ފަހުގެ ހޯދުންތަކުން އެނގޭގޮތުގައި އަންހެނުންނަށް ޚާއްޞަ ބައެއް ބައެއް ބަލިތައް ޖެހުމުން އެކަމަށް އިހްމާލްވުމަކީ ހިތުގެ ބަލިތަކަށް ޖެހުމަށާއި އަދި ސްޓްރޯކް ޖެހުމަށް މަގުފަހިވާ ކަމެކެވެ. އެހެންވެ އެކަމަށް ހޭލުންތެރިކުރުވުމަށް ތަފާތު ޕްރޮގްރާމްތައް މިހާރު ހިންގައެވެ.
ފުރަތަމަ ފިޔަވީގެ ދިރާސާތަކުންވެސް އެނގޭ ގޮތުގައި އަންހެނުންގެ ބަލިތައް ކަމަށް ބެލެވޭ ބަލިތަކަށް ފަރުވާކުރުމުގައި އިހްމާލްވާނަމަ ރިސްކް 28 އިންސައްތައަށް އިތުރުވެގެންދެއެވެ. އަދި އިސްކެމިކް ހާޓް ޑިޒީޒް (ހިތުގެ ލޭހޮޅިތައް ހިމަވުމުން ހިތަށް ލިބޭ ގެއްލުން) ޖެހުމުގެ ނުރައްކާ 41 ޕަސެންޓް އިތުރުވި އެވެ. މިއީ މަދު ޢަދަދެއް ނޫނެވެ.
އޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (PCOS) އަކީ އޯވަރީގައި އިތުރު ހޯރމޯންތައް އުފެއްދުމުން ދިމާވާ ހޯރމޯން އިމްބެލެންސް އެކެވެ. މިކަމުގެ ސަބަބުން މައްސަރު ކަންތައް ގަވާއިދާ ހިލާފަށް އުފެދުމާއި، ޕީރިއަޑް ގެއްލުމާއި، ފިހިގަނޑު އުފެދުމާއި، އާދަޔާ ހިލާފަށް އިސްތަށިފެޅުމާއި، ފަލަވުމާއި، ދަރިމައިނުވުން ފަދަ ކަންކަން މެދުވެރިވެއެވެ. "އެންޑޯމެޓްރިއޯސިސް ފަދައިން މިއީ ވަރަށް އާންމު ކަމެއް ދަރިން އުމުރުގެ އަންހެނުންގެ 15 އިންސައްތަ މީހުންނަށް ޕީސީއޯއެސް ޖެހިފައިވެއެވެ."
އަނބިންނަށް ކަންކަން ކުރިމަތިވުމުން ތިއައީ ހުރިހާ އަންހެނުންނަށްވެސް ކުރިމަތިވާ ކަމެއް ކަމަށް ބަލައި ދޭންޖެހޭ ސަމާލުކަން ނުދީ ފަރުވާކުޑަކުރެވެއެވެ. އެޙާލަތުގައި އަނބިންވެސް އެކަން އެގޮތަށް ޤަބޫލުކޮށް ޝަކުވާކުރުން ހުއްތާލައެވެ. ކިރިޔާވެސް ތެދުވެ އުޅެވޭނަމަ އެއީ މައްސަލައެއް ނޫންކަމަށް ބަލައި ފަރުވާކުޑަކުރެވެއެވެ.
އެހެން ނުހަދާށެވެ! އަންހެނުންގެ ޚާއްޞަ ޑޮކްޓަރުންނަށް ދައްކައި ފަރުވާކުރާށެވެ! ފަރުވާނުކޮށް ގިނަދުވަސްވުމުން ލިބޭ ދެރަ މާބޮޑުވެދާނެ ކަމަށް އަބަދުވެސް ޤަބޫލުކުރަންވާނެއެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު