ހުރިހާ ކަންބޮޑުވުންތަކުން ސަލާމަތްވެ އުފަލުގަ ހުރެވުމަށް އެންމެ ޔަޤިން މަގު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ހުރިހާ ކަންބޮޑުވުންތަކުން ސަލާމަތްވެ އުފަލުގަ ހުރެވުމަށް އެންމެ ޔަޤިން މަގު!

ހުރިހާ މައްސލަތަކަކާ ކަންބޮޑުވުންތަކުން އަރައިގަތުމަށްވެސް ކުރަން އޮތީ ހަމަ އެންމެ ކަމެކެވެ. އެއީ ތިމާގެ ހިތް ﷲ ތަޢާލާއިން ފުރައިލުމެވެ. އެމީހެއްގެ ހިތް ﷲ ތަޢާލާއިން ފުރާލައިފި މީހަކު އަބަދުވެސް ހުންނާނީ އުފަލުގައެވެ. 

ދުނިޔެއިން ޙާޞިލްކުރަން ބޭނުންވާ އެއްވެސް ކަމަކަށް ތިމާގެ ހިތް ހުސްކޮށްނުލާށެވެ! އަދި ދުނިޔެއިން ޙާޞިލުކުރަން ބޭނުންވާ ހުރިހާ ކަމެއްވެސް ﷲ ތަޢާލާގެ ފަހަތަށް ގެންނާށެވެ! 

ބަރަކާތްތެރި ރަމަޟާންމަސް އައިސް ބައްދަލުކުރުމުންވެސް އަޅުކަންކުރާނެ ވަޤުތު ނުހޯދިގެން ތިއައުޅެނީ ދުނިޔޭގެ ބޭނުންތަކަށް އިސްކަންދެވޭތީއެވެ. މިއީ ދުނިޔޭގެ ބޭނުންތައް އެންމެ ބޮޑަށް ފަހަތަށް ޖައްސާލަންވީ ވަޤުތެވެ. 

ތިމާގެ ހިތް ﷲ ތަޢާލާއިން ފުރާލަންވީ ﷲ ތަޢާލާއަށްޓަކައެއް ނޫނެވެ. ތިމާއަށްޓަކައެވެ. ދުނިޔެއާއި އާޚިރަތްދުވަހުގެ ނަޞީބުވެރިއަކަށް ތިމާވުމަށެވެ. ތިމާ ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަނުމަށެވެ. 

ޔަޤީންކުރާށެވެ! ތިމާގެ ހިތް ﷲ ތަޢާލާއިން ފުރާލައިފި މީހަކަށް ދުނިޔޭގައިވެސް ކާމިޔާބީ މިންވަރުކުރައްވަވާނެތެވެ! އެމީހަކަށް ކުރިމަތިވާ ކަންކަމުން ސަލާމަތްކޮށްދެއްވަވާނެތެވެ. އުފަލުގައި ދުނިޔޭގައި ހުރުމަށް އެއަށްވުރެ ޔަޤީން ޢަމަލެއް ނެތެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން