ޢާއިޝަތު ރަފާޙް ޢަލީ
އުޘްމާން ރަޟީޔަ ﷲ ޢަންހުގެ އެކައުންޓެއް މިހާރުވެސް އެބައޮތްކަމާއި އެއެކައުންޓަށް މިހާރުވެސް ފުނިފުންޏަށް މިހާރުވެސް ޖަމާވަމުންދާކަން ތިޔަބޭފުޅުންނަށް އެނގިލައްވާތޯއެވެ. އަޅުގަނޑު މިޙިއްސާ ކޮށްލަނީ ފެއާރީ ޓޭލްއެއް ނޫނެވެ. والله
އެކަލޭގެފާނު އަވަހާރަވިތާ އެއްހާސް އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ނަމަވެސް އެކަލޭގެފާނުގެ ނަންފުޅުގައި އެކައުންޓެއްގެ ފައިސާ ބަހައްޓާފައި ވެއެވެ.
މުހާޖިރުން މަދީނާއަށް ހިޖުރަކުރިހިނދު، މަދީނާގެ ފެން ޒަމްޒަމް ފެނަށް ވުރެ ތަފާތުތަކެއް ހުއްޓެވެ. އެކަމުގެ ސަބަބުން އެބޭކަލުންނަށް އެކަމަށް ހޭނުމަށް އުދަނގޫތަކެއް ކުރިމަތިވެވަޑައިގަތެވެ. ނަމަވެސް އެބޭކަލުން ޔަހޫދީންގެ ވަޅެއް ކަމުގައި ބިއުރު އައްރުމަހް އިން ފެނުގެ ރަހަ ބައްލަވާ ވަޑައިގެންފައިވެއެވެ. އެފެން ތަންކޮޅެއް ރަނގަޅެވެ.
ދެން ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވީ، މިވަޅު ގަނެގެން ސުވަރުގެ ގަންނަން ބޭނުންވަނީ ކާކުހެއްޔެވެ. ވަޅެއް ގަނެގެން ސުވަރުގެ ގަނެވުން!
بسم الله ތިޔަބޭފުޅުން ސުވަރުގެ ގަންނަން ދޭނީ ކޮން އަގެއްތޯ؟
ދެން ޢުޘްމާން ރަޟީޔަ ﷲ ޢަންހު الله ތަޢާލާއަށްޓަކައި މިވަޅު ބައްލަވާގަތްހިނދު الله ތަޢާލާ ގެ ރަޙްމަތްފުޅުން އެވަޅުގެ ވަށައިގެން ކަދުރު ރުއްތައް ހެދެން ފެށިއެވެ. އަދި އެއަށްފަހު މުސްލިމުންގެ ކޮންމެ ސަރުކާރަކަށްވެސް އުޘްމާނުގެފާނުގެ ވަޤުފު ބެލެހެއްޓުމަށް الله ތަޢާލާ ތައުފީޤް ދެއްވެވިއެވެ.
އަދި މިޒަމާނުގައި އުޘްމާނުގެފާނުގެ ވަޤުފުން ފައިސާ ބޭނުންކޮށްގެން މަދީނާގައި ހޮޓާތައް އެޅުމަށް ހަމަޖެހިފައިވާ ބޮޑު ބިމެއް ގަތެވެ. އެހުރިހާ ތަކެއްޗަކީވެސް ވަޤްފުން ކުރާ ކަންކަމެވެ.
އެއީ އަހަރަކު 50 މިލިއަން ޑޮލަރު ލިބޭނެ ކަމެކެވެ.
އެއީ ކޮންމެ އަހަރަކުވެސް ރަސޫލުالله ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސަބަބުން އުޘްމާން އިބްނު އައްފާންގެ ބޭންކް އެކައުންޓުން ފަޤީރުންނަށް ކާންދިނުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންކުރާނެ އެއްޗެކެވެ. އެކަމުން ޢުޝްމާންގެފާނުގެ އާޚިރަތް ދުވަހުގެ އެކައުންޓަށް ޖަމާވަމުންދާނެ މިންވަރު ވިސްނުމަށް ގެންނާށެވެ!
ތިމާ ދުނިޔޭގައި ނެތަސް އާޚިރަތް ދުވަހުގެ އެކައުންޓަށް އިތުރުވާނެ ހެޔޮ ޢަމަލުތައް ކުރުން ގިނަކުރަންވީ މިފަދަ ސަބަބުތަކަށްޓަކައެވެ.
- ޑރ ސާޖިދް ޢުމަރުގެ ވާހަކަފުޅަކުން