ރަމަޟާން މަހު ކޮންމެ ދުވަހަކުވެސް 2 ކިޔުންތެރިންނަށް ކޮންމެ ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިއަދުގެ ސުވާލު!: ކިތަންމެ ކުޑަމިންވަރެއް ދިނަސް ޞަދަޤާތް ކުރިކަމަށްވާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ރަމަޟާން މަހު ކޮންމެ ދުވަހަކުވެސް 2 ކިޔުންތެރިންނަށް ކޮންމެ ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިއަދުގެ ސުވާލު!: ކިތަންމެ ކުޑަމިންވަރެއް ދިނަސް ޞަދަޤާތް ކުރިކަމަށްވާނެތަ؟

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެވެސް ބަރަކާތްތެރި ރަމަޟާން މަސް ފެށުމާއިއެކު ކިޔުންތެރިންނަށް ހުށަހަޅާ ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން 2 ކިޔުންތެރިންނަށް، ކޮންމެ ދުވަހަކުވެސް 4 ފުޅި ހުވަނދު ލިބިލައްވާނެއެވެ. 

މިއަދުގެ ސުވާލު:

ކިތަންމެ ކުޑަމިންވަރެއް ދިނަސް ޞަދަޤާތްކުރިކަމަށްވާނެތަ؟ 

އެހީ:

ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް ﷲ ތަޢާލާއަށްޓަކައި މީހަކަށް އެއްޗެއް ދީފިނަމަ އެކުރެވުނީ ޞަދަޤާތެކެވެ. ވަކިލާރިއެއް ނަމަވެސްމެއެވެ. 

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިއަނބިކަނބަލުން ވަނީ އަތްޕުޅުގައި އޮތް އެންމެ ކަދުރު އޮށްވެސް ޞަދަޤާތް ކުރައްވަވައިފައެވެ. އަދި ކަދުރުއޮށެއްގެ ފަޅިވަރަކުން ނަމަވެސް ޞަދަޤާތްކޮށް ނަރަކައިގެ އަލިފާނުން ސަލާމަތްވުމަށް ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ. 

މިހުރިހާ ކަމަކުން ވެސް އެނގެނީ ކިތަންމެ ކުޑަމިންވަރަކުން ނަމަވެސް ޞަދަޤާތް ކުރެވޭނެ ކަމެވެ. އަދި އެޞަދަޤާތް ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނެ ކަމެވެ.

ތަނަވަސްކަން ހުރިނަމަ ވިސްނާލަން އޮތް ކަމަކީ ތިމާގެ ކިބައިގައި ތަނަވަސްކަންހުރިވަރު ﷲ ތަޢާލާ ދެނެވޮޑިގެންވާ ކަމެވެ. އަދި ދިންވަރުވެސް އެކަލާނގެ ދެނެވޮޑިގެންވާކަމެވެ. 

1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ. 

2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.

3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެ ނުލައްވައިފިނަމަ މުސައްލައިގެ ބަދަލުގައި ލިބިލައްވާނީ 4 ފުޅި ހުވަނދެވެ. އެއީ ބައެއް ކިޔުންތެރިންނާއި ނުވެސް ގުޅުމާއި މުސައްލަ ބޭނުންވާ މީހުން ގިނަކަމުން ވީހާ ގިނަ ބައަކަށް ރޯދައިގެ ކުރިން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.  

 

 

މިއަދު އޮންލައިން