ތަނަވަސްކަން ހުރި މީހުން ރީތި ފޭރާންލާތީ ބަސްނުބުނާށެވެ! އެއީ އެމީހުންގެ ބޮޑާކަމެއް ނޫނެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ތަނަވަސްކަން ހުރި މީހުން ރީތި ފޭރާންލާތީ ބަސްނުބުނާށެވެ! އެއީ އެމީހުންގެ ބޮޑާކަމެއް ނޫނެވެ!: މުފްތީ މެންކް

ތަނަވަސްކަން ހުރީތީ އަގުބޮޑު، ރީތި ފޭރާންލައި އުޅުމުން ބައެއް މީހުން ނަފްރަތުގެ ބަސް ބުނެއެވެ. ނަމަވެސް އެއީ އެބާވަތުގެ ބަހެއް ބުނަން އޮތް ސަބަބެއް ނޫނެވެ. އެފަދަ ބަހެއް ބުނާނަމަ އެވެވެނީ ޙަސަދަވެރިއެވެ.  

ﷲ ތަޢާލާ މީހަކަށް ތަނަވަސްކަން ދެއްވަވައިފިނަމަ ތަނަވަސްކަން ލިބިގެންވާ މިންވަރަކުން އަގުބޮޑު، ރީތި ފޭރާންލައި އެމީހަކަށް ﷲ ތަޢާލާ ދެއްވަވާފައިވާ ތަނަވަސްކަން މީސްތަކުންނަށް ދެއްކުމަށް ރަސޫލް ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.  

އަގުބޮޑު، ރީތި ފޭރާންލުމަކީ ކިބުރުވެރިކަމާއި ބޮޑާކަމުގެ ސިފައެއް ނޫނެވެ. ކިބުރުވެރިކަމާއި ބޮޑާކަންވަނީ ހިތުގައެވެ. އެކަންކަން ފެންނާނީ އެމީހެއްގެ ޢަމަލުތަކުންނެވެ.  

ކިތަންމެ ރީތި ފޭރާމެއްލައިގެން ހުންނަ މީހާއަށްވެސް މަޑުމޮޅި، ހިތްތިރި މީހަކަށް ވެވިދާނެއެވެ. އަދި ހަމަ އެފަދައިން ފަޤީރުކަމުން ކިތަންމެ ބައު ފޭރާމެއް ލައިގެން ހުރިނަމަވެސް އެމީހަކީ ބޮޑާ، ކިބުރުވެރިއަކު ކަމުގައި ވެވިދާނެއެވެ.  

ވީމާ ތަނަވަސްކަން ހުރިނަމަ ރިވެތި ފޭރާންލާށެވެ. އެއީ ކުރަންޖެހޭނެ ކަމެއްކަން ޙަދީޘްފުޅުން ފެންނަން އެއޮތީއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން