ގިނަ ސަބަބުތަކަކާއެކު ރޯދަމަހުގެ ފުރަތަމަ ދުވަހު ކަރްންޓް ބޭނުންކުރި ޖުމުލަ ދަށްވެއްޖެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ގިނަ ސަބަބުތަކަކާއެކު ރޯދަމަހުގެ ފުރަތަމަ ދުވަހު ކަރްންޓް ބޭނުންކުރި ޖުމުލަ ދަށްވެއްޖެ!

ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލެއާއި، ހުޅުމާލޭގައި ކަރަންޓު ބޭނުންކުރެވިފައިވާ ގޮތަށް ބަލާއިރު، ވިއްސާރަ ދުވަހަކަށްވުމުންނާއި، ސްކޫލްތަކާއި އޮފީސްތައް ބަންދުވުމާއެކު، ކަރަންޓު ބޭނުން ކުރި މިންވަރު ވަނީ ވަރަށް ބޮޑުތަނުން ދަށަށްގޮސްފައިކަމަށް ސްޓެލްކޯއިން ބުނެފިއެވެ. 

އެގޮތުން އެންމެ ޕީކްގައި 78 މެގަވޮޓް ހޮނިހިރު ދުވަހު ބޭނުންކޮށްފައިވާއިރު، ރޯދަ މަހުގެ ކުރިން ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރާ މިންވަރު އެވްރެޖްކޮށް ހުރީ 100 މެގަވޮޓް އިން މަތީގައި ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ބުނީ ހޫނުގަދަވުމުން ކަރަންޓް ބޭނުންކުރެވޭ މިންވަރު އިތުރުވުމުގެ އިތުރަށް ޢާންމުކޮށް ރަމަޟާން މަހު ކަރަންޓް ބޭނުންކުރެވޭވަރު އިތުރުވާ ކަމަށާއި ބޭނުންވަނީ ކަސްޓަމަރުންނަށް ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދޭން ކަމަށެވެ. އެހެންވެ މި ރަމަޟާން މަހު ކޮންމެ ދުވަހަކުވެސް އެދުވަހަކު ކަރަންޓް ބޭނުންކުރެވުނު ޖުމުލަ ހާމަކުރަމުން ގެންދާނެ ކަމަށެވެ.

 

މިއަދު އޮންލައިން