މިއީ މާބުރަ މަސައްކަތަކާ ނުލާ ތިބާގެ މީޒާން ތިބާގެ ކޮޅަށް އެތައްހާސް ގުނައަކަށް ބުރަކޮށްލަން އެންމެ ރަނގަޅު ވަޤުތު! އެންމެ ފުރުޞަތު ބޮޑުވެސް ވަޤުތު!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
މިއީ މާބުރަ މަސައްކަތަކާ ނުލާ ތިބާގެ މީޒާން ތިބާގެ ކޮޅަށް އެތައްހާސް ގުނައަކަށް ބުރަކޮށްލަން އެންމެ ރަނގަޅު ވަޤުތު! އެންމެ ފުރުޞަތު ބޮޑުވެސް ވަޤުތު!: މުފްތީ މެންކް

މީސްތަކުންނޭވެ! ޢުމުރުން ވީދުވަހަށް ނުބަލާށެވެ! ކުރެވިފައިވާ ފާތަކުގެ ޢަދަށާއި ބޮޑުކުޑަމިނަށްވެސް ނުބަލާށެވެ! މިދޭ ނަޞޭޙަތް އަޑުއަހައި ޢަމަލުކުރަން އަވަސްވެގަންނާށެވެ!  

ކުރެވެމުން އަންނަ ފާފަތައް ކުރުން ހުއްޓައިލާށެވެ! އެކަންކުރަންވީ ތިމާއަށް ވިސްނި ﷲ ތަޢަލާގެ މަގަށް އެނބުރި ރުޖޫޢަވުމަށްޓަކައެވެ. ﷲ ތަޢާލާއަށް ބިރުވެތިވާ ހާލުގައެވެ. އަދި ތައުބާވެ އިތުރު ފާފައެއް ނުކޮށް ހުންނަން ގަދައަޅައި މަސައްކަތްކުރަމުން ގެންދާށެވެ. އެއިރުން ތިބާއަށް ކުރިން ކުރެވިފައިވީ ފާފަތައް އެއީ ކުރެވުނު ހެޔޮ ޢަމަލުތަކަކަށް ބަދަލުކޮށް ދެއްވަވަން ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ.

ވިސްނާލަންވީ އެއިރުން މީޒާން ތިބާގެ ކޮޅަށް ބުރަވެގެންދާނެ މިންވަރަށެވެ. އެތައް ހާސްގުނައަކަށް ތިބާގެ ކޮޅަށް ބުރަވެގެންދާނެ ކަމާއިމެދުގައެވެ.

މިއީ އެކަމަށް އެންމެ ރަނގަޅުވަޤުތެވެ. އެންމެ ފަހިފުރުޞަތު އޮތް، އެންމެ ފަސޭހަވާނެވެސް ވަޤުތެވެ. އެހެނީ ބަރަކާތްތެރި ރަމަޟާންމަސް ފެށުމާއިއެކު ﷲ ތަޢާލާ ވާނީ ޝައިޠޯނުންތަކުގެ ތެރެއިން ބޮޑެތި މާރިނދުންތައް ކަސްތޮޅު އަޅުއްވަވައިފައެވެ. މިހާރު ވީއްލިފައި ތިބޭނީ ކުދި ޝައިޠޯނުންތަކެވެ. ވީމާ ޝައިޠޯނުންތަކުގެ ނުފޫޒު އެންމެ ކުޑަވާނީ މިވަޤުތުގައެވެ. ވީމާ ކުރެވޭ ފާފަ ކުރުން ހުއްޓާލަން މިވަޤުތަށްވުރެ ފަސޭހަ ވަޤުތެއް ނުވާނެއެވެ.

ﷲ ތަޢާލާ ދެއްވަވާފައިވާ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ! މީޒާން ތިބާގެ ކޮޅަށް ބުރަކޮށްލައި ސުވަރުގެ ވަދެވޭ މީހުންގެ ތެރެއިންވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! އެއަށްވުރެ ފައިޑާހުރި އެއްވެސް ކަމެއް ނެތެވެ.

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

 

 

 

 

 

 

މިއަދު އޮންލައިން