ބައްދަލުވާ ތަނުން އިމެއް ނެތި ލޯބިވާކަން ހާމަކުރާ މީހުންނާމެދު ސަމާލު ވާންޖެހޭނެ! ނޫންނަމަ ގާތީ ކަރުނައަޅަން ޖެހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ބައްދަލުވާ ތަނުން އިމެއް ނެތި ލޯބިވާކަން ހާމަކުރާ މީހުންނާމެދު ސަމާލު ވާންޖެހޭނެ! ނޫންނަމަ ގާތީ ކަރުނައަޅަން ޖެހުން!

މީހަކާއި ބައްދަލުވާތަނުންވެސް ވަރަށް ބޮޑަށް އެމީހަކު ދެކެ ލޯބިވެވިދާނެއެވެ. އެހެންވެ އެޙާލަތުގައި ބައެއް މީހުން އެމީހަކު ދެކެ އިމެއް ނެތި ލޯބިވާކަން ހާމަކުރެއެވެ. އެފަދަ މީހުންނަށް ވިސްނެނީ އަނެކާގެ ލޯބި ތިމާއަށް ޙާޞިލުކުރެވޭނީ އެއިރުން ކަމަށެވެ.

މިކަމުގެ އަޞްލަށް ބަލައިފިނަމަ ގިނަ ފަހަރު އެގޮތަށް ކަންތައް ކުރަނީ މަކަރުވެރިންނެވެ. އުޑުގައި ހުރިހާ ތަރިތައް ބާލައިގެންވެސް އަނެކާގެ ކިބައިން ތިމާ ބޭނުންވާ އުފާ ޙާޞިލުކުރުމުގެ ބޭނުމުގައެވެ. އެޙާލަތުގައި އެމީހުން ކޮންމެ ފަދަ ވާހަކައެއްވެސް ދައްކައިފާނެއެވެ. އަތުގައި ފައިސާ ހުރިނަމަ އެދައްކަނީ ތެދުވާހަކަކަން ހާމަކޮށްދިނުމަށްޓަކައި ކިތަންމެ ގިނައިން ހޭދަވެސް ކޮށްފާނެއެވެ.  

އަހުރެން ބުނާނީ އިމެއް ނެތި ލޯބިވާކަން ދައްކަންވާނީ އަނެކާގެ ޙަޤީޤަތް ވަރަށް ރަނގަޅަށް އެނގުމުން ކަމަށެވެ. އެކަން ޔަޤީންކުރެވޭނީ ކައިވެނިކޮށް އެކުގައި ދިރިއުޅެން ފެށުމުންނެވެ. އަނެކާގެ ކިބައިން ތިމާ ހިތް ނުއެދޭ ކަންކަން ފެނުމުންވެސް ޢަމަލުކުރެވޭ ގޮތުގެ މައްޗަށް ކަމަށެވެ.

ލޯބިވާންވީ އަނުކާ ތިމާއަށް ކުރާ ޚަރަދަށް ބަލައިގެނެއް ނޫނެވެ. އަދި ދައްކާ ވާހަކަތަކަށް ބަލައިގެނެއްވެސް ނޫނެވެ. ތިމާ އާއިމެދު ޢަމަލުކުރާ ގޮތުގެ މައްޗަށް ބަލައިގެންނެވެ. އެކަންކަމަށް ނުބަލައި އިމެއް ނެތި މީހަކު ދެކެ ލޯބިވެއްޖެނަމަ ގިނަވާނީ އެކަމުގެ ނާޖާއިޒު ފައިދާ ނަގާނެ މީހުންނެވެ. ނަތީޖާއަކަށްވާނީ ކަރުނަ އަޅަންޖެހުމެވެ.  

ލޯބިވުމުގައި ގިނަ ބައަކަށް ލަނޑުލިބެނީ މިކަންކަމަށް ސަމާލުކަން ނުދެވޭތީއެވެ!

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން