ޢުމުރުން 60 އިން މަތިވުމުން ދުނިޔެއާ އުޅުން ހުއްޓާލައި މަރަށް ތައްޔާރުވާން މަސައްކަތް ފަށަން ޖެހޭނެ!: ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ޢުމުރުން 60 އިން މަތިވުމުން ދުނިޔެއާ އުޅުން ހުއްޓާލައި މަރަށް ތައްޔާރުވާން މަސައްކަތް ފަށަން ޖެހޭނެ!: ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ

ހަމަ ކޮންމެ މީހަކަށްވެސް އެނގޭކަމެއް އޭނާއަކީ އަބަދަށް މި ދުނިޔެއަކު ހުންނާނެ މީހެއް ނޫންކަން. އާދެ، މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވަނީ ތިމަންކަލޭގެފާނުންގެ އުއްމަތުގެ މީހުންގެ ޢުމުރަކީ 60 އާއި 70 އާއި ދޭތެރޭގެ އަހަރެވެ. ވީމާ ޢުމުރުން 60 އަހަރު 50 އަހަރު ވެފައިވާ މީހުން، އެމީހުން މި ދުނިޔެ ދޫކޮށްފައި ދިއުމުގެ ދުވަސް ގާތްވެއްޖެކަން ހަނދާނަށް ގެންނަން އެބަޖެހޭ.  

ކޮންމެހެން އިންސާނާ މަރުވަނީއަކީ ޢުމުރުން ވަކި ދުވަހެއް ވީމައެއް ނޫން. އެހެންނަމަވެސް އެއީ އިންޒާރެއް އެހިސާބަށް އޭނާގެ ޢުމުރު ގޮއްސި ކަމުގައި ވާނަމަ. ތިމާގެ އަޖަލު ގާތްވެއްޖެކަން، އެއާއި ދޭތެރޭގަ ވިސްނަންވެއްޖެކަން އެނގިއްޖެ. އެކަކަށްވެސް ނޭންގޭނެ މަރުވާނީ ކޮން އިރަކުކަމެއް. އެހެންނަމަވެސް ޢުމުރުން ދުވަސް ވާވަރަކަށް އެއާއި ދޭތެރޭގަ ސަމާލުވާން އެބަޖެހޭ. 60، 70 އަހަރު ވެ ދިޔައީމަ އެހިސާބުން މީހާ މި ދުނިޔޭގައި އަދާކުރަމުން އައި ރޯލު އެ ނިމުނީ. އޭގެ ފަހުގައި އޭނާއަށް އަދި ދުނިޔޭގައި ހުރެވުނު ކަމުގައި ވީނަމަވެސް މާބޮޑު ކަންތައްތަކެއް ނުކުރެވޭނެ. ހެޔޮކަމެއް ވިޔަސް ނުބައި ކަމެއް ވިޔަސް. ވީމާ ތިމާގެ ގައިގައި ބާރު ހުރިއިރު، ޒުވާން އިރު އެއާއި ދޭތެރޭގައި ސަމާލުވާން ޖެހެނީ. 

ޙަދީޘްގައި އައިސްފައިވަނީ " ކޮންމެ މީހަކުވެސް އެމީހެއްގެ ޢުމުރާއި ބޭހޭގޮތުން ﷲ ސުބޫހާނަހޫ ވަތަޢާލާ އެމީހަކާއި ޤިޔާމަތް ދުވަހުން ސުވާލު ކުރައްވާނެ ކަމަށް. ވަކިން ޚާއްސަ ގޮތެއްގައި އެމީހެއްގެ ޒުވާން ދުވަސްވަރާއި ބެހޭގޮތުން ސުވާލު ކުރެވޭނެ. ވީމާ މިކަންކަމާއި ދޭތެރޭގަ އަޅުގަނޑުމެން ވިސްނާ ފިކުރުކުރަންއެބއަޖެހޭ!

 

- ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ

 

މިއަދު އޮންލައިން