ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް 10 ޓަނުގެ ކަދުރު ހަދިޔާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 45ސ
ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް 10 ޓަނުގެ ކަދުރު ހަދިޔާކޮށްފި

ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ދަޢުވާ އެންޑް ގައިޑެންސްއިން ދިވެހިރާއްޖެއަށް 10 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ކަދުރާއި ހަވާލުވެލެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާ އެމްބަސީގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.

ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ދަޢުވާ އެންޑް ގައިޑެންސްއިން 10 ޓަނުގެ ކަދުރު ހަދިޔާކޮށްދެއްވީތީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ވަނީ ސަޢުދީ ޢަރަބިއްޔާގެ ވުޒާރާއަށް ޝުކުރު އަދާ ކުރައްވާފައެވެ.

މިއަދު އޮންލައިން