައި ހުރެވޭނެކަމަށް ހީނުކުރާށެވެ! އެއީ މޮޔަވިސްނުމެކެވެ. އެމީހަކު ކުރިކަމެއް އެމީހަކާއި އަރައިހަމަކުރާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން