ކާހިނުންގެ ވާހަކަ އަޑުއިވޭއިރަށް ގިނަ ބައެއްގެ ވިސްނުމަށް އަންނާނީ އެއީ މާކުރީޒަމާނުގައި ދުނިޔޭގައި އުޅުނު ބައެއްގެ ގޮތުގައެވެ. އެއީ ސިޔަރަތުގައި އެނަމުގެ އަޑު އިވޭލެއް ގިނަކަމުންނެވެ.
ޙަޤީޤަތަކީ މިއަދުވެސް ކާހިނުން އުޅޭކަމެވެ. ކާހިނުންގެ ގާތަށް ގޮސް އެހީތެރިކަމަށް އެދެވޭކަމެވެ. ޝިރުކުރުމުގެ ބޮޑު ފާފައަށް އަރައިގަނެވޭ ކަމެވެ.
ޝައިޚްގެ ބަސްފުޅު:
ކާހިނުންނަކީ ކޮން ބައެއް ހެއްޔެވެ؟ އަދި ކާހިނުކަމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. أما بعد:
ކާހިނުންނަކީ ޖިންނި ޝައިޠާނުންގެ އެހީގައި ޣައިބުގައިވާ ކަންކަން ހޯދުމަށް މަސައްކުރާ މީހުންނެވެ. މިއީ މިއްލަތުން ބޭރުވާފަދަ ބޮޑު ޝިރުކެކެވެ. މިކަމުގައި ޝިރުކު ހިމެނޭ ބައެއް ގޮތްތަކަކީ:
- ﷲ ތަޢާލާއަށް ޚާއްޞަވެގެންވާ، ޣައިބުގެ ޢިލްމު އެނގޭކަމަށް އެފަދަ މީހުން ދަޢުވާކުރުން.
- އެފަދަމީހުން ﷲ ތަޢާލާ ފިޔަވާ އެހެން ފަރާތްތަކަށް ކުއްތަންވެ، ޖިންނި ޝައިޠާނުންގެ ކިބައިން އެހީއާއި މަދަދު ހޯދުން.
[ބައްލަވާ: الجامع الفريد (ص: 114 - 116)]
- އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ
#sheikhimranQA