ޙަސަދައާ އެސްފީނާއަށް ސަމާލުވޭ! ބައިވެރިޔާ ތިބާދެކެ ވާލޯބި އަންގައިދޭ އެންމެ ފޮޓޯއަކުންވެސް ދިރިއުޅުމުގެ އުފާވެރިކަން ގެއްލި ދެމަފިރިން ވަކިވާންވެސް ޖެހިދާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ޙަސަދައާ އެސްފީނާއަށް ސަމާލުވޭ! ބައިވެރިޔާ ތިބާދެކެ ވާލޯބި އަންގައިދޭ އެންމެ ފޮޓޯއަކުންވެސް ދިރިއުޅުމުގެ އުފާވެރިކަން ގެއްލި ދެމަފިރިން ވަކިވާންވެސް ޖެހިދާނެ!: މުފްތީ މެންކް

ރުޤްޔާ ކޮސްދޭނެ ރަނގަޅު މީހަކު ނުލިބިގެން ގިނަ ބައަކު ކަންބޮޑުވެ ތެޅިފޮޅެނީއެވެ. ރުްްޔާކުރާ މީހުންގެ އެހީހޯދަން ކިޔޫ ދިގުވެގެންދަނީއެވެ. އެކަމަކު ބުނަންހެއްޔެވެ؟ އެއިގެ ތެރެއިން ގިނަ ބައަކީ އެމީހުންނަށް އަމިއްލައަށް ކުރެވޭ ކަންކަމުގެ ސަބަބުން އެޙާލަތަށް ވެއްޓެންޖެހޭ ބައެއް ކަމަށް ބުނަން ޖެހިލުމެއް ނުވަމެވެ. ސަބަބު މިކިޔައިދެނީއެވެ. 

އަހަރެމެން ކޮންމެ މީހަކުވެސް ކައިވެނިކުރާނީ އުފާވެރި ޙަޔާތަކަށް އެދިގެންނެވެ. ބައިވެރިޔާއަކީ ތިމާދެކެ ލޯބިވާ، ހެޔޮލަފާ މީހަކު ކަމުގައިވުމަށް އެދިގެންނެވެ. ނަމަވެސް އެކަން އެގޮތަށް ޙާޞިލުކުރެވެނީ ވަރަށް މަދު މީހަކަށް ކަމުގައި މިއަދު މިއޮތީވެފައެވެ. 

ގޭގައި ގުޅުޖެހުމަކީ ކޮބައިކަމާއި ގޭގައި ހުޅުޖެހީމާ ވާނެ ގޮތް އެނގޭހެއްޔެވެ؟ ގޭގައި ހުޅުޖެހުމަކީ ދިރިއުޅުމުގެ ހުރިހާ ކަންކަން އިމެއްނެތި ސޯޝަލް މީޑިއާގައި ހާމަކުރަމުންދިއުމެވެ. ދެމީހުން ކޮފީއެއް ބޯލަންދިއަނަމަވެސް، ކެއުމަށް ދިއަނަމަވެސް ދަތުރަކު ދިއަނަމަވެސް އަދި އެނޫންތަނަކަށް ދިއަނަމަވެސް އަދި އެނޫންވެސް ދެމަފިރިން އެކުގައި ކުރާ ކަންކަމުގެ ފޮޓޯތަކާއި ވީޑިއޯތައް އެންމެންނަށް ހާމަކުރުމެވެ. 

ހުޅުޖެހީމާ ވާގޮތަކީ ކޮންމެވެސް މީހަކު ނުވަތަ ބައަކު އެސްފިނާލަނީއެވެ. އެންމެ މީހެއްގެ އިސްފީނާއިންވެސް މުޅި ދިރިއުޅުން ބަނގުރޫޓުވެ ބިލާހަކަށްވެގެން ހިނގައިދާނެއެވެ. އެކްނަ އެހެން އެވަނީ ޤަޞްދުގައި އެކަން ކުރާތީއެއްވެސް ނޫނެވެ. ތިމާއަށްވެސް ބޭނުންވެ، ނުލިބި ހުރި ކަންތައްތަކެއް އެހެން މީހަކަށް ލިބި އުފަލުގައި ދިރިއުޅޭކަން އެނގުމުން ޙަސަދަވެރިވެވެނީއެވެ. އެ ޙަސަދަ އެސްފީނާއަކަށް ބަދަލުވެ އުފާވެރި ދިރިއުޅުން އަނދައިގެންދަނީއެވެ. 

މީސްތަކުންނޭވެ! ތިބާއަށް ﷲ ތަޢާލާ ނިޢްމަތެއް ދެއްވެވުމުން އެހެން މީހުންފައިދާކުރާނެ ފިލާވަޅަކަށްވެދާނެ ކަންކަމާއި ﷲ ތަޢާލާއަށް ޝުކުރުވެރިވުމުގެ ގޮތުން ހާމަކުރަންޖެހޭ ކަންކަން ނޫން ކަންކަން އެންމެންނަށް ހާމަނުކުރާށެވެ. ނޫންނަމަ އެކަމަކީ ގޭގައި ޖެހޭ ހުޅަކަށްވެ އަނދައިގެން ހިނގައިދާނެއެވެ. 

ހުޅުޖެހީމާ ވާނެ ގޮތް އެނގޭ ހެއްޔޭ ކުރި ސުވާލުގެ ޖަވާބުގައި އެންމެންވެސް ބުނާނީ އަލިފާން ރޯވެ އަނދައިގެންދާނީ ކަމަށެވެ. އެއީ ހަމަ ތެދެއްވެސް މެއެވެ. މިއަލިފާނުގައި ތަފާތަކީ ހުޅުގަނޑުން ރޯވާ އަލިފާން ލޮލަށް ނުފެނި، އަނދައިގެންދަނީކަންވެސް ނުއެނގި އަނދައިގެންދާ ކަމެވެ. އެއީ އަދި މާދެރަގޮތެއް ނޫން ހެއްޔެވެ؟ 

ވީމާ ﷲ ތަޢާލާ އުފާވެރި ދިރިއުޅުމެއް ދެއްވެވުމުން އަމިއްލައަށް ހުޅުޖަހައި އަންދައިލާ މީހަކަށް ނުވާށެވެ. އެކަންކޮށްފިނަމަ އެކަމުގެ ޛިންމާ އުފުލަންޖެހޭނީ ހުޅު ޖެއްސުވި މީހާއަށެވެ. އެއީ މިބަޔާންކުރި މަގުން އަމިއްލަ ދިރިއުޅުމުގެ ކަންކަން ހާމަކުރި މީހެކެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން  

 

 

މިއަދު އޮންލައިން