ސިކުނޑީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރަން އެންމެ ފައިދާހުރި ކަންކަމުގެ ތެރޭގަ ޤުރްއާނާ ގުޅުން ބަދަހިކުރުމާ ދެމަފިރިންގެ މެދުގަ ހަމަޖެހުން އޮތުން ހިމެނޭކަން ހާމަވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ސިކުނޑީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރަން އެންމެ ފައިދާހުރި ކަންކަމުގެ ތެރޭގަ ޤުރްއާނާ ގުޅުން ބަދަހިކުރުމާ ދެމަފިރިންގެ މެދުގަ ހަމަޖެހުން އޮތުން ހިމެނޭކަން ހާމަވެއްޖެ!

ގިނަ ބައަކަށް ޤަބޫލުކުރެވެނީ ސިކުނޑީގެ ދުޅަހެޔޮކަން ގެއްލި ހަނދާން ނެތުން ފަދަ ކަންކަން ކުރތިމަތިވާން ފަށަނީ ޢުމުރުން ދުވަސްވުމުން ކަމަށެވެ. 60 އިން މައްޗަށް ދިއުމުން ކަމަށެވެ. ނަމަވެސް ފަހުގެ ދިރާސާތަކުން އެނގޭ ގޮތުގައި ސިކުނޑީގެ ދުޅަހެޔޮކަމަށް ދޭންޖެހޭ ސަމާލުކަން ނުދެވޭނަމަ 30 އަހަރުހައި ޒުވާން ޢުމުރުގައިވެސް ސިކުނޑިއަށް މައްސަލަތައް ކުރިމަތިވެއެވެ. 

ސިކުނޑީގެ ދުޅަހެޔޮކަން ރަނގަޅު ގޮތުގައި ދެމެހެއްޓުމަށް ފައިދާކުރާނެ ކަންކަމުގެ ތެރޭގައި ކަންކަމަށް ވިސްނައި ދިރާސާކުރުން ހިމެނޭކަން ފާހަގަކުރެވެއެވެ. ޤުރްއާނާއި ގުޅުން ބަދަހިކުރުން އަހުރެން މިފާހަގަކުރަނީ އެއަށްވުރެ ފައިދާކުރާނެ އެހެން ކަމެއް ނެތުމުންނެވެ.

ޤުރްއާނާއި ގުޅުން ބަދަހިކުރުމަކީ ހަމައެކަނި ބަލައިގެން ކިޔެވުމެއް ނޫނެވެ. މާނަ އުނގެނި ތަފްސީރުވެސް އުނގެނުމެވެ. އެކަމަށް މަސައްކަތްކުރާމީހާގެ ހިތުގައި އަބަދުވެސް އެކަމަށް ޝައުޤުވެރިކަން އޮންނާނެއެވެ. ވީމާ ސިކުނޑީގައި އަބަދުވެސް އެކަމަށް ޝައުޤުވެރިކަން އޮންނާނެއެވެ. އެއިރުން ސިކުނޑިއަށް އެކުރެވެނީ އެންމެ ހެޔޮކަންބޮޑު މަސައްކަތެވެ. އެކަމުގެ ސަބަބުން ސިކުނޑިއަށް ދާނީ ދުޅަހެޔޮކަން އިތުރުވަމުންނެވެ. 

ހަމަ އެއާއިއެކު ސިކުނޑިއަށް ބުރަބޮޑުނުވެ ސިކުނޑިއަށް ހަމަޖެހުން ލިބިގެން ހުރުމަކީ ސިކުނޑީގެ ދުޅަހެޔޮކަން އިތުރުވާ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ. ސިކުނޑިއަށް ދުޅަހެޔޮކަން ލިބޭނެ، އަދި އިތުރުވާނެ ކަމެއްގެ ގޮތުގައި ދެމަފިރިންގެ މެދުގަ ހަމަޖެހުން އޮތުން މިފާހަގަކުރަނީ އެސަބަބަށްޓަކައެވެ. 

ދެމަފިރިންގެ މެދުގައި ހަމަޖެހުން ނެތްނަމަ އެމީހަކަށް އަބަދުވެސް ހުންނަން ޖެހޭނީ ކަންބޮޑުވުމުގެ ތެރޭގައެވެ. އެކަކު އަނެކަކަށް މަކަރުހަދައި ނުބައި ގޮތްގޮތަށް އުޅެވޭނަމަ އަބަދުވެސް ހުންނަން ޖެހޭނީ އެކަމަށް ވިސްނުމުގައެވެ. އެކަމުގެ ސަބަބުން ސިކުނޑީގެ ދުޅަހެޔޮކަމަށް ނުރަނގަޅު އަސަރުތަކެއް ކުރާނެއެވެ. 

މިހުރީ ހަަމ ކޮންމެ މީހަކުވެސް ވިސްނަންވީ ކަންކަމެވެ. ހަނދާން ނެތުމުގެ މައްސަލަތައް ކުރިމަތިނުވެ، ލޭމައްޗަށް ދިއުމުގެ ބަލި ނުޖެހި ހުރުމަށްޓަކައި ހިތާއި ސިކުނޑީގެ ދުޅަހެޔޮކަން އިތރުކުރަން މަސައްކަތްކުރަންޖެހެއެވެ. މިއީ އެގޮތުން އެންމެ ފަސޭހައިން ކުރެވިދާނެ ކަންކަމެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން