ﷲ ތައާލާގެ މަތިން ގިނަގިނައިން ހަނދުމަ ނުކުރާ މީހަކު އެކަލާނގެ ޙަޟްރަތުން ކަންކަމަށް އެދޭނީ ކިހިނަކުން ހެއްޔެވެ؟

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ﷲ ތައާލާގެ މަތިން ގިނަގިނައިން ހަނދުމަ ނުކުރާ މީހަކު އެކަލާނގެ ޙަޟްރަތުން ކަންކަމަށް އެދޭނީ ކިހިނަކުން ހެއްޔެވެ؟

ﷲ ތައާލާގެ މަތިން ގިނަގިނައިން ހަނދުމަކޮށް ޛިކްރް ނުކުރާ މީހަކު ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދޭނީ ކިހިނަކުން ހެއްޔެވެ؟ ޛިކްރް ކުރުމަކީ އެއްވެސް ބުރަކަމެއް ނޫނެވެ. ނުހަނު ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. މިސާލަކަށް : 

سُبْحَانَ اللَّهِ  وبِحَمْدِهِ  سُبْحَانَ اللَّهِ الْعَظِيمِ މިދެކަލިމައަށް ވިސްނައިލާށެވެ. ދޫމައްޗަށް ކިހައި ފަސޭހަ ހެއްޔެވެ؟ ނަމަވެސް މިއީ މީޒާނުގައި އިންތިހާއަށް ބުރަ ދެ ކަލިކަމަށް ރަސޫލް () ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. 

ދޫމައްޗަށް ނުހަނު ފަސޭހަ މިފަދަ މަތިވެރި އެތައްބައިވަރު ޛިކުރުތައް ސުންނަތުން އެނގެން އޮތްއިރު، އަދި ދަސްކޮށްގެން ތިބެމެ ޢަމަލު ނުކުރީމާ ޤިޔާމަތްދުވަހު ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ޢުމުރުގެ ކުރުކަން ވޒަންކޮށް ހެޔޮ ޢަމަލުތައްކުރުން ގިނަކުރާށެވެ! 

އަދިވެސް ކީއްހެއްޔެވެ؟ ﷲ ތަޢަލާގެ މަތިން ހަނދުމަކުރުމަކީވެސް ޛިކުރުކުރުމެވެ. ޤުރްއާނުން ކުރު ސޫރަތެއް ނުވަތަ އާޔަތެއް ކިޔަވައި ލިމަކީވެސް ހަމަ ޛިކުރުކުރުމެވެ. ވީމާ ޛިކުރުކުރަން ބޭނުންވާ މީހަކަށް އެކަމުގެ މަގުތައް ވަރަށް ބައިވަރު ނޫންހެއްޔެވެ؟

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން